Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާ ޝަކޫރުގެ ޝަރީއަތް

އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު: އޭނާގެ ވަކީލާއި ގުޅޭގޮތުން ދައުލަތުގެ އިއުތިރާޒެއް

އާޒިމާގެ ވަކީލެއްގެ ގޮތުގައި އިންނެވި އެއް ފަރާތަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2022 | ބުދަ 08:31
އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން

އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ބުދަ ދުވަހު ހައިކޯޓުގައި ކުރިއަށް ދިޔަ މި އަޑުއެހުމުގައި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

Advertisement - newsAdvertisement

އަޑުއެހުން ފައްޓަވަމުން ދައުލަތުގެ ވަކީލުން ވަނީ އާޒިމާ ޝަކޫރުގެ ވަކީލަކީ މި މައްސަލަ އޭރު ޕީޖީ އޮފީހަށް ހުށައަޅައި، ދައުވާ ކުރިއިރުވެސް، ޕީޖީ އޮފީހުގައި އުޅުއްވި ފަރާތެއްކަމަށް ވިދާޅުވެފައެވެ. ވުމާއެކު ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން އޭނާއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި އާޒިމާގެ ވަކީލެއްގެ ގޮތުގައި އިންނެވި އެއް ފަރާތަކީ ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތުއެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ 12 މާރޗު 2019 ގައެވެ. އަދި މި މައްސަލަ ހުށައެޅިފައިވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

އެކަމާއި ގުޅިގެން ނިހާޔަތު ވިދާޅުވީ، މި މައްސަލަ އާއި ގުޅުންހުރި އެއްވެސް ކަމެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ.

ވަކީލާ ވިދާޅުވީ، ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ގެ ދަށުން ބަލާއިރު، އެ މުއްދަތުގައި އިދާރާއަށް ހުށައެޅިފައިވާ ނުވަތަ އިދާރާއިން މަޝްވަރާ ކުރެވިފައިވާ މައްސަަލައެއްނަމަ، ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އެ މުއްދަތުގައި މައްސަލަ އާއި ގުޅޭގޮތުން މަޝްވަރާއެއްކޮށް ނުވަތަ ބައިވެރިވެފައިވުން ލާޒިމު ނޫންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ކުރީގެ ފިރިމީހާ މަރާލިކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކުރި ހުކުމާއި ގުޅިގެން ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައިވެސް މިފަދަ ކަމެއް ހިނގާފައިވެއެވެ. އެ މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ ނަޒާހާގެ ވަކީލަކީ އެ މުއްދަތުގައި ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެއްކަން ފާހަގަކުރައްވައި، މި މައްސަލަ އޭރު ކުރިއަށް ދިޔައިރުވެސް އޭނާ ޕީޖީ އޮފީހުގައި އުޅުއްވިކަމަށް ވިދާޅުވެފައެވެ.

ވުމާއެކު ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ ދަށުން އޭނާއަށް މި މައްސަލައިގައި ވަކީލެއްގެ ގޮތުން ތަމްސީލު ނުކުރެވޭނެކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. ނަމަވެސް ނިހާޔަތު ޕިޖީ އޮފީހުގެ މަޤާމަށް ވަޑައިގެންފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމިފަހުން ކަމަށްވާތީ އޭނާއަށް ސުޕްރީމް ކޯޓުން އޭރު ވަނީ ފުރުސަތު ދެއްވާފައެވެ.

ދިފާއީ ވަކީލު ފަޒްނާ ވިދާޅުވީ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 146 ވަނަ މާއްދާގެ (ނ) ތަތުބީޤު ކޮށްދީފައިވާ ކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ މައްސަލައާއި މި މައްސަލައަކީ މުޅިން ތަފާތު 2 މައްސަލަ ކަމަށެވެ. މައިގަނޑު ގޮތެއްގައި އެ މުއްދަތުގައި އިދާރާއަށް ހުށައެޅިފައިވާ ނުވަތަ އިދާރާއިން މަޝްވަރާ ކުރެވިފައިވާ މައްސަަލައެއްނަމަ، ވަކާލާތު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މީގެއިތުރުން، ގއ ވިލިނގިލީގައި ހިނގާ ދިޔަ މަރުގެ މައްސަލައަކާއި ގުޅިގެން ހައިކޯޓުންވެސް މިފަދަ މައްސަލައެއް ނިންމާފައިވާކަމަށް ވަކީލާ ވިދާޅުވިއެވެ. މި ދެ މައްސަލައިގެ ނިންމުން އައީ ދައުލަތާއި ދެކޮޅަށެވެ. އެހެންނަމަވެސް، މިއީ މުޅިން ތަފާތު ދެ މައްސަލަކަަމަށް ދައުލަތުގެ ވަކީލާ ފާހަގަކުރެއްވިއެވެ.

އެ އިއުތިރާޒާއި ގުޅިގެން ކޯޓުން ނިންމާ ގޮތެއް ދެފަރާތަށް އަންގަވާނެކަމަށް ފަނޑިޔާރު ފަރުހީޒާ ވިދާޅުވިއެވެ. މިއީ 7 ދުވަސްތެރޭ ނިންމަން ޖެހޭ މައްސަލައަކަށްވުމާއެކު، ބުރާސްފަތި ދުވަހުވެސް މައްސަލައިގެ އަޑުއެހުމެއް ބާއްވަވާނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އާޒިމާ ޝަކޫރުހައި ކޯޓުކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު