Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހަށް ހުށައެޅޭ ކުއްލި މައްސަލަ

ކުއްލި މައްސަލައަށް ފުރުސަތު ނުދިނުމަކީ ބޭނުންވާ ގޮތެއް ނޫން - ރައީސް ނަޝީދު

18 އެޕްރީލު 2022 | ހޯމަ 08:27

ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 18 އެޕްރީލު 2022 | ހޯމަ 08:27
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

ކުއްލި މައްސަލަ މަޖިލީހަށް ހުށައެޅުމުގެ ފުރުސަތު ނުދިނުމަކީ ރައްޔިތުންގެ މަޖިލިސް ހިންގުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ގޮތް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ހޯމަ ދުވަހުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުއްލި މައްސަލަ ހުށައެޅުއްވުމުގެ ކުރިންނެވެ. ރައީސް ނަޝީދު ވިދާޅުވީ، ކުއްލި މައްސަލަ ހުށައެޅުމުގެ ފުރުސަތު ނުދިނުމަށް ބައެއް މެމްބަރުން އެމަނިކުފާނަށް ބާރު އަޅުއްވާ ކަމަށެވެ. އެހެންނަމަވެސް އެއީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށާއި، ހުށައަޅާ މައްސަލައަކީ ކިހާވަރެއްގެ މައްސަލައެއްކަން ނިންމާނީ މެމްބަރުންގެ ވޯޓުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، ކުއްލި މައްސަލަ ހުށައެޅުމުން ބަހުސް ކުރުން ހުއްޓުވުމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް މެމްބަރުން ބޭނުންވާ ހާލަތްތަކުގައި، އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި އެ މައްސަލައެއް އެއީ ގަވާއިދަށް ނުފެތޭ މައްސަލައެއް ކަމަށް ބުނެ ހުއްޓުވުމަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެއީ އެފަދަ މައްސަލައަކަށް ވާނަމަ ވޯޓުން އެކަން ނިންމުމަކީ އެމަނިކުފާނު ދެކިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތް ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގައި ބުނެފައިވަނީ، ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް، ކުއްލި މައްސަލައެއްގެ ގޮތުގައި، ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ. އަދި ހުށަހެޅޭ ކުއްލި މައްސަލައަކީ، ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން އަދި މައްސަލަ ހުށަހެޅުމަށް މި ގަވާއިދުގައި އޮންނަ އުސޫލުން ހުށަހަޅައިފިނަމަ، އެކަމުގެ މުއާލާތް ކެނޑިދާނެތީ، ނުވަތަ ވަގުތު ފާއިތުވެދާނެތީ، ހުށަހަޅާ މައްސަލައެއް ކަމަށެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް