Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެރޮނގު ދަމައިގެން ރައްޔިތުންނަށް ދުއްތުރާކުރުން ހުއްޓާލަން ޖެހޭ

ގަރާޖު ކުރިމަތިން ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 މާރިޗު 2022 | ބުދަ 11:37
މާލޭގެ މޭޔަރ ޑރ މުއިއްޒަކީ ބިންތައް ނެގުމުގައި ވަރަށް އާދަޔާ ޚިލާފު ރިކޯޑެއްގެ ވެރިޔެއް

މާލޭގެ މޭޔަރ ޑރ މުއިއްޒަކީ ބިންތައް ނެގުމުގައި ވަރަށް އާދަޔާ ޚިލާފު ރިކޯޑެއްގެ ވެރިޔެއް

މާލެއަކީ ކާރުބާރު ބޮޑުތަނެކެވެ. މަގުމަތިން މީހަކު ހުރަސްކޮށްލައިފިނަމަ ޓްރެފިކް ހުއްޓި އެތައްހިސާބަކަށް ދެމިގެންދެއެވެ. ދެން އިވޭނީ ބަރުގޮނު އަޅާ އަޑާއި މީހުންގެ ނުރުހުމުގެ ހަޅޭކުގެއަޑެވެ. ވަކިން ބޮޑަށް ތަނެއްގައި ޕާކިން ޖާގައެއް ހޯދަން ވެއްޖެނަމަ އެކަން ވަނީ ބޮޑު ވޭނަކަށެވެ. ކުޑަ މަގެއް ބޮޑު މަގެއް ނެތެވެ. ހައްތަހާވެސް އެކި ކަންތައްތަކެވެ. ބައެއް ފަހަރު ޕާކް ކުރާނެ ޖާގައެއް ނުލިބި ދެ ރޮނގު ދަމާފައި ހުންނަ ގޯޅިތަކާއި މަގުތަކުގައި ވެސް ޕާކް ކުރަން މަޖުބޫރުވެއެވެ. ޖާގަ ނެތުމުގެ ސަބަބުންނެވެ.

މީގެ އަހަރުތަކެއް ކުރިން މިލިއަނުން ހަރަދުކޮށްފައި ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ގެނައި ސާމާނާއި އެއިން ހެދި ތަންތަން އެހުރީ ބޭނުން ކުރަން ނުފެށި ބާ ދަނގަޑަށް ވާން ކައިރިވެފައެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަން ބަޔަކު އުޅުނަސް އެކަން ނުވެ އެހެން ކަމެއްގެ އަވައިގައި ޖެހި ޕާކިންގެ މައްސަލަ އެފަހަރުވެސް އޮޔާދިޔައީއެވެ.

އަނެއްކާވެސް އެކަމުގައި އުޅުއްވި ވެރިއަކު މާލޭގައި ޕާކިން މައްސަލައަށް ހައްލެއް ގެންނަވާނެ ކަމަށް ވިދާޅުވެ ގާނޫނާއި ގަވާއިދާ ހިލާފަށް އަމިއްލަ ބާރުގައި ކަންކަން ނިންމަވަން އުޅުއްވިއެވެ. އެކަން އާންމުންނަށް ފަޅާއެރުމުން ތިމަންނާ މެން އެކަން ނުކުރާނެ ކަމަށް ބުނެ ބަޔާނާއި ޓްވީޓާއި ދެން ޖެހުނު އެއްޗެއް ޕްރިންޓަރުގެ ދެލި ހުސްވަންދެން ލިޔެފަ ނެރުނެވެ.

ޕާކިންގެ މައްސަލައަށް ހައްލެއް ނައިސް ވަނިކޮން އެންމެ ފަހުން ޕާކް ކުރަން އޮތް ތަންކޮޅުވެސް ލާރިއެއް ލިބޭނެޔޭ ބުނެ ވަކި ބަޔަކަށް ދޭން ނިންމައިފިއެވެ. މިވާހަކައަށް ޖެހިލުމުގެ ކުރިން އަހަރުތަކެއް ކުރިއަށް ޖެހިލާނަމެވެ. މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފަޅު ހިއްކާ އެތަނަށް ގަރާޖާއި ގުދަނާއި އެހެންގޮސް ސިނާއީ މަސައްކަތް ކުރާނެ ހުރިހާތަނެއް ބަދަލުކުރާނެކަމަށް ކުރިން ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ފަރާތެއް އަޑަށް ބާރުލައްވާ ވިދާޅުވަމުން ގެންދެވިއެވެ.

ބިން ހިއްކާ ނިމެއްޖެއެވެ. އިންކަޑާ ވެސް ނިމިއްޖެއެވެ. އެތަނަށް ބަދަލުވީ ދެތިން ތެޔޮއަޅާ ތަނާއި، އެސްޓީއޯގެ ކޮންކްރީޓް މިކްސް ޕްލާންޓެވެ. ބާކީ ހުރި ބިންތައް އެއިރު ދީފަ ސިޓީ ކައުންސިލުން މިހާރު އަނެއްކާ އަތުލަންވެސް އުޅެފިއެވެ. މިތަނުގައި ގަރާޖާއި ގުދަނާއި ސިނާއީ ތަންތަނުގެ ވާހަކަ ދައްކާލަން ޖެހުނީ ކާރުބާރު ބޮޑު މާލޭގެ އެތެރޭގެ އެތައް ތަނެއްގައި ހުރި ގުދަނާއި ގަރާޖަށް މާލޭގެ މަގުން އިންކަޑާ ވިއްކަން މާލެސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެންނެވެ. މިއީ ނުރައްކާތަކަށް ހިތްވަރު ދިނުމޭވެސް ބުނެވިދާނެއެވެ. މާލޭގައި މިހާތަނަށް ހިނގާފައިވާ ބޮޑެތި އަލިފާނުގެ ހާދިސާތަކަށް ބަލާއިރު، އެ ހާދިސާތައް ހިނގާފައިވަނީ ގުދަންތަކާއި ގަރާޖުތަކުގައެވެ. އެކަން ހައްލު ކުރަން އެ ހުރިހާތަނެއް ބަދަލުކުރަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިން އޮތީ މާލޭގެ ހުޅަނގާއި ދެކުނުފަރާތުގައި ޖަހާފަހުރި ބޮޑު ހިލަތަކުގެ މަތިން އަރާ ރާޅުތައް އަރަން ދޫކޮށްލާފައެވެ.

މާލެ ސިޓީ ކައުންސިލުން އިހައްދުވަހަކު އިއުލާނެއް ކުރިއެވެ. އިއުލާނުގެ ސުރުހީގައި އޮތީ ގަރާޖު އަދި ގުދަންތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތައް ނެގުމާއި ގުޅޭ ވާހަކައެވެ. އިއުލާނުގެ މެދުގައި އޮތީ ގަރާޖު އަދި ގުދަން ކުރިމަތީގައި ޕާކް ނުކުރެވޭނެ ވާހަކައެވެ. ދެން އޮތީ އިންކަޑާ އެތަންކޮޅު ވިއްކާލާނެކަމަށެވެ. އޭގައި އޮތީ 9 މާރޗް 2022 ގެ ނިޔަލަށް އެކައުންސިލަށް ހުށައެޅުމުން އެތަންތަނުގެ ކުރިމަތީގައި ޕާރކުނުކުރެވޭ ގޮތަށް ޑަބަލް ލައިން ދަމައިދެވޭނެ ވާހަކައެވެ.

ދެން އޮތީ ލޯޑިންގ އެންޑް އަންލޯޑިންގ ކުރުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަޙައްދުތަކަށް މި މުއްދަތުގެ ތެރޭގައި މިކައުންސިލަށް ހުށަހެޅުއްވުމުން ސަރަޙައްދު ޗެކުކުރުމަށްފަހު، ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދެވޭނެ ވާހަކައެވެ. މިއީ ގޯހެކެވެ. މާލޭގައި ޕާކް ކުރެވޭނެ ޖާގައެއް ނެތިގެން އަމިއްލަ ގޭގެ ވަށާ 5 ބުރު ޖަހާއިރުވެސް ސައިކަލު ޕާކްކޮށްލާނެ ޖާގައެއް ނެތް ތަންތަން އެހާގިނައެވެ. ހަމަ އެފަދަ ތަންތަނުގައި ގަރާޖާއި ގުދަން ވެސް ބައިވަރު އެބަހުއްޓެވެ. އެތަންތަން އިންކަޑާ ވަކި ބަޔަކަށް ދިނުމުން އެ އިމާރާތެއްގައި ދެން ތިބޭ މީހުންގެ ހައްގު ކޮބާ ހެއްޔެވެ.

ރޯޑުވަރދިނެސް ފީގެ ގޮތުގައި އެތައް ފައިސާއެއް ސަރުކާރަށް ދައްކާ ރައްޔިތުންގެ ހައްގު ކޮބައި ހެއްޔެވެ. އެތަން ހަމަ ވަކި ބަޔަކަށް ހިބަކޮށްލަން ދިނުމުން ނިމުނީ ހެއްޔެވެ. ބޭނުން ވަނީ ހަމަ އެކަނި މާލޭ ސިޓީ ކައުންސިލްއަށް ނަގާ ފައިސާކޮޅެއްހެއްޔެވެ. މާލޭގައި ގުދަނާއި ގަރާޖު ހުރި ތަންތަނަށް ބަލާއިރު، ކޮންމެ ދެގެއަކުން އެއްގެއެއްގައި ގިނަ ހިސާބުތަކުގައި ގަރާޖު ނޫނީ ގުދަން އެބަހުއްޓެވެ. ދެން އެތަންތަން 3 ލައިން ދަމާފައި ވެސް ބަޔަކަށް ދިނީމަ އަނެއް ބައި މީހުންގެ ހައްގު ކޮބައި ހެއްޔެވެ. މާލޭގެ މަގުތަކުގައި ޕާކް ނުކުރެވޭ ގޮތަށް ހުރި ޕެލެޓް ނެގުން ރަނގަޅެވެ. އެކަމަށް ތާއިދެވެ. ހަތަރެސް ފައިންނެވެ. ނަމަވެސް ސިޓީ ކައުންސިލުން ފައިސާއެއް ލިބޭނެ މަގެއް ހޯދުމަށް ލައްކައަކަށްވުރެ ގިނަ ރއްޔިތުންގެ ބެލެނިވެރި ފަރާތުން ރައްޔިތުންނަށް އުނދަގޫވާގޮތަށް މި ނިންމުން ނިންމީމަ މިކަމުގެ ފަހަތުގައި ހަމަ ކޮންމެވެސް ކަމެއް ނޫޅެ ނުދާނެއެވެ.

މިކަމާއި ދެކޮޅު ހަދަން ޖެހެއެވެ. ގަރާޖައި ގުދަން ބަދަލުކުރަން ބޮޑު އަގުގައި ހެދިތަން އެ އޮތީއެވެ. އެތަނަށް ބަދަލުކުރަން ސިޓީ ކައުންސިލަށް ގޮވާލަން ޖެހެއެވެ. އަޑު އުފުލަން ޖެހެއެވެ. ރައްޔިތުންނަށް ތަކުލީފު ދިނުން ސިޓީ ކައުންސިލުން ހުއްޓާލަން ވެއްޖެއެވެ. ބޭނުންވާ ވަކި ބާރެއް ނުލިބުމަކީ މާލޭގައި އުޅޭ ނިކަމެތި ރައްޔިތު މީހާއަށް ދުއްޕާން ކުރަންޖެހޭ ކަމެއް ނޫނެވެ.

ޑރ. މުހައްމަދު މުއިއްޒުމާލެ ސިޓީމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު