Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހެއްގެ ސައިކަލުގައި ރޯކޮށްލުން

ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2022 | ހުކުރު 20:49

ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާ އަށް އިންޒާރުދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ފެބުރުއަރީ 2022 | ހުކުރު 20:49
ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ މިލަދޫގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލުން

ނ.މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

މިކަން ހިނގާދިޔައީ ބުރާސްފަތި ދުވަހުގެ ރޭ ނ.މިލަދޫގައެވެ. މިކަން ހިނގާދިޔަ ގޮތާއި ގުޅޭގޮތުން ފުލުހުން ބުނީ ނ.މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުސް މީހާ އަށް އިންޒާރުދީފައިވާކަމަށެވެ. އަދި ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައިވާކަމަށެވެ. ސައިކަލް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަނީ ގޯތިތެރޭގައި ޕާކުކޮށްފައި އިން ސައިކަލެކެވެ. އަދި މޫނު ނިވާ ކޮށްގެންހުރި މީހަކު ގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅާ މަންޒަރެވެ.

އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.

މިހާދިސާއާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިލަދޫ ޕޮލިސް ޑެސްކް އިންޗާޖު، ސާޖަންޓް މުހައްމަދު އަރީޝްއާ ވާހަކަދެއްކެވި ކަމަށެވެ. އަދި މިލަދޫގެ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސާޖަންޓް އަރީޝް ކުރައްވާ ހިތްވަރު ގަދަ އިޚުލާސްތެރި މަސައްކަތާ މެދު ފަހުރުވެރިވާކަމަށް ވިދާޅުވިއެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ރަަށު ފެންވަރުގަ އާއި ގައުމީ ފެންވަރުގައި ކުރިއަށްގެންދާނަން. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސީޕީ ހަމީދު ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ އެ މައްސަލަ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ މައި އޮފީހުން ސީނިއާ އިންވެސްޓިގޭޓަރަކު އެ ރަށަށް ފޮނުވާނެ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްނ.މިލަދޫ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް