Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލުގެ ޙާލަތު ރަނގަޅުކުރުން

ސީޕީއާއި ވަޒީރު ޤައިދީންނާއެކު ރޯދަވީއްލުން: ޤައިދީން އެދުނީ ޔާޑުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދޭން

މިއީ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދިޔަ ޙަރަކާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އެޕްރީލު 2022 | އާދީއްތަ 08:22
ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރ އޮފް ޕޮރިޒަންސް ޤައިދާންނާއެކު ރޯދަ ވީއްލަނީ

ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރ އޮފް ޕޮރިޒަންސް ޤައިދާންނާއެކު ރޯދަ ވީއްލަނީ

ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް (ސީޕީ) އަހުމަދު މުޙައްމަދުފުޅު މާފުށީ ޖަލުގެ ބައެއް ޤައިދީންނާއެކު ރޯދަވީއްލުމަކަށް އިންސާފު ކުރައްވާފައިވާއިރު، ޤައިދީންގެ ފަރާތުން ހުށައެޅި ކަންބޮޑުވުންތަކަށް ޙައްލު ހޯދަވައިދެއްވާނެކަމަށް ސީޕީ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މިނިސްޓަރު ޢިމްރާންގެ އިތުރުން ސީޕީ ވަނީ މާފުށީ ޖަލަށް ވަޑައިގެން, ޤައިދީންނާ އެއް ސުފުރާއެއްގައި ރޯދަވީއްލުމުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައިވާއިރު، މިއީ ރޯދަމަހު ޤައިދީންގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރެވޭނީ ކޮން ކަންތައްތަކެއްތޯ ދެނެވަޑައިގަތުމަށް ޤައިދީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްކަމަށް އެ އިދާރާތަކުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ސީޕީ ވިދާޅުވީ، މާފުށީ ޖަލުގެ ޔުނިޓެއްގެ ޤައިދީންނާއެކު ބޭއްވި މި ރޯދަވީއްލުމުގައި އެ ޔުނިޓުގެ ޤައިދީންގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރި އެއް ކަމަކީ ރޭގަނޑު ގަޑީގައި ޔާޑުގައި ކަސްރަތުކޮށްލަން ނުކުމެ އުޅެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެކަން މިހާރު ކުރިއަށްދާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، އެތަނުގައި މާކަރީ ލައިޓެއް ހަރުކޮށްގެން އެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ސީޕީ ވިދާޅުވީ، ފިނިފެން ނުލިބުމުގެ ޝަކުވާއާއި، ޔުނިޓުގައި ހުރި މަރާމާތު ކުރަން ޖެހިފައިވާ ގޮޅިތަކާއި ގުޅޭ ކަންބޮޑުވުންތައްވެސް ބައެއް ޤައިދީންގެ ފަރާތުން ފާހަގަކުރި ކަމަށެވެ. އެ ކަންކަމަށްވެސް ޙައްލު ހޯދުމަށް މަސައްކަތްތަކެއް ކުރުމަށް މަޝްވަރާ ކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ވަކިވަކި ޤައިދީންގެ ފަރާތުންވެސް ވަނީ ބައެއް ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.

މިއީ މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން ޖަލުގައި ދޭ ކޮއްތުގެ ޙާލަތު ބެލުމަށާއި، ޖަލުގެ ޙާލަތު ގާތުން ބެއްލެވުމަށް ނިންމެވި ނިންމެވުމެއްކަން ސީޕީ ފާހަގަކުރެއްވިއެވެ. ސީޕީ ވިދާޅުވި ގޮތުގައި ޤައިދީންނަށް ރަމަަޟާން މަހުވެސް އެކަށީގެންވާ ގޮތެއްގައި ރޯދަ ވީއްލާނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ޤައިދީން ރަނގަޅު ބައެއްގެ ގޮތުގައި އަނބުރައި މުޖުތަމަޢަށް ނެރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، އެ މަސައްކަތް ހުއްޓާނުލައްވައި ކުރައްވަމުން ގެންދަވާނެކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ޤައިދީންނާއެކު ހޮނިހިރު ދުވަހު ރޯދަވީއްލުމުގެ ތެރެއިން ހޭދަކުރެއްވި ވަގުތުތަކަކީ އެކަންކަން ދެނެވަޑައިގަތުމަށް ބޭއްވެވި ބައްދަލުކުރެއްވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރޯދަމަހުގެ ތެރޭގައި ޖަލުގެ އެކި ޔުނިޓްތަކުގައި ތިބި ޤައިދީންނާއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަން މިނިސްޓަރު ވަނީ ނިންމަވާފައެވެ. މީގެކުރިންވެސް މިނިސްޓަރު ގެންދެވީ ޖަލަށްވަޑައިގެން ޤައިދީންނާ ބައްދަލުކުރައްވައި, ޤައިދީންގެ ހާލަތު ގާތުން އޮޅުންފިލުއްވަމުންނެވެ.

މާފުށީ ޖަލުމޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ހައުސިންގ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް

މުޒާހާރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "އެލްއާރުއޭޑީ" އަކީ ލީތަލް ހަތިޔާރެއް

05 އޮކްޓޯބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

ސްކޭމާއި ދެކޮޅަށް މާފުށި ޖަލުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 33 ފޯނު އަތުލައިގެންފި

15 ސެޕްޓެމްބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު