Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީބީ ބަލީގެ ހާލަތު

މިދިޔަ އަހަރު 600ށް ވުރެ ގިނަ މީހުން ޓީބީ ބައްޔަށް ފަރުވާ ހޯދަން ފަށާފައިވޭ

26 މާރިޗު 2022 | ހޮނިހިރު 08:13

މިއަހަރުގެ މިހާތަނަށް 20 މީހުން ޓީބީއަށް ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 މާރިޗު 2022 | ހޮނިހިރު 08:13
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވާހަކަދައްކަވަނީ

މިދިޔަ އަހަރު 600އަށް ވުރެ ގިނަ މީހުން ޓީބީ ބައްޔަށް ފަރުވާ ހޯދަން ފަށާފައިވާ ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޓީބީއާ ބެހޭ ގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ޑރ.މުހައްމަދު ވިދާޅުވީ ޓީބީ އަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށާއި، ފަރުވާ ހޯދަންޖެހޭ ބައްޔެއް ކަމަށެވެ. އަދި ފަރުވާ ނުހޯދިއްޖެނަމަ ފުރާނައަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑރ.މުހައްމަދު ސިފަކުރެއްވިއެވެ.

Advertisement - newsAdvertisement

ޓީބީއަށް ފަރުވާ ހޯދަމުންދާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވައި ޑރ.މުހައްމަދު ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް 600އަށް ވުރެ ގިނަ މީހުން ޓީބީއަށް ފަރުވާ ހޯދަން ފަށާފައިވާ ކަމަށެވެ. މީގެ ތެރޭގައި އަލަށް ޕޮޒިޓިވްވި މީހުންނާއި، ފަރުވާ ހޯދަމުން އައި މީހުން ހިމެނޭ ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ މިހާތަނަށް 20 މީހުން ޓީބީއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ޓީބީ ޖެހުމުން ކާހިތްނުވުމާއި، ބަރުދަން ލުއިވުމާއި، ޚާއްސަކޮށް ރޭގަނޑަށް ހުން އައުން ފަދަ އަލާމަތްތައް ފެންނާނެ ކަމަށެވެ. ފުއްޕާމެއަށް ޖެހިއްޖެނަމަ ކެއްސުމާއި، އަދި ކުޅުގައި ލޭ ހުންނާނެ ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައެއް ނުވަތަ އަށް ހަފްތާއަށް ކެއްސުން ދިގުދެމިގެންދާނަމަ ޑޮކްޓަރަށް ދައްކައި ޓެސްޓު ކުރަންޖެހޭ ކަމަށެވެ. އާއްމުކޮށް ފެންނަ ޓީބީގެ ވައްތަރުތަކަށް އިޝާރަތްކުރައްވައި ޑރ.މުހައްމަދު ވިދާޅުވީ ލިންފްނޯޑަށް ޖެހޭ ޓީބީ، އުރަމައްޗަށް ޖެހޭ ޓީބީ، ކިޑްނީއަށް ނުވަތަ ކުޑަ ކަމުދާ ނިޒާމަށް ޖެހޭ ޓީބީ އަދި ކައްޓާއި ހަމައަށް ޖެހޭ ޓީބީ އާއްމުކޮށް ފެންނަ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ބޮޑަށް ފެންނަނީ ފުއްޕާމެއަށް ޖެހޭ ޓީބީ އާއި ލިންފްނޯޑަށް ޖެހޭ ޓީބީ ކަމަށް ޑރ. މުހައްމަދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއްފަހަރު އުރަމައްޗަށް ޖެހޭ ޓީބީއާ މަދުން ނަމަވެސް ކުޑަކަމުދާ ނިޒާމުގެ ޓީބީ ފެންނަ ކަމަށެވެ.

މީގެ އިތުރުން ޑރ.މުހައްމަދު އަލީ ވިދާޅުވީ ރާއްޖޭގައި ޓީބީ ނައްތާލުމުގެ މަސައްކަތް ފުރަތަމަ ފެށިގެން އައީ ޅ.އަތޮޅުން ކަމަށާއި، އެދުވަސްވަރު ޅ.އަތޮޅާއި ށ.އަތޮޅުން ވަރަށް ގިނަ ޓީބީގެ ކޭސްތައް ފެނުނު ކަމަށެވެ. ނަމަވެސް މިހާރު ޓީބީގެ އެންމެ ގިނަ ކޭސް ފެންނަނީ މާލެ ސަރަހައްދުން ކަމަށް ޑރ.މުހައްމަދު ވިދާޅުވިއެވެ.

ޓީބީ ޖެހުމުން ހަށިގަނޑުގެ ގިނަގުނަވަންތަކަށް އަސަރުކުރެއެވެ. އަދި މިއީ ފަސޭހައިން ފެތުރޭ ބައްޔެއް ވެސް މެއެވެ.

2030 އާއި ހަމައަށް ދުނިޔެއިން ޓީބީ ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އެޖެންޑާގެ ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަން ހާސިލްކުރުމުގެ ލަނޑުދަނޑީގައި ހިމެނޭ ކަމެކެވެ. ރާއްޖެއިން ޓީބީ ނައްތާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑީގެ ދަށުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއެކު، ސްޓްރެޓެޖިކް ޕްލޭނެއްވެސް ވަނީ އެކުލަވާލާފައެވެ.

ޓީބީ ޑރ.މުހައްމަދު އަލީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2024

މޫސުން ގޯސްވެ ފެންބޮޑުވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

01 ޖެނުއަރީ 2024
މޫސުން ގޯސްވެ ފެންބޮޑުވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
31 ޖުލައި 2022

ކޮވިޑުން ރަނގަޅުވާފަހުން ފެންނަނީ "ލޯންގް ކޮވިޑް"ގެ އަލާމާތްތައް

31 ޖުލައި 2022
ކޮވިޑުން ރަނގަޅުވާފަހުން ފެންނަނީ "ލޯންގް ކޮވިޑް"ގެ އަލާމާތްތައް
24 މެއި 2021

ކޮވިޑްގެ ހާލަތު އަތުން ދޫވެއްޖެ، އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޑރ.މުހައްމަދު އަލީ

24 މެއި 2021
ކޮވިޑްގެ ހާލަތު އަތުން ދޫވެއްޖެ، އެންމެންގެ އެއްބާރުލުން ބޭނުންވޭ: ޑރ.މުހައްމަދު އަލީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް