Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6ގެ ހަމަލާ

ރައީސް ނަޝީދު ކުރެއްވި ތުހުމަތުތައް، އަނދުން ހުސައިން ކަމާބެހޭ އިދާރާތަކަށް ހުށަހަޅަނީ

12 މެއި 2022 | ބުރާސްފަތި 13:51

މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2022 | ބުރާސްފަތި 13:51
އާންމު ކޮމިޓީގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ ތެރެއިން

އާންމު ކޮމިޓީގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އާ ގުޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހެޅުއްވުމަށް އޭނާ ނިންމަވައިފިއެވެ.

އާންމު ކޮމިޓީގެ ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިމިވާ މައްސަލައަކީ އަނދުން ހުސައިން ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުން ކޮމިޓީގެ ލަފައަކަށް އެދި ހުށައަޅާފައިވާ މައްސަލަ ދިރާސާކުރުމެވެ.

Advertisement - newsAdvertisement

ކޮމިޓީއަށް މަޖިލީހުގެ އަމީންއާންމު ފޮނުއްވާފައިވާ އިދާރީ މެމޯގައި ބުނެފައިވަނީ، އަނދުން ހުސައިން ހުށަހަޅުއްވާފައިވާ ސިޓީއާމެދު އަމަލު ކުރައްވަންވީ ގޮތް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދަންނަވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި އަނދުން ހުސައިނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި ވިދާޅުވީ، ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ރޭވުންތައް ފޮރުވުމުގައި އޭނާ ސަރުކާރަށް ވާގިވެރިވަމުންދާ ކަމަށެވެ.

އެކަމާގުޅިގެން އަނދުން ހުސައިން ހުށައެޅުއްވި ސިޓީވެސް ކޮމިޓީގައި ވަނީ އިއްވަވާފައެވެ. ބުދަ ދުވަހު މަޖިލީހަށް ފޮނުއްވެވި މި ސިޓީއަކީ މަޖިލީހުގެ ރައީސަށް އެޑްރެސް ކުރައްވައި ފޮނުއްވާފައިވާ ސިޓީއެކެވެ.

މި ސިޓީގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަށް އަމާޒުކޮށް، ދީނީ ހަރުކަށި ފިކުރުގެ ބަޔަކުކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އަނދުން ހުސައިން ބައިވެރިވުމެއް އޮތްކަމަށް ދޭހަވާ ގޮތަށް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ރައީސް ނަޝީދު ކުރައްވާފައިވާކަމަށެވެ.

އެގޮތުން ރައީސް ނަޝީދު މި ތުހުމަތުތައް ކުރައްވާފައިވަނީ 8 މެއި 2022ގައި ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ދެއްކެވި ވާހަކަފުޅެއްގައިކަމަށް ވަނީ ވިދާޅުވެފައެވެ.

އަނދުން ހުސައިން ވަނީ އެ ވާހަކަފުޅުތަކަކީ އޭނާގެ ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނާނެފަދަ ވާހަކަތަކެއްކަމަށް ވިދާޅުވެ، ރައީސް ނަޝީދުފަދަ މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ އަސާސެއް ނެތް ވާހަކަ ދެއްކެވުމަކީ އޭނާގެ ފުރާނައަށްވެސް ނުރައްކަލެއް ކުރިމަތިވެގެން ދިއުމުގެ އިހްތިމާލު އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ.

އަނދުން ހުސައިން ވަނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށައެޅުމަށްޓަކައި 8 މެއި 2022 ވަނަ ދުވަހުގެ 19:01އާ 20:26އާ ދެެމެދު ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވާފައިވާ އެންމެހާ މެސެޖުތަކުގެ ކޮޕީ ލިބޭނެގޮތް ހައްދަވައިދެއްވުމަށް މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

އާންމު ކޮމިޓީއަށް ހުށައެޅިފައިވަނީ އެ ސިޓީއާ ގުޅިގެން މަޖިލީހުގެ ސެކްރެޓޭރިއޭޓަށް ލަފައެއް އެރުވުމެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވި ގޮތުގައި، މެއި 6ގެ ހަމަލާގެ ވިކްޓިމްއަކީ ރައީސް ނަޝީދެވެ. ވީއިރު، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އޮއްވައި، ރައީސް ނަޝީދު ކުރެއްވި ކަމަކާ ގުޅިގެން އިތުރު ކަންކަން ބެއްލެވުމާމެދު ހަސަން ލަތީފް ވަނީ ޚިޔާލު ފާޅު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، މިއީ އާންމު ކޮމިޓީއާ ހަމައަށް ކޮންމެހެން އަންނަންޖެހޭ މައްސަލައެއްވެސް ނޫންކަމަށެވެ. އެގޮތުން މިއީ އިދާރީ ގޮތުން ގޮތެއް ނިންމިފައި އޮންނަންޖެހޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް ބިގޭ ވިދާޅުވިއެވެ.

އެކަމާގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ، މިއީ މަޖިލީހުގެ ޔައުމިއްޔާއެއް ހޯދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެއްނަމަ އިދާރީ ގޮތުން ހައްލުކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގައި ހުރި މެސެޖުތަކެއް ހޯދުމަށް މެމްބަރަކު ހުށަހަޅުއްވާފައި މިވަނީ މުޅިން އަލަށްކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވަނީ، މި މައްސަލައާ ގުޅިގެން އާންމު ކޮމިޓީގެ ލަފައަކަށް އެދިވަޑައިގެންފައިވަނީވެސް އެ ސަބަބާހުރެކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

މި އަޑުއެހުމުގައި ކުރެންދޫ ދާއިރާގެ މެމްބަރު ޣަނީ ވަނީ، މިއީ ވިސްނާވަޑައިގަތުން މުހިއްމު މައްސަލައެއްކަމަށް ވިދާޅުވެފައެވެ.

ޙަސަން ލަތީފް ވިދާޅުވީ، މަޖިލީހުގެ ވަޓްސްއަޕް ގްރޫޕެއްގައި ދެކެވުނު ވާހަކައެއް ފުލުހުންނަށް ހުށައަޅައިގެން ކުރިއަށް ދިއުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

ވުމާއެކު، ކޮމިޓީން ގޮތެއް ނިންމެވުމުގެ ކުރިން އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބައްލަވައި، މި މައްސަލަ އިތުރަށް ދިރާސާ ކުރެއްވުމަށް ކޮމިޓީގެ މުގައްރިރު، ހަސަން ލަތީފް ވަނީ ހުށައަޅުއްވާފައެވެ. އެކަމަށް އެއްވެސް މެމްބަރަކު އިއުތިރާޒެއް ނުކުރައްވައެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް