Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީގެ ގައުމީ މަޖިލިސް

އިންތިޚާބު ލަސްކުރުމަކީ ޕީޕީއެމްގެ ގޮތެއް - އީވާ

9 މާރިޗު 2022 | ބުދަ 06:57

އީވާ ތާއީދު ކުރައްވަނީ ޗެއާޕަރސަން ކަމަށް ކުރިމަތިލައްވަފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 މާރިޗު 2022 | ބުދަ 06:57
އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

އިންތިޚާބު ލަސްކުރުމަކީ ޕީޕީއެމްގެ ގޮތެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވިއެވެ.

އީވާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ބާއްވާ ތާރީޚު ކަނޑައެޅުމުގެ މައްސަލާގައި އަންގާރަ ދުވަހުގެ ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަހަކަފުޅު ދައްކަވަމުންނެވެ. އީވާ ވިދާޅުވީ، ހަނދާނަށް އަންނަނީ، 2013ގެ އިންތިޚާބު ކަމަށާއި، އެ އިންތިޚާބު ރައީސް ނަޝީދަށް ކާމިިޔާބު ނުވާނެ ގޮތަށް ޕީޕީއެމުން އިންތިޚާބުގެ ތާރީޚު ބަދަލުކުރަމުން ދިޔަ ކަމަށެވެ. އެމްޑީޕީން އަބަދުވެސް ގޮވަމުން ދިޔައީ އިންތިޚާބު ގަޑިއަށް ބޭއްވުމަށް ކަަމަށެވެ. އެކަމަކީ ރައްޔިތުންގެ އިތުބާރު އެ އިންތިޚާބާއި ދެތެރޭ އުފެދޭނެކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެހެންކަމުން އިންތިޚާބު ބޭއްވުމަށް ގައުމީ މަޖިލީހުން ފާސްކުރި ތާރީޚުގައި އިންތިޚާބު ބޭއްވުމަށް ތާއީދު ކުރައްވާ ކަމަށެވެ. މީގެ ކުރިންވެސް އެމްޑީޕީން ރަމަޟާން މަހު ކެމްޕެއިންކޮށް އިންތިޚާބުތައް ބޭއްވިކަމަށް ވިދާޅުވިއެވެ.

އިންތިޚާބު ލަސްުކުރުމަކީ މުޑުދާރުކަމެއް ކަމަށް ސިފަ ކުރައްްވައި އީވާ ވިދާޅުވީ، އިންތިޚާބު ލަސްުކުރުމަކީ އަނެއް ކެންޑިޑޭޓަށް އޮތް ޔަގީންކަން ގެއްލުުމުން ކުރާކަމެއް ކަމަށެވެ.

އީވާ ތާއީދު ކުރައްވަނީ ޗެއާޕަރސަން ކަމަށް ކުރިމަތިލައްވަފައިވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އަށެވެ. ދެން އެ މަގާމަށް ކުރިމަތިލައްވާފައިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

އިވާގެ ވަހަކައަށް ރައްދުދެއްވައި ހުޅުމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ގައުމީ މަޖިލީހުން ކަމެއް ނިންމަން ޖެހެނީ ވަކި ބަޔަކު ކަމެއް ބޭނުންވުމުން އެކަނި ނޫން ކަމަށެވެ. ރޮޒައިނާ ވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ނުކުރެއްވުމުން އެ މަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން އޭރު ރިޔާސީ ކެންޑިޑޭޓަކު ނުނެރެން ވަކާލާތުކުރީ ޑިމޮކްރަޓިކް އުސޫލަކުންތޯ ސުވާލު އުފައްދަވާފައެވެ.

ޖަލްސާގައި ގައުމީ މަޖިލީހުގެ މެމްބަރުންވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ހޫނުގަދަ ރައްދުތަކެއް ދެއްވާފައެވެ.

ފައްޔާޒު ހުށައެޅުއްވި ގޮތަށް، މެއި މަހުގެ 14 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ފާސްކުރަން 100 މެމްބަރުން ވޯޓު ދެއްވިއެވެ. ދެކޮޅަށް ވޯޓު ދެއްވީ 15 މެމްބަރުންނެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ 115 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ރޮޒައިނާ އާދަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް