Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
އަންވަރު އަބްދުލްޣަނީ

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

އަންވަރަކީ ނ.މާފަރަށް ނިސްވަތްވާ ކުޅުންތެރިއެއް

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 31 މާރިޗު 2022 | ބުރާސްފަތި 14:06
އަންވަރު އަބްދުލްޣަނީ

އަންވަރު އަބްދުލްޣަނީ

ދިވެހި ފުޓްބޯޅަޔަށް ލޯބިކުރާ އެންމެންނަށްވެސް އަސްއަދު އަބްދުލްޣަނީ އާއި އަކްރަމް އަބްދުލްޣަނީ އެނގޭނެއެވެ. ސަރަހައްދީ ފުޓްބޯޅައިގެ ތަށި ދިވެހިރާއްޖެއަށް ހޯދައިދިން ގައުމީ ކެޕްޓަނުންގެ ގޮތުގައެވެ. މިލަދުންމަޑުލު ދެކުނުބުރީ މާފަރަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ އާއިލާއަކަށް ނިސްބަތްވާ ދެބެއިންގެ ގޮތުގައެވެ. ގައުމީ ޓީމު ދުށް އެންމެ ކުޅަދާނަ ޑިފެންޑަރުންގެ ގޮތުގަަައެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ނުކުރިއަސް އަދި ގައުމީ ޓީމަށް ތަށްޓެއް ހޯދައި ނުދެވުނަސް ގައުމީ ޓީމަށް މުހިއްމު މެޗުތަކެއް ކުޅެދީފައިވާ ހަމައެހާމެ ކުޅަދާނަ އެހެން ޑިފެންޑަރަކު މިއާއިލާގައި އެބަހުއްޓެވެ. އަސްއަދުގެ ކޮއްކޮއެކެވެ. އަކުރަމުގެ ބޭބެއެކެވެ. ނަމަކީ އަންވަރު އަބްދުލްޣަނީއެވެ. އަނިޔާގެ މައްސަލަތަކާހުރެ ކެރިއަރުގެ އެންމެ މުހިއްމު ދުވަސްވަރު ފުޓްބޯޅަޔާ ދުރަށްދާން މަޖުބޫރުވި މިކުޅުންތެރިޔާގެ މަތިން ކިތައް މީހުން ހަނދާން އެބަހުރިބާވައެވެ.

ހަނދާންހުރީ ކިތައް މީހުންކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުއްޓެވެ. މާލޭގައި ގައުމީ ޓީމަށް އަންވަރު ކުޅުނު ކޮންމެ މެޗެއް ތާޒާކަމާއެކު ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. ހަމަ އެހެންމެ ކްލަބް ވެލެންސިޔާއަށް އޭނާ ކުޅެދީފައިވާ ތާރީޚީ މުހިއްމު މެޗުތައްވެސް ހަނދާނުގައި އެބަހުއްޓެވެ. އިސްކޮޅަށް ނިސްބަތްކުރާއިރު އެޔަށްވުރެ މައްޗަށް ފުންމައިގެން އަރައި ބޮލުންޖަހާ އެހެން ޑިފެންޑަރަކު އަޅުގަނޑު ނުދެކެމެވެ. ޕްރެޝަރުގައިވެސް ގޯސްނުހަދައި ހަމަޖެހިގެން އެޔަށްވުރެ މޮޅަށް ކުޅޭ ދިވެހި އެހެން ޑިފެންޑަރަކުވެސް ނުދެކެމެވެ. އެހެންވީމާ އަޅުގަނޑުގެ ދިވެހި ފުޓްބޯޅަ ލެޖެންޑުންގެ ލިސްޓުން ވަރަށް މަތީ ވަނައެއް އަންވަރު އަބްދުލްޣަނީއަށް ވަނީ ލިބިފައެވެ. އަޅުގަނޑުގެ ހިތުގައި އޭނާއަށް ޚާއްސަ ގަދަރެއް ވަނީ ދެވިފައެވެ.

މިހާރު އުމުރުން 41 އަހަރުވީ އަންވަރުގެ ފުޓްބޯޅަ ކެރިއަރު ކުރުކުރުމަށް މަޖްބޫރުވީ 2005 ވަނަ އަހަރު ވެލެންސިޔާއަށް ކުޅެނިކޮށް ކަކުލަށް ލިބުނު ސީރިޔަސް އަނިޔާއަކާ ގުޅިގެންނެވެ. އެ އަނިޔާއަށް ދިގު މުއްދަތެއްގައި ފަރުވާ ހޯދިނަމަވެސް އިހުގެ ފިޓްނަސް އާއި ކުޅުމަށް އޭނާއަށް ރުޖޫއައެއް ނުވެވުނެވެ. އެހެންވީމާ އެންމެ ހައެއްކަ އަހަރުގެ ފެނިލުންތަކަށް ފަހު އަންވަރަށް ޖެހުނީ ފުޓްބޯޅަޔާ ވަކިވުމަށެވެ. އަންވަރުގެ އަވަސް ރިޓަޔަރމަންޓަކީ ހަމައެކަނި އޭނާއަށް ލިބުނު ގެއްލުމެއް ނޫނެވެ. އެއީ ދިވެހި ފުޓްބޯޅަޔަށްވެސް ލިބުނު ނުހަނު ބޮޑު ގެއްލުމެކެވެ. އަނިޔާއިން ސަލާމަތްވެގެން ހުރެ ދިގު ކެރިއަރެއް ލިބުނުނަމަ ގައުމީ ޖޯޒީގައި އަސްއަދާއި އަކްރަމް ހޯދާފައިވާ ކާމިޔާބީތަކާއި އެއްވަރުގެ ނުވަތަ އެއަށްވުރެ ގިނަ ކާމިޔާބީތައް ހޯދީސްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެހެން އެ ގަބޫލުކުރަނީ 2003 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހުން ފެށިގެން 2004 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމަޔަށް އެއް އަހަރުގެ ތެރޭގައި ދިވެހި ގައުމީ ޖޯޒީގައި އަންވަރު ކުޅުނު 9 މެޗުގައި ދައްކާފައިވާ ކުޅުމާއި ހިތްވަރަށް ބަލައިފައެވެ. އަންވަރުގެ ފުރަތަމަ މެޗަކީ މޮންގޯލިޔާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ އެކެއް ސުމަކުން ރާއްޖެ މޮޅުވި މެޗެވެ. އަންވަރުގެ އެންމެ ފަހު މެޗަކީ ދެކުނު ކޮރެޔާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެގެން ދޭއް ސުމަކުން ރާއްޖެ ބަލިވި މެޗެވެ. ގައުމީ ޖޯޒީގައި އަންވަރު ކުޅުނު ނުވަ މެޗުގެ ތެރެއިން ދެ މެޗަކީ ދުނިޔޭގެ ފުޓްބޯޅައިގެވެސް ގަދަ ބާރެއް ކަމަށްވާ ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ. އޭގެތެރޭގައި 31 މާރޗް 2004 ގައި މާލޭގައި ކުޅުނު މެޗު ހިމެނެއެވެ. އެމެޗު ނިމުނީ ސުމެއް ސުމަކުން އެއްވަރުވެގެންނެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ވިއެޓްނާމާ ދެކޮޅަށް 2004 ވަނަ އަހަރުގެ އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ރާއްޖެ ކުޅުނު މެޗަކީ އަންވަރުގެ އިންޓަރނޭޝަނަލް ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއްމެޗު ކަމަށް ވާނެއެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. އޮމާނާއި ދެކޮޅަށް ކުޅުނު މެޗަކާއި ލުބުނާނާ ދެކޮޅަށް ކުޅުނު ދެމެޗަކީވެސް އަންވަރުގެ ކެރިއަރުން ފާހަގަކޮށްލަން ޖެހޭ މެޗުތަކެވެ. އޭޝިއާ ބައްރުގެ ނަން މަޝްހޫރު ހުނަރުވެރި ކިތަންމެ ފޯވާޑުންނާއި ކުރިމަތިލައި އަންވަރު ވަނީ އޭނާގެ ހުނަރާއި ހުޝިޔާރުކަން ސާބިތުކޮށްދީފައެވެ. މިކަންކަން މިހެން ހުރީމާ އަންވަރުގެ ރިޓަޔަރމަންޓް އެހާ އަވަހަށް އައުން ވެގެންދިޔައީ ދިވެހި ފުޓްބޯޅަޔަށް ހަގީގަތުގައިވެސް ލިބުނު ވަރަށް ބޮޑު ހިތާމައަކަށެވެ.

މީގެ ދެއަހަރާއި ބައިގެ ކުރިން މާފަރަށް ކުރި ދަތުރެެއްގައި އަންވަރާއި ބައްދަލުވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރީމެވެ. އެއީ އުފަން އަތޮޅުގައި އަންވަރު ދިރިއުޅޭ ކަމުންނެވެ. އެހެންނަމަވެސް ދިމާވާގޮތެއް ނުވިއެވެ. އަންވަރުގެ ދިރިއުޅުން ބޮޑަށް އޮންނަނީ އޭނާގެ އަންހެނުންގެ ރަށް ކަމުގައިވާ މަނަދޫގައި ކަމަށް ވުމުންނެވެ. އަދި ކުރާ މަސައްކަތުގެ ބާވަތުން މާފަރާ ހަމަޔަށް އެދުވަސްކޮޅު އާދެވެން ނެތުމުންނެވެ. އެހެންވީމާ އަޅުގަނޑަށް ކުރެވުނު ވަރަކީ އަންވަރު ހިމަނައިގެން އޭނާޔާ އެއްބަނޑު ތޭރަ ބެއިން އުޅެ ބޮޑުވި ގެ ބަލައިލުމެވެ. ސުނާމީގެ ސަބަބުން ވީރާނާވިގޮތަށް އަދިވެސް ފަޅަށްހުރި ގެއެކެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީގެ ޖޯޒީގެ ފުރަގަހުން ފެންނަ ތޭރަޔަކީ މިގެޔަށް ނިސްބަތްވާ ތޭރައެވެ. އެ ތޭރަ ކުދިންގެ ތެރެއިން ތިން ކުދިންނަކީ ގައުމީ ފުޓްބޯޅަ ތަރިންނެވެ.

އަންވަރު އަބްދުލްޣަނީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!

ކުޅެމުން، ކޯޗުކޮށްދެމުން މެދު އުޑަށް އެރި ތަރި!

17 ޑިސެމްބަރު 2023
ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު

ކުނޑިބެ: ވޮލީ ނުކުޅެ، ގަދަ ވޮލީ ރެފްރީއަކަށްވި، ފުޓްބޯޅަ ކޯޗު

28 ޖުލައި 2023
އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

އޮއްސިގެން އެދިޔައީ، ފަސްދޮޅަހުގައި ފާއްދާލި، އަދަބީ "އޮރިޖިނަލް" ތަރިބައިގެ އެންމެ އަލި "ކޮޕީ" އެވެ!

13 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު