Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ކޮލެޖް ހުޅުވުން

އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައިފި

މިތަނުގައި ފުލުހުންގެ ތަމްރީނުތަކާއި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2022 | އާދީއްތަ 11:18
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖަޔަރ ޝަންކަރު (ކ) ޕޮލިސް ކޮލެޖް ހުޅުވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު (ވ) އަދި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖަޔަރ ޝަންކަރު (ކ) ޕޮލިސް ކޮލެޖް ހުޅުވައިދެއްވަނީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫ ސިޓީގައި ޤާއިމްކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. މި މުހިންމު އިމާރާތް ހުޅުވާދެއްވުމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވެސް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮން ހުޅުވުމަށް، އެއިމާރާތުގައި އާދީއްތަ ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މިނިިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ރައްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ މުނޫ މަހާވަރު އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ރައްޔިތުން މަޖިލިހުގެ އައްޑޫ ސިޓީގެ ބައެއް މެމްބަރުންނާއި އައްޑޫ ސިޓީ މޭޔަރ ގެއިތުރުން ފުލުހުންގެ އެހާރާއި މިހާރުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

Advertisement - newsAdvertisement

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަަކަފުޅުގައި މިއަދު ހުޅުވިގެންދިޔަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑްް ލޯ އެންފޯސްމަންޓަކީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް ވަރަށް މުހިންމު ތަނަކަށް ވެގެންދާނެކަން ފާހަގަކުރައްވައި، މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

މި ކޮލެޖާއެކު ފުލުހުންގެ އިތުރުން ގާނޫނު ތަންފީޒުކުރާ އެހެނިހެން މުއައްސަސާތަކަށް ދިމާވާ ދަތިތަކަށް ތައުލީމީ ގޮތުންނާއި ތަމްރީނުގެ ގޮތުން ހައްލު ލިބިގެންދާނެއެވެ. އަދި މި މަރުކަޒަކީ ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ދާއިރާއިން އައު ތަމްރީނުތަކާއި ތައުލީމު ފުރުސަތުތަކަށް ހުޅިވެގެންދާ ދޮރެކެވެ. އަދި މި ކޮލެޖާއެކު ފުލުހުންގެ ގާނޫނުގައި ބަޔާންކުރާ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތަކަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި ކޮލެޖުގައި އޮޑިޓޯރިއަމް އަކާއި، ޕޫލަކާއި، ސިންތެޓިކް ޓްރެކެއްގެ އިތުރުން، އެކަމަޑޭޝަން ބްލޮކާއި ބެރެކްސް އަދި ތަމްރީނަށް ބޭނުންވާ އިތުރު ވަސީލަތްތައް ވަނީ ގާއިމް ކޮށްފައެވެ. މިއީ ސައްތައިން ސައްތަ ރާއްޖޭގެ މިލްކުވެރިތަނެކެވެ. އަދި މިތަނަކީ ކުރިއަށް އޮތްތަނުގައި ފުލުހުންގެ ގިނަ ތަމްރީނުތަކާއި ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ތަނެވެ. މިއީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ގާއިމްކޮށްފައިވާ ތަނެކެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްމޯލްޑިވްސް ޕޮލިސް ސަރވިސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު