Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލުން

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލަ: ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފި

މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ މައި އޮފީހުން ސީނިއާ އިންވެސްޓިގޭޓަރަކު ވަނީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 20 ފެބުރުއަރީ 2022 | އާދީއްތަ 01:43
ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ.މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ދޫކޮށްލައިފިއެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން 22 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހާފައިވާކަމަށެވެ. އަނެއް ދެ މީހުން ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.

Advertisement - newsAdvertisement

މިކަން ހިނގާދިޔައީ ބުރާސްފަތި ދުވަހުގެ ރޭ ނ.މިލަދޫގައެވެ. މިކަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނީ ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާ އަށް އިންޒާރުދީފައިވާކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައިވާކަމަށެވެ. ސައިކަލް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގޯތިތެރޭގައި ޕާކުކޮށްފައި އިން ސައިކަލެކެވެ. އަދި މޫނު ނިވާ ކޮށްގެންހުރި މީހަކު ގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.

މިހާދިސާއާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލަދޫ ޕޮލިސް ޑެސްކް އިންޗާޖު، ސާޖަންޓް މުހައްމަދު އަރީޝްއާ ވާހަކަދެއްކެވި ކަމަށެވެ. އަދި މިލަދޫގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސާޖަންޓް އަރީޝް ކުރައްވާ ހިތްވަރު ގަދަ އިޚުލާސްތެރި މަސައްކަތާ މެދު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ރަަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ކުރިއަށްގެންދާނަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ މައި އޮފީހުން ސީނިއާ އިންވެސްޓިގޭޓަރަކު އެ ރަށަށް ވަނީ ފޮނުވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްނ.މިލަދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު