Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ސިލޯނުގެ ތަދުމަޑުކަމަށް ދިވެހިން ތިބެންވާނީ ލޯހުޅުވައިގެންނެވެ.

ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން އަދި އެނޫންގޮތްގޮތުންވެސް ދިވެހީންގެ އެންމެ ގާތް ބައިވެރިޔަކީ ސިލޯނު

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 13:48
ނާއިބުރައީސް- ސްރީލަންކާ

ނާއިބުރައީސް- ސްރީލަންކާ

ދިވެހިރާއްޖެއާ އެންމެ ގާތުގައިވާ ގައުމަކީ ސްރީލަންކާއެވެ. އިހުގެ ނަމުންނަމަ ސިލޯނެވެ. ހަމައެކަނި ކައިރީގައި އޮތީކީ ނޫނެވެ. އެއީ ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން އަދި އެނޫންގޮތްގޮތުންވެސް ދިވެހީންގެ އެންމެ ގާތް ބައިވެރިޔާއެވެ. އެންމެ ކުރީޒަމާނުގައިވެސް އަދި މިޒަމާނުގައިވެސް ސިލޯނަށްވުރެ ގާތް، ސިލޯނަށްވުރެ ބަރޯސާކުރެވޭ، ސިލޯނަށްވުރެ މުހިއްމު އެހެން މިތުރަކު ދިވެހީންނަށް ފެނިފައެއް ނުވެއެވެ. ދިވެހިރާއްޖެ އާއި ބޭރު ދުނިޔާއާ ދެމެދު އެންމެ އިހަށް ގާއިމު ކުރެވިފައި އޮތް ފާލަމަކީވެސް ސިލޯނެވެ. ބޭރުދުނިޔެއާއި ދިވެހީންގެ ގުޅުންތަކުގެ ދޮރާށްޓަކީވެސް ސިލޯނެވެ. ކުޑަމިނުން އިނގިރޭސީންގެ އަތްދަށުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީވެސް ސިލޯނުގައެވެ.

މިކަންކަން މިހެން އޮތީމާ ސިލޯނުގައި ހިނގާ ކަންކަމުގެ މައްޗަށް ދިވެހީން ސަމާލުކަން ހިންގާންޖެހެއެވެ. ލޯހުޅުވައިގެން ތިބެ ވާނުވާ ދެނެގަންނާން ޖެހެއެވެ. ސިލޯނަށް މޮޅެއް ލިބުނީމާ އެ މޮޅެއްގެ އަސަރު ދިވެހިރާއްޖެއަށް ފޯރާ ބީދައިން ދެރައެއް ލިބުނީމާ އެދެރައެއްގެ އަސަރުވެސް އެންމެ އަވަހަަށް ފޯރަނީ އަދި ފޯރާފައިވަނީވެސް ދިވެހިރާއްޖެއަށް ކަމުގައިވާތީއެވެ. މީގެ މިސާލަކީ ސިލޯނުގައި ސައްބީސް އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ ދާޚިލީ ހަނގުރާމައެވެ. ދިވެހިރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާ އައީވެސް އެ ހަނގުރާމައިގެ ހުޅުގަނޑުގެ ތެރެއިންނެވެ. ދިވެހިރާއްޖެއަށް އައި އެންމެ ތިޔާގި ދުވަސްވަރު ކަމަށް ބުނެވޭ އުއްސަކުރު ޒަމާންވެސް އައީ ސިލޯނުގެ ތެރެއިން ފޭދިގެންނެވެ.

ސިލޯނަށް އިނގިރޭސީންގެ އަތްދަށުން މިނިވަންކަން ލިބުމަށްފަހު ފާއިތުވެގެންދިޔަ 74 އަހަރުވީ ދިގު މާޟީގައި އެގައުމަށް މިހާތަނަށް ކުރިމަތިވެފައިނެތްވަރުގެ ބޮޑު އިގްތިސާދީ ތަދުމަޑުކަމެއް މިހާރު އެދަނީ ތަހައްމަލް ކުރަމުންނެވެ. ތަޖުރިބާކުރަމުންނެވެ. ސިލޯނަކީ އެންމެ ގިނަ އަދަދެއްގެ ދިވެހީން ދަތުރުފަތުރުކޮށް ވަޒަންވެރިވެ ދިރިއުޅެމުންދާ ގައުމެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަން ތިބެނީ ވެސް ސިލޯނުގައެވެ. އެންމެ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާޔަށް ދަނީވެސް ސިލޯނަށެވެ. ތަންތަން ކުއްޔަށް ނަގައިގެން އެންމެ ގިނަ ދިވެހި އާއިލާތައް ދިރިއުޅެމުންދަނީވެސް ސިލޯނުގައެވެ. އެހެންވީމާ މިހާރު ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުންވެސް ދިވެހީންނަށް ފޯރާނެއެވެ. ތަޖުރިބާކުރަން ޖެހޭނެއެވެ.

ބޭސް އެތެރެކުރެވޭނޭ ފަދައެއް ނެތިގެން ފާމަސީތަކުގެ ހަރުތަކުން ބޭސް ހުސްވެ ހަސްފަތާލުތައް ބަންދުކުރަންޖެހޭ ހިސާބަށް ކަންކަން ދިޔައީމާ ބޭސްފަރުވާގެ ކަންކަމުގައި ކޮންމެ އަހަރަކު ސިލޯނަށް ބަރޯސާކުރަމުން އައި އެތައްހާސް ދިވެހީންނަށް އެކަމުގެ އަސަރު ނުފޯރާނޭ ބާވައެވެ. އިމްތިހާނު ކަރުދާސް ޗާޕުކުރަން ބޭނުންވާ ކަރުދާހާއި ދެލި އެތެރެކުރެވޭނޭ ފަދައެއް ނެތިގެން ސްކޫލްތަކުގެ އިމްތިހާނު ކެންސަލްކުރެވި ކިޔެވުމަށް ބުރޫއެރީމާ ސިލޯނުގައި ކިޔަވާން ތިބި އެތައްހާސް ދިވެހި ދަރިވަރުންނަށް އެކަމުގެ އަސަރު ނުފޯރާނޭ ބާވައެވެ. ނޫނެކެވެ. ފޯރާނެއެވެ. ސިލޯނުގެ ރައްޔިތުން ފިޔަވައި ދެން އެކަން އެންމެ ބޮޑަށް ތަޖުރިބާކުރަން ތިބީ ދިވެހީންނެވެ. އެންމެ އިހުޒަމާނުގައި އެކަންއޮތް ބީދައިން މިޒަމާނުގައިވެސް އެކަންއޮތީ އެހެންނެވެ.

ސިލޯނަށް ކުރިމަތިވެފައިވާ ތަދުމަޑުކަން ހައްލުކޮށްދިނުމުގައި ދިވެހިރާއްޖެއަށް އަދާކުރެވޭނޭ މާބޮޑު ދައުރެެއް ނެތެވެ. އެކަމަކު ސިލޯނުގައި ދިރިއުޅޭ އާއިލާތަކަށް ކުރިމަތިވަމުންދާ މައްސަލަތައް މަދުކުރުމާއި ކުޑަކުރުމުގައި ދިވެހިރާއްޖެއަށް އަދާކުރެވިދާނޭ ދައުރު ވަރަށް ބޮޑެވެ. އަދާކުރަންޖެހޭ ދައުރުވެސް ވަރަށް ބޮޑެވެ. ރާއްޖޭގައި ތިއްބަސް އަދި ރާއްޖެއިން ބޭރުގައި ތިއްބަސް ދިވެހީންގެ ހެވާއި ލާބަޔާއި ދުޅަހެޔޮކަމަށް ވިސްނަންވާނީ ދިވެހިރާއްޖެއިންނެވެ. އެގޮތުން ސިލޯނުގެ މައްސަލަޔަކީ ދުނިޔޭގެ އެހެނިހެން މައްސަލަތަކޭވެސް އެއްފަދައިން ދިވެހީންނާ ބެހުމެއްނެތް ބޭރު މައްސަލައެއް ކަމަށް ބަލައިގެން ތިބުމުގެ ފުރުސަތެއް ނެތެވެ. ސިލޯނުގެ ކޮންމެ މައްސަލައެއް ފޯވެގެން ހިންމިތަކުން ފޭދިގެންދާއިރު ދިވެހިރާއްޖޭގެ ހަފޮޅުންވެސް އެތެރެވާތީއެވެ.

ސިލޯނުގެ ތަދުމަޑުކަމަށް އަދި ގިނަދުވަސްތަކެއް ނުވެއެވެ. މަންޒަރު ފެންނަގޮތުން މިހާލަތުން އަދި އެހާ އަވަހަށް އަރައިގަނެވޭނޭ މަގެއްވެސް ނެތެވެ. މިހާލަތުގައި އަހަރު ދެއަހަރުވެސް ހޭދަކުރަން ޖެހިދާނެއެވެ. އެހެންވީމާ ސިލޯނުން ފޭދިގެން މިރާއްޖޭގެ ހަފޮޅުން އެތެރެވާނޭ އޮއިވަރާމެދު ޚިޔާލުކޮށް ރައްކާތެރިވުމާއި އެހީތެރިކަން ބޭނުންވެދާނޭ ދިވެހީންނަށް އެހީތެރިވުމަށް ރޭވުންތަކާއި ޕްލޭންތަކެއް ހެދިފައި ހުންނާންޖެހޭނެއެވެ. މިހާރުވެސް ދިވެހި ސަރުކާރުގެ އެހީއަށް އެދި އިލްތިމާސްކުރާ ދިވެހި އެތައް އާއިލާއެއްގެ ވާހަކަ އެބައިވެއެވެ. އެހެންވީމާ ދުރާލާ ރޭވުންތަކެއް ރާވައިގެން ދިވެހީންނަށް އެހީތެރިވެވޭނޭ ދޮރުތައް ދިވެހިރާއްޖެއިން ތިބެންވާނީ ހުޅުވައިގެންނެވެ. ފޮރިން މިނިސްޓްރީވިޔަސް، ފައިނޭންސް މިނިސްޓްރީވިޔަސް، އެތަނަކުން ހުޅުވޭން އޮތް ދޮރެއް ތިބޭންވާނީ ހުޅުވައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

ހޯމްސްޓޭ އަޔަސް މިގައުމުގައި ތިބޭނީ މުސްލިމް ދިވެހިންނެވެ.

02 ޖެނުއަރީ 2022
ސުނާމީ ކާރިސާއާއި ދިވެހިންގެ އެއްބައިވަންތަކަން

ސުނާމީ ކާރިސާއާއި ދިވެހިންގެ އެއްބައިވަންތަކަން

26 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު