Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާ ޝަކޫރުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައެޅުމުން އިސްތިއުނާފު ނުކުރެވޭނެކަމަށް ދައުލަތުން ދެކޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 އެޕްރީލު 2022 | އާދީއްތަ 11:39
އާޒިމާގެ ޝަރީއަތް- އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކަވާފައި

އާޒިމާގެ ޝަރީއަތް- އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފްއާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

މި މައްސަލައިގެ ފުރަތަމައަޑުއެހުންބާއްވާފައިވަނީ 13 އޭޕްރީލް 2022 ގައެވެ. ދެވަނައަޑުއެހުންކުރިއަށް ގެންދިޔައީ 14 އޭޕްރީލް 2022 ގައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ އިސްތިއުނާފާއި ގުޅޭގޮތުން ދެފަރާތުން ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް، ދައުލަތުގެ ފަރާތުން ދެވަނަ އަޑުއެހުމުގައި ހުށައަޅާފައިވާ އިއުތިރާޒަށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

އިއުތިރާޒުގައި މައިގަނޑު ގޮތެއްގައި ދައުލަތުން ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރާއިރު، އިސްތިއުނާފު ކުރެވޭނީ ކޮން ބާވަތެއްގެ ނިންމުމެއްކަން ބަޔާން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މާއްދާގައި ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ނެރެފައިވާ އަމުރެއް، ނުވަތަ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމުގެމަރުޙަލާގައިކޯޓަކުން ނިންމާފައިވާ ނިންމުމެއް އިސްތިއުނާފު ކުރެވިދާނެކަމަށް ބަޔާން ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން ބުނާ ގޮތުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެތޯ ނިންމާ ނިންމުމަކީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުމެއްގެ ގޮތުގައި ނިންމާ ނިންމުމެއް ނޫނެވެ.

ދައުލަތުގެ އެ ބުނުމަށް ރައްދު ދެއްވަމުން އާޒިމާގެ ވަކީލު ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތުގެ މަރުޙަލާ 5 ބަޔަކަށް ބެހެއެވެ. އެއީ ތަހުޤީޤީ މަރުޙަލާއާއި، ދައުވާކުރުމުގެ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއާއި، ޝަރީއަތުގެ މަރުޙަލާގެ އިތުރުން، ޝަރީއަތުގެ ފަހުގެ މަރުޙަލާއެވެ.

އޭގެ ތެރެއިން ޝަރީއަތުގެ ކުރީގެ މަރުޙަލާ 2 ބަޔަކަށް ބެހޭކަމަށް އާޒިމާގެ ވަކީލު ވިދާޅުވިއެވެ.

އެއީ އިބްތިދާއީ މަރުޙަލާއާއި، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާކަމަށްވާއިރު، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގައި އެ ބަޔާންކުރާ މަރުޙަލާ މާނަކުރަނީ އެ ދެބައިވެސް ހިމަނައިގެންކަމަށް އާޒިމާގެ ވަކީލުން ދެކިލައްވައެވެ.

ދެން މި މައްސަލައިގައި އޮންނާނީ ގޮތެއް ނިންމެވުމަށް ބާއްވާ އަޑުއެހުމެވެ. އެގޮތުން އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހުށައަޅާފައިވާ އިއުތިރާޒަށްވެސް ގޮތެއް ނިމިގެންދާނެއެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓްހައި ކޯޓު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު