Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސީގެ އަގު ކަނޑައެޅުން

ޓެކްސީ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް އިންޒާރުދިނުން ފިޔަވައި ކުރެވޭ ކަމެއް ނެތް

ބައެއް ޓެކްސީތަކުން އަންނަނީ ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތްދެމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 13 މާރިޗު 2022 | އާދީއްތަ 10:01
ބައެއް ޑްރައިވަރުން އަންނަނީ ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތް ދެމުން

ބައެއް ޑްރައިވަރުން އަންނަނީ ބޮޑު އަގުގައި ޓެކްސީގެ ޚިދުމަތް ދެމުން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރައެވެ. އެއަރައިގެންދާ ދިޔުން ކޮންޓްރޯލުކުރުމަށް ބައެއް ތަކެތީގެ އަގު ސަރުކާރުން ހުންނަނީ ކަނޑައަޅާފައެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަގަށްވުރެ މަތިން އެޚިދުމަތްތަކެއް ނުވަތަ އެއްޗެއް ނުވިއްކޭނެއެވެ. ވިއްކާނަމަ ފިޔަވަޅު އެޅޭނެއެވެ.

ނަމަވެސް ތެލުގެ އަގު ބޮޑުވުމާއެކު މާލެ ސަރަހައްދުގައި ޓެކްސީ ކުރަމުން ދިޔަ ފަރާތްތަކުން ޑިމާންޑްކުރި އަގަށް ސަރުކާރުން ބޯނުލެނބުމުން މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް ގާއިމުވެފައި ނެތް މާލޭގައި އަބަދުވެސް ޓެކްސީ ޑްރައިވަރުންނަކީ ބާރުގަދަ ބަޔެކޭ ބުނަނީ މާޒީގައި ކަންތައްވެފައި ހުރި ގޮތުންނެވެ. ތެލުގެ އަގު ބޮޑުވެގެން މީގެ ކުރިންވެސް ޓެކްސީ ޑްރައިވަރުން މުޒާހަރާކޮށް ޓެކްސީ ކުރުން ހުއްޓާލުމުން ސަރުކާރަށް މަޖުބޫރުވެފައިވަނީ އެމީހުން ބޭނުންވާ ގޮތް ހަދައިދޭށެވެ. އެމީހުން ބޭނުންވާ އަގެއްގައި ޓެކްސީކުރުުމުގެ ހުއްދަ ދޭށެވެ. މިފަހަރުވެސް ކުރީ ފަހަރުތަކޭ އެއްފަދައިން ޑްރައިވަރުން ވަނީ މުޒާހަރާކޮށް ޓެކްސީ ކުރުން މެދުކަނޑާލާފައެވެ. ނުވީތާކަށް ޓެކްސީގެ ޚިދުމަތްދެމުންގެންދާ މޯބައިލް އެޕްލިކޭޝަންތައްވެސް ޑައުންކުރިއެވެ.

މިއެޕްތައް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ދެނީ ހަަމައެކަނި ޓެކްސީ ބޯޑް ޖަހައިގެން ޓެކްސީ ކުރާ ކާރުތަކެއްވެސް ނޫނެވެ. ޕްރައިވެޓް ކާރާއި ސައިކަލް ޓެކްސީން ވެސް މި އެޕްތައް މެދުވެރިކޮށް އާންމުންނަށް ޚިދުމަތްދެމުން ގެންދެއެވެ. ނަމަވެސް ޓެކްސީގެ އަގު ބޮޑުކުރަން ބޭނުންވުމުން އެކަންވެސް ކޮށްފިއެވެ. އެކަމަށް ޑިމާންޑްކުރުމުގެ ގޮތުންނެވެ. ޓެކްސީ ސެންޓަރުތަކުން ކުރި ޑިމާންޑަށް ޓްރާންސްޕޯޓް މިނިސްޓްރީން ޖަވާބު ދިނުން ލަސްވާތީ ކުރިޔަށް ގެންދިޔަ މުޒާހަރާއަށްފަހު އެންމެ ފަހުން އަލުން ޓެކްސީގެ ޚިދުމަތް ދޭން ޑްރައިވަރުން ނިންމިއެވެ. ނަމަވެސް އެއީ އެމީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ އަގުތަކަށެވެ.

ޓެކްސީގެ ކަންތަކުގައި އަމަލުކުރަމުން އަންނަ ގަވާއިދެއް އޮވެއެވެ. ޓެކްސީ ގަވާއިދުގެ ދަށުން އަގު ކަނޑައެޅުމުގެ ބާރު ލިބެނީ ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ. އެހެންކަމުން ޓެކްސީތަކަށާއި ޓެކްސީ ސެންޓަރުތަކަށް އަމިއްލަ އަގެއް ކަނޑައެއް ނޭޅޭނެއެވެ. ނަމަވެސް ވަކި އަގުތަކެއް ކަނޑައަޅާފައި އޮތްނަމަވެސް ހުޅުމާލެ ފޭސް 2 އަދި އެއަރޕޯޓަށް ކުރާ ދަތުރުތަކުގައި ބައެއް ޑްރައިވަރުން ކަނޑައަޅާފައި އޮންނަ އަގަށްވުރެ ގިނައިން ނަގާ ކަމުގެ ޝަކުވާއަކީ އާންމުން ކުރަމުން އަންނަ ޝަކުވާއެކެވެ. މީގެއިތުރުން މާލެ ތެރެއިން ޓެކްސީ ނުނަގާ ހަމައެކަނި މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް ދަތުރުކުރާ ކަމުގެ ޝަކުވާއަކީވެސް އާންމުންގެ ބޮޑު ޝަކުވާއެކެވެ. މިކަންކަމުގައި އާންމުންގެ ޝަކުވާ ބޮޑުވުމުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ ޓެކްސީތަކުގެ މައުލޫމާތު މިނިސްޓްރީއާއި ހިއްސާކުރުމަށެވެ. އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަމެވެ.

މިފަހަރުވެސް ޓެކްސީތަކުން ބޭނުންވާ އަގެއްގައި ޓެކްސީ ކުރަން ފެށިތާ ދެ ދުވަސްފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑުއަގު ނަގާ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމަށެވެ. ޓެކްސީ ގަވާއިދުގެ 20 ވަނަ މާއްދާއަކީ ފިޔަވަޅު އެޅުމާއި ބެހޭ މާއްދާކަމަށްވާއިރު އެމާއްދާގައި ބުނެފައިވަނީ ޓެކްސީ ގަވާއިދާ ޚިލާފަށް ޚިދުމަތް ދިނުމަކީ ކުށެއްކަމަށެވެ. އަދި އެފަދަ ކުށެއް ކުރާނަމަ އެކުށެއްކުރާ ޓެކްސީ ސެންޓަރާއި ޑްރައިވަރުގެ އަދަބަކީ ފުރަތަމަ ފަހަރު ކަމަށްވާނަމަ 500 ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރުނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމެވެ. އިތުރަށް އެކުށެއް ތަކުރާރުކުރާނަމަ އެފަރާތެއްގެ ލައިސަންސް ބާތިލްކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

ޓެކްސީތަކުން އަގު ބޮޑުކުރުމަށް ހުށަހަޅާފައިވާ އަގުތައް ހާމަކުރުމާއެކު ޓްރެފިކް ފުލުހުންވެސް ވަނީ ޓެކްސީ ކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތައް ހަނދާންކޮށްދީ އެއަށްވުރެ ބޮޑަށް އަގު ނަގާނަމަ ރިޕޯޓްކުރުމަށް އެދިފައެވެ. ނަމަވެސް ފިޔަވަޅު އަޅާނެކަމާއި ރިޕޯޓްކުރުމަށް އެދުން ފިޔަވައި މިހާތަނަށް ސަރުކާރުން ކުރި ކަމެއް މިކަމުގައި ފެންނާކަށްނެތެވެ. ބައެއް ޓެކްސީތަކުން އެމީހުން ޑިމާންޑްކުރާ ބޮޑު އަގުގައި އަންނަނީ ޓެކްސީ ކުރަމުންނެވެ. މަގުމަތިން ހުއްޓުވައިގެން ނަގާ ޓެކްސީތަކުގައި ބޮޑު އަގުގައި ޓެކްސީ ކުރާނެކަމަށް ބުނުމުން ބައެއް މީހުން އެއަގުގައި އެޓެކްސީއަކަށް ނާރާ މަންޒަރުވެސް ފެނެއެވެ. ބޮޑު އަގުދޭން ދެކޮޅު ހަދާ ޑްރައިވަރުންނާއި ޒުވާބުކޮށްފައިވާ މަންޒަރު ރިކޯޑްކުރުމަށްފަހު ސޯޝަލް މީޑިޔާއަށްވެސް ލާފައި އެބަހުއްޓެވެ. އެނގޭކަމަކީ ބައެއް ޓެކްސީތަކުން އެމީހުން ބޭނުންވާ އަގުގައި މިހާރު ޓެކްސީ ކުރަމުންދާކަމެވެ. ޚިދުމަތެއް ހޯދަން ޖެހެނީ ޚިދުމަތް ހޯދާ މީހާއާއި ޚިދުމަތް ދޭ މީހާ ބޮޑު ޒުވާބެއްކޮށް ހިތްހަމަނުޖެހުންތަކެއްގެ ތެރެއިން ކަމަށްވާނަމަ އެއީވެސް މިކަމަށް އޮތް ހައްލެއް ނޫނެވެ.

ޓެކްސީ އަކީ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭ އަސާސީ ޚިދުމަތެކެވެ. މައްސަލަ ނިކުންނަނީ އެޚިދުމަތް ދިނުމުގައި ތިބި ބަޔަކީވެސް ހަމަ ދިވެހި އާންމު ރައްޔިތުންނަށް ވާތީއެވެ. އެހެންކަމުން މައްސަލައަށް ބަލާއިރު މިއީ ދެފަރާތުގައިވެސް އާންމު ދިވެހި ރައްޔިތުން ޝާމިލްވާ އެމީހުންގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. ޓެކްސީ ޑްރައިވަރުންނަކީ އެމީހުންގެ ދިރިއުޅުން ޓެކްސީ ކޮށްގެން ލިބޭ ފައިސާއިން ހަމަޖައްސާ ބަޔެކެވެ. ނަމަވެސް އަސާސީ އެޚިދުމަތް ހޯދަން ތިބީވެސް ހަމަ އާންމު ރައްޔިތުންނެވެ. މާލޭގައި ރަނގަޅަށް ގާއިމުވެފައި ނެތް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމުގެ ސަބަބުން މިކަމުގައި ދިމާވަމުންދާ މައްސަލަތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވީއެންމެ އަވަހަކަށް ހައްލު ގެނެސްދޭން ޖެހެއެވެ. އެއީ މީގެ ތިން އަހަރު ކުރިއްސުރެ ކިޔަމުން އަންނަ ޓެކްސީތަކުގައި މީޓަރު ހަރުކުރުން ކަމުގައިވިޔަސް މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާއިމުކުރަން ބުނި މިނީ ބަހުގެ ޚިދުމަތްވިޔަސް މެއެވެ. ދެ ފަރާތުގައި ތިބި އާންމު ރައްޔިތުންގެ ހައްގުގައި މިނިސްޓްރީން މިހާރަށްވުރެ ޒިންމާދާރު ގޮތެއްގައި ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ޓެކްސީ ޚިދުމަތްޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު