Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި އަންހެން ކުދިންގެ ތައުލީމު

އަފްޣާނިސްތާނުގައި އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލުމަށްފަހު ކުދިން ސްކޫލަށް ދިޔުމުން އަނެއްކާވެސް ބަންދުކޮށްފި

24 މާރިޗު 2022 | ބުރާސްފަތި 02:37

ބުދަ ދުވަހު ހައި ސްކޫލްތައް އަންހެންކުދިންނަށް ހުޅުވާލާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 މާރިޗު 2022 | ބުރާސްފަތި 02:37
އަފްޣާނިސްތާންގެ ސްކޫލެއްގެ އަންހެން ދަރިވަރުން

އަފްޣާނިސްތާންގެ ސްކޫލެއްގެ އަންހެން ދަރިވަރުން

އަފްޣާނިސްތާނުގެ ހައި ސްކޫލްތައް އަންހެން ކުދިންނަށް ބަންދުކުރިތާ ހަތް މަސްފަހުން ހުޅުވާލިތާ ގަޑިއިރުތަކެއްފަހުން މުއްދަތެއް ނެތްގޮތަށް އަނެއްކާވެސް ބަންދުކޮށްފިއެވެ.

އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން ބުދަ ދުވަހު ހައި ސްކޫލްތައް އަންހެން ކުދިންނަށް ހުޅުވާލާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާއެވެ. އޭގެފަހުން އަންގާރަ ދުވަހު ތާލިބާން ސަރުކާރުގެ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޕޯކްސްމަން ވަނީ ކުދިންނަށް މަރުޚަބާ ކިޔާ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.

ނަމަވެސް ބުދަ ދުވަހު ކުދިން ސްކޫލަށް ދިޔުމުން ކުދިންނަށް އަންގާފައިވަނީ އަނެއްކާވެސް ސްކޫލްތައް ބަންދުވީކަމުގައެވެ. މިއާއެކު ކުދިންނަށް ވަނީ އަނެއްކާވެސް މާޔޫސްކަން ވެރިކުރުވާފައެވެ.

ތާލިބާންގެ މިނިންމުމާއެކު ގްރޭޑް ހައަކުން މަތީ ގްރޭޑްތަކުގައި ތައުލީމު ހާސިލުކުރަމުންދާ އަންހެން ކުދިންނަށް އަނެއްކާވެސް ސްކޫލްތައް ބަންދުވީއެވެ.

ބުދަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އިސްލާމީ ޝަރީޢަތާއި އަފްޣާނިސްތާނުގެ ޘަގާފަތާ އެއްގޮތަށް އަންހެން ކުދިންނަށް ސްކޫލްތަކަށް ގޮސް ތައުލީމު ހާސިލުކުރެވޭފަދަ ނިޒާމެއް ގާއިމުކުރެވެންދެން ސްކޫލްތައް ބަންދުވާނެކަމަށެވެ.

ތާލިބާންގެ ސްޕޯކްސްމަން އިނާމުﷲވެސް ވަނީ މިކަން އޭއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެކަމާއި ގުޅޭ ސަބަބެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ސްޕޯކްސްމަން އަޒީޒް އަހުމަދު ރަޔާން ވިދާޅުވީ އެކަމާއި ބެހޭގޮތުން އެއްޗެއް ވިދާޅުވުމުގެ ހުއްދަ ނެތްކަމަށެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރަން ފެށުމާއެކު ގިނަ އަދަދެއްގެ ބަޔަކު އަފްޣާނިސްތާން ދޫކޮށް ދިޔުމުން އެގައުމަށް ވަނީ ޓީޗަރުންގެ ދަތިކަން އިހުސާސްކުރަން ޖެހިފައެވެ. ތާލިބާން ސަރުކާރުގެ ސްޕޯކްސްމަން ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެތައް ހާސް ޓީޗަރުންނެއް ބޭނުންވާކަމަށެވެ.

މީގެކުރިން ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރިއިރު އަންހެން ކުދިންނާއި އަންހެނުން ތައުލީމު ހާސިލުކުރުމަކީ މަނާކަމެކެވެ. އަދި ގިނަ އަންހެނުންނަށް އޭރު ވަޒީފާ އަދާކުރުމަށް ދިޔުމަކީވެސް މަނާކަމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓްމަހު އަލުން ސަރުކާރާއި ހަވާލުވިފަހުން ތާލިބާނުން ވަނީ އަންހެނުންނާއި އަންހެން ކުދިންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ދޭނަކަމަށާއި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭނެކަމަށް ވައުދުވެފައެވެ.

އަދި އަންހެންނުންނާއި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ ބައިނަލްއަގްވާމީ މުޖުތަމައުން ތާލިބާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަނޑައަޅާ އެންމެ މައި ޝަރުތަށްވެސް ވަނީ ވެފައެވެ.

އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލުމަށްފަހު އަނެއްކާވެސް ބަންދުކުރުމުން ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އދ ގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް ވިދާޅުވީ މިކަމާއި ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށާއި ތާލިބާނުންގެ މިނިންމުމާއެކު އަފްޣާނިސްތާނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށެވެ. ގުޓަރޭސް ވަނީ ވީއެންމެ އަވަހަކަށް ސްކޫލްތައް ހުޅުވުމަށް ތާލިބާނުންނަށް ގޮވާލައްވާފައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް