Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
މީހުން
ކުޅުދުއްފުށީ ސެންޓަރު ހަސަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

މުޅި އުމުރު ހޭދަކުރެއްވީ މީސްމީހުންނަށް ސިއްހީ ފަރުވާ ދެއްވުމުގައި

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2022 | ބުދަ 22:51
ކުޅުދުއްފުށީ ސެންޓަރު ހަސަން

ކުޅުދުއްފުށީ ސެންޓަރު ހަސަން

އަތޮޅުތެރޭގައި އެކިއެކި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ގިނަ މީހުންގެ މަތިން މާގިނަބަޔަކު ހަނދާނެއް ނުހުރެއެވެ. އެމީހެއްގެ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭ އަދި އެ ޚިދުމަތުގެ މަތިން ހަނދާންކުރަން ޖެހޭ އެއްބޭފުޅަކީ ކުޅުދުއްފުށި ސިޓީ އަންބަރީގޭ ހަސަން އަހުމަދެވެ. ގިނަބަޔަކަށް ދަސްވެފައިވާ ނަމުންނަމަ ސެންޓަރު ހަސަނެވެ. އެއީ ރާއްޖޭގެ ސިއްހީ ދާއިރާގައި އަގުހުރި ޚިދުމަތްތަކެއް ގިނަދުވަސްތަކަކަށް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިއަދު މި ލިޔުން ލިޔާއިރު ހަސަން އަހުމަދު ވަނީ މިދުނިޔެ ދޫކުރައްވައިފައެވެ. މިހަފުތާގެ ހޯމަދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހަސަން ވަނީ އަވަހާރަވެފައެވެ. އުމުރުފުޅަކީ 78 އަހަރެވެ.

ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރެއްވުމުގެ މަތިވެރި ޚިދުމަތުގައި އުމުރުގެ ބޮޑުބައެއް ހޭދަކުރެއްވުމަށްފަހު ހަސަން އަހުމަދު މިދުނިޔެއާ ވަކިވުމަކީ ގައުމަށް ނުހަނު ބޮޑު ހިތާމައެކެވެ. އެއީ އިހުތިރާމް ލިބިގެންވީ ބޭފުޅެކެވެ. އޭނާއަށް ސިއްހީ ޚިދުމަތުގެ ދާއިރާއަށް ނުކުންނެވުނީ ކިހިނަކުންބާވައެވެ. ސެންޓަރު ހަސަނޭ ކިޔަން ފެށުނީ ކީއްވެގެންބާވައެވެ. އެއީ 1961 ވަނަ އަހަރެވެ. މީގެ ފަސްދޮޅަސް އެއްއަހަރު ކުރިއެވެ. އުމުރުފުޅުން ގާތްގަޑަކަށް 17 ވަރަކަށް އަހަރުގައި ސިއްހީ ދާއިރާއަށް ޝައުގުވެރިކަން އުފެދި އަމިއްލަ ރަށް ކަމުގައިވާ ކުޅުދުއްފުށި ދޫކުރައްވައި މާލެ ވަޑައިގެން އެދާއިރާއިން އޭރު ލިބެން ހުރި ތަމްރީނުތައް ޑަބްލިޔުއެޗްއޯގެ މަދަދާއެކު ހޯއްދެވިއެވެ.

އަމަލީ ގޮތުން ސިއްހީ ދާއިރާގައި ހަސަން އަހުމަދު ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1964 ގައެވެ. ތަމްރީނުގެ ދުވަސްވަރު މާލެއަތޮޅު ވިލިނގިލިވަރާއި ބިޔާދޫގައި ޖުޒާމް ބަލީގެ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވެޑައިގެންނެވިއެވެ. އެދުވަސްވަރު ޖުޒާމްބަލި ޖެހިފައިވާ މީހުން އެކަހެރިކޮށްގެން ބައިތިއްބަނީ އެދެރަށުގައެވެ. އެއީ މިހާރު ދެ ރިސޯޓެވެ. ޖުޒާމްބަލި ޖެހިފައިވާ މީހުން ރަނގަޅުވުމުން އެމީހުންގެ ހަށިގަނޑުން އައިބުތަކެއް ފެނުނަސް އެމީހުންގެ އެކަހެރިކަން ފިލުވައި އާއްމު ދިރިއުޅުމަށް ދޫކޮށްލަން ސަރުކާރުން ނިންމެވި ނިންމެވުމަކީ ހަސަން އަހުމަދުގެ އެންމެ އުފާވެރި ހަނދާންތަކުގެ ތެރެއިން އެއްހަނދާނެވެ.

ރާއްޖޭގައި ހުޅުވި ފުރަތަމަ ހެލްތު ސެންޓަރުގެ ގޮތުގައި 1962 ވަނަ އަހަރު ފާދިއްޕޮޅު ނައިފަރުގަ ހެލްތު ސެންޓަރެއް ހުޅުވުމުން ހަސަން އަހުމަދު އެތަނުގައި ޚިދުމަތް ކުރެއްވިއެވެ. ސެންޓަރު ހަސަންގެ ނަން ލިބިވަޑައިގަތީ އެހިސާބުންނެވެ. އެދުވަސްވަރު ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް ވަޑައިގެންނެވިއެވެ. ރާއްޖެއިން މެލޭރިއާ ނައްތާލުމަށްޓަކައި ހުރިހާ ރަށަކަށް ސްޕްރޭ ކުރުމަށް ކުރި ދަތުރުތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މާލެއިން ފައިލޭރިއާ ނައްތާލުމަށް ހުރިހާ ގެޔަކަށް ޒިޔާރަތްކޮށް ލޭ ނެގުމުގައިވެސް ހަރަކާތްތެރި ވެވަޑައިގެންނެވިއެވެ. ސިއްހީ ދާއިރާގައި އޭރު ޚިދުމަތްކުރަމުން ދިޔައީ ޖުމްލަ 14 މީހުންނެވެ. މާލޭގައި ހުންނަނީވެސް އެންމެ ޑޮކްޓަރެކެވެ.

އޭރު ހަސަން އަހުމަދާއެކު ސިއްހީ ޚިދުމަތުގެ ދާއިރާގައި އުޅުއްވި އަތޮޅުތެރެއަށް ނިސްބަތްވެޑައިގަންނަވާ ބޭފުޅުންނަކީ ހަގީގަތުގައިވެސް ގައުމީ ބަތަލުންނެވެ. ހޯރަފުށީ އަބްދުއްސަމަދު، ކެލާ އިބްރާހީމް އަލީ، ކެލާ އަބްދުލްކަރީމް، ދިއްދޫ އަބޫބަކުރު، ނ. އަތޮޅުން ހަފީޒު، ޅ. އަތޮޅުން މުހައްމަދު ޒަކަރިއްޔާ، އިބްރާހީމް ސާލިހު، މުހައްމަދު އިސްމާއީލް، ދަނގެތީ އިބްރާހީމް ހަސަން، ދ. އަތޮޅުން އާދަމް މޫސާ، މ. އަތޮޅުން ގާސިމް، އަދި ހުވަދު އަތޮޅުން އަބްދު ﷲ ރަޝީދު ހިމެނިވަޑައިގަންނަވަނީ މިގިންތީގައެވެ. އޭރު ރާއްޖޭގައި އާއްމުވެފައި އޮތީ ދިވެހި ބޭސްވެރިކަމާއި ފަންޑިތަވެރިކަމެވެ. އެކަހަލަ ދުވަސްވަރެއްގައި ޑޮކްޓަރީ ބޭސް ހިފައިގެން ރަށްރަށަށް ދިޔުމަކީ އުނދަގޫ ކަމެކެވެ.

ހާލުބޮޑު މީހުން ރިޔަލު ދޯނީގައި މާލެ ގެނައުމަށް ފުރައިގެން އަންނަ މަގުމަތީގައި ބަލިމީހާ މަރުވެއެވެ. އެފަދަ މީހުން އެހެން ރަށްރަށުގައި ވަޅުލަން ޖެހުމުގެ ހިތްދަތި ހާދިސާތައް ގިނައެވެ. ބުޅި ހެރިގެންނާއި މިޔަރު ހިފައިގެން އޭރުވެސް ގިނަ ބަޔަކަށް ފަރުވާދޭން ޖެހެއެވެ. އެޒަމާނުގައި ކަންތައް ހުރީ އެހެންނެވެ. މިޔަރެއް ހިފި މީހެއްގެ ފައިގައި ފުޅިބައްތިއެއްގެ އަލީގައި 72 ރޮދިވަޅު ޖަހައި އޭނާގެ ފައި ފަސޭހަކުރުމަށް އެހީތެރިވެދިނުމުގެ ހަނދާނަކީ ހަސަން އަހުމަދުގެ ޚާއްސަ ހަނދާނެކެވެ. ގޮވައިލި ކޮންމެ ދަންނަވަރަކުވެސް އެއްވެސް ފަސްޖެހުމެއް ފުސްމޫނެއް ނެތި ބަލިމީހުންގެ ގާތަށް އޭނާ ޒިޔާރަތްކުރެއްވިއެވެ.

އެއްވެސް އުޖޫރައަކާނުލައި ފަރުވާ ދެއްވުމުގައި މުޅި އުމުރު ހޭދަކުރެއްވި ހަސަން އަހުމަދު، ސިއްހީ ދާއިރާއަށާއި އެހެން މީހުންގެ ދުޅަހެޔޮކަމަށް ދެއްވި އިސްކަން ރަމްޒުކޮށްދޭ އެއް ހެއްކަކީ އޭނާގެ ބޭފުޅުންގެ ތެރޭގައި މެޑިކަލް ޑޮކްޓަރަކާއި ނަރުހަކާއި ލެބޯޓަރީ ޓެކްނީޝަނެއް މިހާރު ތިއްބެވުމެވެ. އެއީ ހުރިހައި ގޮތަކުންވެސް ގާބިލް މެޑިކަލް އާއިލާއެކެވެ. މިއީ ހަސަން އަހުމަދު ނުހަނު ބޮޑަށް އުފާކުރެއްވި ކަމެކެވެ. އެންމެ 60 ރުފިޔާގެ މުސާރައެއްގައި ސަރުކާރަށް ޚިދުމަތްކުރައްވަން ފައްޓަވައި، 44 އަހަރު އެ ޚިދުމަތުގައި ދެމި ހުންނެވުމަށްފަހު 2008 ވަނަ އަހަރު ދެވަނަ ޕެންޝަނާއެކު ރަސްމީ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އޭނާގެ މުސާރަޔަކީ 5000 ރުފިޔާއެވެ.

ސިއްހީ ޚިދުމަތްތެރިއެއްގެ ގޮތުގައި އޭރު ރަށްރަށަށް ވަޑައިގެންނެވީމާ ހަސަން އަހުމަދަށް ވަރަށް ބޮޑު އިހުތިރާމަކާއި ގަދަރެއް އޮވެއެވެ. އެންމެފަހު ދުވަހާ ހަމައަށްވެސް މީހުންގެ ފުށުން ހެޔޮބަހާއި އިހުތިރާމް އޮހެމުން ދިޔައެވެ. އެކަން ހަސަން އަހުމަދު ޝުކުރުވެރިކަމާއެކު ފާހަގަވެސް ކުރެއްވިއެވެ. އެއީ ޚިދުމަތުގައި ލާމަސީލު ބޭފުޅެކެވެ. ދިރިއުޅުމުގައި ސާދާ ބޭފުޅެކެވެ. އެވަރުގެ ބޭފުޅަކު ވަކިވެ އެދިޔައީ ގައުމީ ޚިދުމަތުގެ އެތައް ހަނދާންތަކެއް ދޫކުރައްވާފައެވެ. ގައުމުގެ ހާލަތު ރަނަގަޅުކޮށް، ރައްޔިތުންނަށް ދުޅަހެޔޮކަން ގެނެސްދެއްވުމުގައި މުޅި ގައުމު ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ހަސަން އަހުމަދަކީ ވަރަށް ސަކަ މިޒާޖެއްގެވެސް ވެރިޔެކެވެ. މާނަފުން ކަންކަން ކުރެއްވުމަކީ އޭނާގެ ޚާއްސަ ޝައުގެކެވެ. މިގޮތުން ފާހަގަކުރެވޭ އެއްކަމެއް ދަންނަވައިލާނަމެވެ. ތަންކޮޅެއް ފަހަކުން އޭނާ އާރާސްތު ކުރެއްވި އައު ގެޔަކަށް ނަންދެއްވީ ވަރަށް ތަފާތު މޮޅު ނަމަކުންނެވެ. "ހަހަކަ" އެވެ. މިނަމުގެ މާނަޔަކީ ކޮބައިބާވައެވެ. މިނަމުން ރަމްޒުކޮށްދެނީ އަދި ނަމުގެ ފަހަތުގައި ވަނީ ކޮން އެއްޗެއް ބާވައެވެ. އެ އަކުރުތައް ރަމްޒުކޮށްދެނީ "ހެލްތު އެސިސްޓެންޓް ހަސަން އަހުމަދު ކުޅުދުއްފުށީ އަންބަރީގެ" އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

21 މާރިޗު 2024

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު