Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީގެ އަގު ކަނޑައެޅުން

ޓެކްސީގެ މައްސަލަ: ލިބިފައި ހުރި ޝަކުވާތައް ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ބުނެފި

18 މާރިޗު 2022 | ހުކުރު 12:30

މިހާތަނަށް ލިބިފައިވާ ޝަކުވާގެ އަދަދެއް މިނިސްޓްރީން ހާމަކޮށްފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 މާރިޗު 2022 | ހުކުރު 12:30
ޓެކްސީ ޑްރައިވަރުުންގެ މުޒާހަރާ

ޓެކްސީ ޑްރައިވަރުުންގެ މުޒާހަރާ

ޓެކްސީ ޑްރައިވަރުންނާމެދު ލިބިފައި ހުރި ޝަކުވާތައް ބަލާ، ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ލިބިފައި ހުރި ޝަކުވާތައް ބަލާ، އެ ޑްރައިވަރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ލިބިފައިވާ ޝަކުވާގެ އަދަދެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމިއްލަ އަގެއް ކަނޑައަޅައި އެއަގަށް ދަތުރުކުރަން ފެށިތާ 3 ދުވަސް ފަހުން އެކަމާމެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފިނި އިންޒާރެއް ދީފިއެވެ.

ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން، ޓެކްސީ ސެންޓަރުތަކުންނާއި ޓެކްސީ ޑްރައިވަރުން ގުޅިގެން މަޝްވަރާކުރުމަށްފަހު އަމިއްލަ އަގެއް ކަނޑައަޅައި، އެ އަގުގެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރުމަށްފަހު އެކަމުގައި އެދެވޭނެ ޖަވާބެއް ނުލިބުމުން، ޓެކްސީ ސެންޓަރުތަކުން މުޒާހަރާ ކުރުމަށްފަހު އަމިއްލަ އަގުގައި ދަތުރުކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެދުވަހުގެ މެންދުރުން ފެށިގެން ޓެކްސީ ސެންޓަރުތަކުން އަންނަނީ މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުކޮށް ދަތުރުތަކަށް އަގު ނަގަމުންނެވެ. ނަމަވެސް މިނިސްޓްރީން އެކަމުގައި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ޓެކްސީ ދަތުރުތަކުގެ އަގުގެ މައްސަލައިގައި މީޑިއާތަކުން މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ސުވާލުކުރާތާ 3 ދުވަސް ފަހުން، އާދީއްތަ ދުވަހު މި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ޓެކްސީގެ ޚިދުމަތަކީ ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ޚިދުމަތަކަށްވެފައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އަދި ދިވެހިރާއްޖޭގައި ވެސް މި ޚިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ޚިދުމަތަކަށްވާތީ، ޓެކްސީ ރަޖިސްޓަރީ ކުރުމާއި ޓެކްސީތަކަށް ހުއްދަ ދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ޚިދުމަތް ހޯދާ ފަރާތާއި އަދި ޚިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

ތެލަށް އައި ބަދަލާއި ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޚިދުމަތުގެ އަގުތަކަށް ބަދަލު ގެނައުމާއި ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭ ގޮތަށް 17 މާރޗުގައި ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން ޓެކްސީގެ ޚިދުމަތުން އަގު ނަގާނެ ގޮތާއި ގުޅޭގޮތުން އެ މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ކަންކަމާއި ގުޅިގެން އެމިނިސްޓްރީން ފާހަގަކޮށްފައިވަނީ ޓެކްސީގެ ޚިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅިލާމެހިފައިވާ އަސާސީ ޚިދުމަތަކަށްވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ އެ މިނިސްޓްރީގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

އަދި އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން އެ މިނިސްޓްރީއަށް ލިބިގެންވާ ބާރެއްކަމަށާއި އަދި ޓެކްސީ ޚިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ލިބިގެންވާ ބާރެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އަދި ޓެކްސީ ސެންޓަރުތަކުން ހުށަހެޅި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރިކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދުނުމަށް ދެފަރާތުން މަޝްވަރާކޮށްގެން ގޮތެއް ހޯދާނެކަަމަށް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑިމާންޑްތަކާއެކު ހުޅުމާލޭގައި އިހުތިޖާޖުކޮށް 11 މާރޗުގެ ރޭގަނޑު ހުޅުމާލެއާއި މާލެއާއި ގުޅޭމަގު ބޭނުންކޮށްގެން ދަތުރު ނުކުރެވޭގޮތަށް އެމަގު ބަންދުވާނެފަދަ ގޮތަށް ޢަމަލުތައް ބަހައްޓައި ޢާންމު ރައްޔިތުންނަށް ދެމުންއައި ޓެކްސީގެ ޚިދުމަތް މެދުކަނޑާލައިފައިވާތީ ޓެކްސީގެ ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ޚިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީން ބުނީ ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ޓެކްސީ ގަވާއިދުގެ 20 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް