Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން ކުރި ޓްވީޓަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮއްސާލައިފި

4 ޖޫން 2017 | އާދީއްތަ 11:22

ފުލުހުންނަށް މައްސަލަ ހުށަހެޅުމަށް ވުރެ ސޯޝަލް މީޑިއާގައި ޝެއާކުރުން މުހިންމު ކަމަށް ބައެއް މީހުން ދެކޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖޫން 2017 | އާދީއްތަ 11:22
ފުލުހުން ރަޔަޓް ގިޔަރުގައި

ފުލުހުން ރަޔަޓް ގިޔަރުގައި

ޖިނާއީ އަދި ތުހުމަތު ކުރެވޭ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ކުރިން ފުލުހަށް ހުށައެޅުމަށް އެ އިދާރާއިން ކުރި ޓްވީޓަކާ ގުޅިގެން ރައްޔިތުން ފާޑުކިޔުން އޮއްސާލައިފި އެވެ.

ޖޫން 1 ވަނަ ދުވަހު ފުލުހުން ކުރި މި ޓްވީޓްގައި ބުނެފައި ވަނީ ދިމާވާ ޖިނާއީ އަދި ތުހުމަތު ކުރެވޭ މައްސަލަތައް ސޯޝަލް މީޑިއާގައި އާންމު ކުރުމުގެ ކުރިން ފުލުހުންނަށް ހުށައެޅުމަށާއި އިމަޖެންސީ ކަމެއް ދިމާވެއްޖެނަމަ ފުލުހުންގެ އިމަޖެންސީނަންބަރު 119 އަށް ގުޅުމަށެވެ.

Advertisement - newsAdvertisement

މި ޓްވީޓާ ގުޅިގެން ކޮމެންޓްކޮށްފައިވާ ގިނަ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ފުލުހުންނަށް ދިވެހިރައްޔިތުންނަށް ފުރިހަމަ ގޮތުގައި ރައްކާތެރިކަމެއް ނުދެވެ އެވެ. އެހެން ނޫނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ މަރާލި ޔާމީން ރަޝީދަށް މަރުގެ އިންޒާރު ދެމުންދިޔައިރު، އެ މައްސަލަތައް ބެލޭނެ ކަމަށާއި އޭނާ އަށް ރައްކާތެރިކަން ދެވުނީސް ކަމަށެވެ.

ކުރިން ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ލުބުނާ ޒާހިރު ހުސައިން ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ވަނީ "ހާއްސަކޮށް ބޮޑެތި ކަމެއްގައި މައްސަލަ ތަން ހައްލު ނުކުރެވޭ ޕޮލިސް ފޯސް އަކަށް ގުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ފުލުހުންނަށް އިތުބާރެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ޓްވީޓްކުރިއިރު، ކޮމެންޓްކޮށްފައިވާ ބައެއް މީހުން ބުނެފައިވަނީ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމަށް ވުރެ ސޯޝަލް މީޑިއާގައި ހިއްސާކުރުން މާ ރަނގަޅު ކަމަށެވެ.

އިސްމާއީލް ޒުބައިރު ބުނެފައިވަނީ ކަމެއް ހިނގައިފިކަން ޕޮލިހަށް ހުށަހަޅައިގެން އެކަން ސިއްރުވެގެން ދިއުމަށް ވުރެ، ސޯޝަލް މީޑިއާގައި އެ ކަމެއްގެ ހަގީގަތް ހާމަކުރުން މާ ރަނގަޅު ކަމަށެވެ.

އަބްދުލް މުހްސިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ކަންކަން އެނގެން ހުރި ބޮޑެތި މައްސަލަތަކުގައި ވެސް ހަދަނީ ހުސް ދޮގު ކަމަށައި އެހެންވެ، ގުޅުމަކީ ބޭކާރު ކަމެއް ކަމަށެވެ.

ފުލުހުންގެ މި ޓްވީޓް 80 އަށް ވުރެ ގިނަ މީހުން ރީޓްވީޓްކޮށްފައިވާއިރު، 70 އަށް ވުރެ ގިނަ ކޮމެންޓްކޮށްފައިވެ އެވެ.

ބައެއް ފަރާތްތަކުން އެ މީހުންނަށް ކުރެވިަފއިވާ ހިތި ތަޖުރިބާތަކާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ނުދާ ކަމަށް ބުނެފައިވެ އެވެ.

ހުސައިން ސޯބިރު ނަމަކަށް ކިޔާ މީހަކު ބުނެފައިވާ ގޮތުގައި އޭނާއަށް މަރުގެ އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅިތާ ތިން އަހަރުވެފައިވާއިރު މިހާތަނަށް ވެސް ހަބަރެއް ނުވެ އޮތުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ޖޯއޭ ނަމަކަށް ކިޔާ މީހަކު ބުނެފައި ވަނީ ދުވާލަކު ތިން ހަތަރު ވައްކަމާއި ފޭރުން ހިނގާ ކަމަށް މީހުން ތުންތުން މަތިން އިވޭ ކަމާއި ނަމަވެސް އެއްވެސް މީހަކު ފުލުހަށް އެ މައްސަލަތަކުގައި ނުދިޔުމަކީ އިބުރަތަކަށް ނުފުދޭތޯ ވަނީ ސުވާލުކޮށްފަ އެވެ.

އައިމިނަތު ސުނީތާ ކިޔާ މީހަކު ބުނެފައި ވަނީ ފުލުހުންނަށް ރެޕޯޓްކޮށްފައި، ބަޔާންދީފައި ގެއަށް ނާދެވެނީސް ރިޕޯޓްކުރީތީ ލިބޭ އަނިޔާ އާއި ބިރު ދެއްކުން ބޮޑު ކަމަށެވެ. އެހެންވެ، ފުލުހުންގެ މައްޗަށް އިތުބާރު ގެއްލިއްޖެ ކަމަށް އޭނާ ބުނެ އެވެ. އަދި ބައެއް އެހެން ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ގޭންގުތަކަށް ލިބެ އެވެ. އަދި ބައެއް މައްސަލަތަކުގައި އެ މައްސަލަ ހުށަހެޅި މީހާ ނުރައްކަލުގެ ތެރެއަށް ވެއްޓޭ ކަމަށް ބުނެފައިވެ އެވެ.

މިފަދަ ކަންބޮޑުވުންތައް ހުރިއިރު، އަލީ ލަބީބު ބުނި ގޮތުގައި ފުލުހުން ހަމައެކަނި ބަލަނީ ސިޔާސީ މައްސަލަތަކެވެ.

މި ހިޔާލަށް ތާއިދުކުރާ ނުވަތަ އެގޮތަށް ގަބޫލުކުރާ ގިނަ ބަޔަކު އުޅެ އެވެ. ބޮޑެތި މައްސަލަތަކަށް ފުލުހުންނަށް ހައްލެއް ހޯދައި ނުދެވޭއިރު، ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރުމާއި، އެ މީހުންނަށް "ގޯނާ"ވާ ފަދަ ގޮތަށް ސިޔާސީ މަގުސަދުގައި ކަންކަން ކުރަމުން ގެންދިއުމެވެ. ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެ ވަގުތެއްގައި ސިޔާސީ ފަރާތްތަކުގެ މައްޗަށް އެކި ތުހްމަތުތައް އަޅުވައި، ފުލުހުންގެ މަސައްކަތްތައް ވެސް ހަލުއިކުރެ އެވެ. މީހުން ބައްދލުކޮށް، ތަހްގީގުކޮށް، ދައުވާ ކުރަން ފޮނުވަ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރީ މިފަދަ އެތައް ސަބަބަކާ ހުރެ އެވެ. އެހެންވެ، ބައެއް މީހުން ބުނެފައިވާ ގޮތުން ފުލުހުންގެ މި ޓްވީޓަކީ ރަނގަޅު ސްޓޭޓްމެންޓެއް ނޫނެވެ. މި ދުވަސްވަރު ސޯޝަލް މީޑިއާގައި ކަންކަން ހިއްސާކުރުން މުހިންމު ކަމަށް ބައެއް މީހުން ދެކެވެ.

މިފަދަ ޓްވީޓެއް ފުލުހުންކުރިއިރި، ރިޕޯޓްތައް ފުލުހުންނަށް ހުށަނާޅައި ޓްވީޓްކުރަންޖެހެނީ ކީއްވެގެންތޯ ބަލަންޖެހެ އެވެ. ހަމައެކަނި ޓްވީޓަކުން އިލްތިމާސްއެއް ކޮށްލުމަކުން ޒިންމާ އުފުލުނީއެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތްކޮށްދިނުމާއި ރައްކާތެރިކަން ފޯރުކޮށްދޭނަމަ، މިހާރަށް ވުރެ ބޮޑަށް ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތްދޭން އެބަ ޖެހެ އެވެ. ފުލުހުންގެ ތަސައްވުރެ ރަނގަޅުކޮށް، އެ މުއައްސަސާގެ އަގު ނަގަހައްޓަންޖެހެ އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް