Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފެތުންތެރިއެއްގެ ގޮތުގައި ހަމްނާގެ އުއްމީދު

ފުރަތަމަ އެއީ މަޖުބޫރު މާއްދާއެއް، މިހާރު ޕްރޮފެޝަނަކީވެސް ހޮބީއަކީވެސް އެއީ!

ހަމްނާ ފަތަން ފެށީ 4 އަހަރުގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 27 އެޕްރީލު 2022 | ބުދަ 08:35
ހަމްނާ މުބާރާތެއްގައި ފަތަނީ

ހަމްނާ މުބާރާތެއްގައި ފަތަނީ

އުމުރުން އެންމެ 4 އަހަރުގައި ފުރަތަމަ މޫދަށް ދާން ފެށީ މަޖުބޫރު މާއްދާއަކަށްވީމައެވެ. އެކަމަކު އޭރުވެސް މޫދަށް ޚާއްޞަ ލޯތްބެއް އޮތެވެ. ފަތާ ހިތްވެއެވެ. އިންޑިޔާގައި ތައުލީމް ހާސިލްކުރިއިރު މޫދަށް އެރުން ނުވަތަ ފެތުންވީ ހަމްނާ އަހުމަދުގެ ސްކޫލް ޓައިމް ޓޭބަލްގައި އޮތް މާއްދާއަކަށެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެއްޖެއެވެ. މިއީ އޭގެ 14 އަހަރު ފަހެވެ. މިއަދު ހަމްނާއަކީ ޤައުމީ ޗެމްޕިއަނެވެ. ޤައުމީ ހަތަރު ރެކޯޑެއް އޭނާ އަތުގައި އެބައޮތެވެ.

ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކްގެ އަންހެން ޤައުމީ ރެކޯޑް އޮތީ ހަމްނާ އަތުގައެވެ. 100 މީޓަރ އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯޑް އޮތީވެސް ހަމްނާ އަތުގައެވެ. މިއީ ޚާއްޞަ ރެކޯޑެކެވެ. 15 އަހަރުވީ ރެކޯޑެއް ހަމްނާ މުގުރާލީ 2021 ވަނަ އަހަރު އަބޫދާބީގައި އޮތް 15 ވަނަ ފީނާ ވޯލރްޑް ސްވިމިންގ ޗެމްޕިއަންޝިޕްގައެވެ. އެމުބާރާތުގައި ވާދަކޮށް ރެކޯޑް މުގުރާލި ދެ ރިލޭ ޓީމްގައިވެސް ހަމްނާ ހިމެނެއެވެ. އެއީ 4 ގުނަ 50 މިކްސްޑް މެޑްލޭއާއި, 4 ގުނަ 50 މިކްސްޑް ފްރީސްޓައިލްއެވެ.

18 އަހަރުގައި އެއީ މިހާރު ކޯޗެކެވެ. ޕާސަނަލް ޓްރެއިނަރެކެވެ. ދުވާލުގެ ގިނަ ވަގުތު ސްވިމިންއާ ގުޅުންހުރި ކަންކަމުގައި ހޭދަކުރާ, ބޮޑު އުއްމީދެއް އޮތް ފެތުންތެރިއެކެވެ. ހަމައެކަނި ހަމްނާގެ ތަމްރީނުތަކާއި, ޕްރެކްޓިސްއަށް އެކަނިވެސް ޕޫލްގައި 4 ގަޑިއިރު ހޭދަކުރެއެވެ. އެކަމަކު އޭނާ ބުނީ އެއީ ބައިނަލްއަޤްވާމީ މިންގަނޑަށް ބަލާއިރު މަދު އަދަދެއްކަމަށެވެ. ފެތުމުން ރާއްޖެއަށް ރަން ވަނަތަކެއް ހޯދަދިނުމަކީވެސް އެހެން އެތްލީޓުންނެކޭ އެއްގޮތަށް ހަމްނާގެވެސް އެންމެ ބޮޑު އުއްމިދެވެ.

އެމަސައްކަތުގައި ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި ހުރެގެން ޕޫލެއްގައި ޕްރެކްޓިސް ކުރުމުގެ ފުރުޞަތު ލިބުމެވެ. ކުރިން ޓްރެކްގައި ފެތިއިރާ މިހާރުވެސް ވަރަށްބޮޑު ކުރިއެރުންތަކެއް އަންނަކަން ޒުވާން ފެތުންތެރިޔާ ފާހަގަކުރިއެވެ. ކުރިންނަމަ މުބާރާތްތަކަށް ދަނީ ޓްރެކްގައި ފެތުމަށްފަހުއެވެ. ބައެއް ފަހަރު މުބާރާތް ކައިރިވުމުން އެހެން ޤައުމެއްގައި ޕޫލެއްގައި ފަތާލަން ފުރުޞަތު ލިބެއެވެ. އެކަމަކު ގިނަފަހަރު މުބާރާތުގެ ކުރިން ޕޫލަށް ހޭނިލަން ލިބެނީ ދެދުވަހެވެ. އެއީ މުބާރާތް އޮންނަ ޤައުމަށް ދިއުމަށްފަހު މުބާރާތުގެ ކުރިން ލިބޭ ދެދުވަހެވެ. އެކަމަކު މިއަދު އެހާލަތު ބަދަލުވުމަކީ އެހެން ފެތުންތެރިންނެކޭ އެއްގޮތަށް ހަމްނާއަށްވެސް އޮތް ބޮޑު ހިތްހަމަޖެހުމެކެވެ. އޭގެ ނަތީޖާ ހުރިހާ ފެތުންތެރިންގެ ފަރާތުން ފެންނަކަންވެސް ހަމްނާ ފާހަގަކުރިއެވެ.

ސްކޫލު ދައުރުގައި ހަމްނާއަކީ ހަމައެކަނި ފެތުންތެރިއް ނޫނެވެ. އިންޓަރސްކޫލް ކެރަމް މުބާރާތްތަކުގައިވެސް ވާދަކުރިއެވެ. އެކަމަކު ޝައުޤު ހުއްޓުނީ ޕޫލަށެވެ. ބޭނުންވަނީ ފަތައިގެން ރާއްޖެއަށް ރަންވަނަތަކެއް ހޯދއިދޭށެވެ. ހޮބީއަކީވެސް, ޕްރޮފެޝަނަކީވެސް ފެތުމެވެ. މޫދެވެ, ޕޫލެވެ. އޭނާ ބުނީ މޯޓިވޭޝަން ލެވެލްވެސް ވަރަށް މަތިކަމަށާއި, މިހާރުވެސް މަސައްކަތްކުރަނީ އަމާޒުތަކެއް ކަނޑައަޅައިގެންކަމަށެވެ.

18 އަހަރުގައި ހަމްނާ އެހޯދާ ކުރިއެރުންތަކާއި, އުއްމީދުތައް މިހާރުވެސް އެހުރީ އުހުގައެވެ. ކާމިޔާބީ ހޯދުމުގެ ފުރުޞަތު ބޮޑެވެ. ފަހިވެފައިވާ ފުރުޞަތުތަކާއެކު ހަމްނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމަކީ ކައިރީގައި އޮތް ފުރުޞަތެކެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ މެޑެއްޔެއް ރާއްޖެއަށް ގެނެސްދޭނެ އެތްލީޓުންގެ ތެރޭގައި ހަމްނާގެ ނަންވެސް ހިމެނެއެވެ. އޭނާއާމެދު އެއުއްމީދު އެބައޮތެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު