Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ5000 މެމްބަރުން ގެންދިއުން

ޕީޕީއެމުން 5000 މެމްބަރުން ގެންދިއަކަމަށް ބުނާ ވާހަކައަކީ ހަގީގަތެއްނޫން: ފުއާދު

ހުރިހާ ޕާޓީއަކަށްވެސް ނޭނގި އެހެން ޕާޓީތަކަށް މީހުން ވައްދާފައި އެބަހުރި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އެޕްރީލު 2022 | ހޮނިހިރު 02:56
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު - ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު - ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޕީޕީއެމުން 5000 މެމްބަރުން ގެންދިއަކަމަށް ބުނާ ވާހަކައަކީ ހަގީގަތެއްނޫންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވީ, އިދިކޮޅު ޕީޕީއެމްގެ 5،000 މެމްބަރުން (އޮޅުވާލައިގެން) އެހެން ޕާޓީތަކަށް ވައްދާފައިވާކަމުގެ ތުހުމަތު އެޕާޓީން ކުރުމާގުޅިގެންނެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ, 2021 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން އެހެން ޕާޓީތަކަށް މެމްބަރުން ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ބަލަންޖެހޭކަމަށް ބުނެ އޭނާ ވަނީ މައްސަލަވެސް ހުށަހަޅުއްވާފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުއާދު ވިދާޅުވީ, އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި ވަރަށް ކައިރިން އޮފީހުން ކަންތައްތައް ކުރާ ގޮތް ބަލަމުންދާކަމަށެވެ.

ހުރިހާ ޕާޓީއަކަށްވެސް ނޭނގި އެހެން ޕާޓީތަކަށް މީހުން ވައްދާފައި އެބަހުރިކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވީ, ޕީޕިއެމުން އެގޮތަށް ކަން ހިންގާފައިވާ މިންވަރު އެހެން ޕާޓީތަކާ އަޅާބަލާއިރު ގިނަކަމަށެވެ.

ވަގު ފޯމުގެ މައްސަލަވެސް ކޮންމެވެސް މިންވަރަކަށް ހުރިހާ ޕާޓީތަކަށްވެސް ދިމާވެފައި އެބަހުރި ކަމަށާއި, ބޮޑު އަދަދެއް ގަނޑުކޮށް އެއްވެސް ދިމާއަކުން ނެތްކަމަށެވެ.

ގިނަ އަދަދެއްގެ މީހުން ޕީޕީއެމުން އުނިވެފައިވާކަން އެއީ ހަގީގަތެއް ކަމަށް ފުއާދު ވިދާޅުވިއެވެ. ވަރަށް ގިނަ އަދަދެއްގެ މީހުންނަކީ ވެރިކަމުގައި އޮންނަ ޕާޓީއަކަށް ބަދަލުވާ މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާޓީތަކުން ގެންނަން ފޯމްތައް ވެބްސައިޓުގައި ހަފްތާއެއް ވަންދެން އާންމު ކުރުމަށްފަހު ރަޖިސްޓްރީކޮށްދޭ ގޮތަށް ނިންމުމަށް އީސީން މަޝްވަރާކުރަމުން ދާކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންފުއާދު ތައުފީގުޕީޕީއެމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
25 އޮކްޓޯބަރު 2025

އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ

25 އޮކްޓޯބަރު 2025
އައްޑޫ ވޯޓް: މެންދުރުފަހު 1:00 އާ ހަމަ އަށް ވޯޓުލީ އަދި އެންމެ 21 އިންސައްތަ، ތަރުހީބު ކުޑަ
24 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން

24 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓް - ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖް ވަގުތުން
19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
18 އޮކްޓޯބަރު 2025

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

18 އޮކްޓޯބަރު 2025
އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު