Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޯދަ މަހު ކުރިއަށްގެންދާ ޕްރޮގްރާމްތައް

ރަމަޟާން މަހަށް ޚާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

25 ފެބުރުއަރީ 2022 | ހުކުރު 06:30

މަދަހަ މުބާރާތާއި ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2022 | ހުކުރު 06:30
ކައުންސިލުގެ 4 ވަނަ ދައުރުގެ 41 ވަނަ ޖަލްސާގެ ތެރެއިން

ކައުންސިލުގެ 4 ވަނަ ދައުރުގެ 41 ވަނަ ޖަލްސާގެ ތެރެއިން

ރޯދަ މަހަށް ޚާއްސަކޮށްގެން ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ރަމަޟާން މަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ކަންތައްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 12 އަހަރުން ދަށަށް ޚާއްސަކޮށްގެން ސިޓީ ކައުންސިލުން ރާވައިގެން މަދަހަ މުބާރާތެއް ކުރިއަށް ގެންދިއުމާއި، ހެޔޮއެދޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ޤުރުއާން މުބާރާތެއް ކުރިއަށް ގެންދިއުން ހިމެނެއެވެ. މި ޕްރޮގްރާމްތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ކައުންސިލުގެ 4 ވަނަ ދައުރުގެ 41 ވަނަ ޖަލްސާގައެވެ.

Advertisement - newsAdvertisement

މިއީ މުޅި މާލެ ސިޓީއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތަކެކެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރު ކަމުން އިސްލާމިކް މިނިސްޓްރީ އާއި މަޝްވަރާކޮށްގެން ޢަޞްރު ނަމާދަށްފަހު މާލޭގެ ހުރިހާ މިސްކިތެއްގައި ދަރުސް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އަމިއްލަ ޖަމާއަތްތަކުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފޯރުންތެރިކަން ނެތް މީހުންނަށް ރޯދަ ވީއްލުމަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ދޭތޯ ބަލައި، އެކަން ކުރިއަށްދާނަމަ އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކައުންސިލުން ދެވޭނެ އެހީތެރިކަން ފާހަގަކޮށް އެކަމަށް އެހީތެރިކަން ދިނުމަށް ވެސް ނިންމާފައިވެއެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ނުދާނަމަ ފުދުންތެރިކަން ނެތް މީހުންނަށް ރޯދަ ވީއްލުމަށް އެހީތެރިކަން ދެވޭނެ ގޮތްތައް ބަލައި އެކަން އިންތިޒާމް ކުރުމަށް މަސައްކަތް ކުރުމާއި، އަމިއްލަ ފަރާތްތަކުން ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖައްސާއިރު ބޭނުންވާ ގޮނޑި މޭޒު ފަދަ ތަކެތި ސިޓީ ކައުންސިލުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށްވެސް ނިންމާފައި ވެއެވެ.

މާލޭގެ އެންމެ ބޮޑު އާބާދީއަކީ ޒުވާނުން ކަމަށްވާތީ ޒުވާނުންނާއި ގުޅުންހުރި ބައެއް ހަރަކާތްތައްވެސް ރޭވުމަށް ނިންމާފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ ފުޓްސަލް، އަދި ފޯރ ބައި ފޯރ ވޮލީ މުބާރާތެއްގެ އިތުރުން ދިވެހިވަންތަ ކުޅިވަރެއް ކަމުގައިވާ ތިންމުގޯލި ފަދަ މުބާރާތްތަކެއް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަން ކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ދިވެހިންގެ ސަގާފަތެއްގެ ގޮތުން ރަމަޟާން މަސް އައުމުގެ ކުރިން ބާއްވާ މާހެފުން ބޭއްވުން ތަރުތީބު ކުރުމަށް އިޢުލާންކޮށްގެން އެ ދުވަސްތަކުގައި މާހެފުމަށް މަގުބަންދު ކުރުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރަމަޟާން މަހު ކުޑަކުދިންނާއި އާއިލާތައް ހަވީރު ގަޑީގައި ނިކުމެލާ އުޅޭނެ ފުރުޞަތު ދިނުމުގެ ގޮތުން ކޮންމެ ހަފުތާއަކުވެސް ކަނޑައެޅޭ ދުވަހެއްގައި ބޮޑެތި މަގުތައް ނުހިމެނޭ ގޮތަށް ހަނި ގޯޅިތައް ނުވަތަ ޓްރެފިކް ލުއި ގޯޅިތައް ބަލައި ބަންދުކުރުމަށް ފުރުސަތު ދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ރޯދަމަހަށް މާލެތެރެ ޒީނަތްތެރި ކުރުމަށާއި، ކުނިމެނޭޖް ކުރެވޭނެ ރަނގަޅު ނިޒާމެއް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް