Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ސްޓޭޓް ޝިޕިން

އެމްއެސްއެސްގެ ދެވަނަ ބޯޓު މެއި ނުވަތަ ޖޫން މަހު އަންނާނެ

14 ފެބުރުއަރީ 2022 | ހޯމަ 00:44

ދެ އަހަރު ތެރޭގައި އަމިއްލަ ބޯޓެއް ގެނެވި އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ކުންފުންޏަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ފެބުރުއަރީ 2022 | ހޯމަ 00:44
އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުހައްމަދު ނާޒިމް

އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުހައްމަދު ނާޒިމް

އެކުންފުނީގެ ދެވަނަ ބޯޓު މެއި ނުވަތަ ޖޫން މަހުގެ 15 ވަނަ ދުވަހު މާލެ އަންނާނެ ކަމަށް އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެމްއެސްއެސްގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުހައްމަދު ނާޒިމް ވިދާޅުވީ ދެވަނަ އުޅަނދު މެއި ނުވަތަ ޖޫން މަހުގެ 15 ވަނަ ދުވަހު މާލެ އަންނާނެ ކަމަށާއި މީގެ ސަބަބުން ޚިދުމަތް އަވަސްވެގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ވެސް އެމް.އެސް.އެސްގެ ފުރަތަމަ އުޅަނދު ދަތުރުކުރާތާ ދެ މަހަށް ވުރެން ގިނަ ދުވަސްވެފައިވާ ކަމަށާއި މުދާ ނުގެނެވިގެން ބަހައްޓާފައި އަންނަ ކަމަށް ވިދާޅުވިއެވެ. އޯވަރ ފްލޯވާ ކާގޯ ގެންނަން އިތުރު އެހެން އުޅަނދެއް ބޭނުންކުރަމުންދާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމް.އެސް.އެސް އިން މިހާރު ގެންގުޅޭ ބޯޓާއި އަދި ގެންނަން ހަމަޖެހިފައިވާ ބޯޓަކީ ރާއްޖޭގެ މާކެޓަށް އެންމެ އެކަށީގެންވާ ދެބޯޓު ކަމަށް ނާޒިމް ވިދާޅުވިއެވެ. އެއީ މިހާތަނަށް ބެލި ބެލުމުން ބޮޑު ބޯޓެއް އޮޕަރޭޓް ކުރުމަށްވުރެ ކުޑަ ދެ ބޯޓް އޮޕަރޭޓް ކުރުން ރަނގަޅު ކަމަށް ފެންނާތީ ކަމަށް ވިދާޅުވިއެވެ.

އަދި ދެވަނަ އުޅަނދުގައި އެހެން ބޯޓުތަކެކޭ އެއްގޮތަށް 60 ޓަނުގެ ކެޕޭސިޓީ ހުންނާނެ ކަމަށާއި ބަރު މުދާ އުފުލޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމް.އެސް.އެސްގެ ޙިދުމަތް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ހެއްކަކީ، އަމިއްލަ ބޯޓެއް ހޯދުންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ދެ އަހަރު ތެރޭގައި އަމިއްލަ ބޯޓެއް ގެނެވި އަމިއްލަ ފައި މައްޗަށް ތެދުވުމަކީ ކުންފުންޏަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށެވެ.

މީގެއިތުރުން ޑިސެމްބަރު މަހު ކޮލަމްބޯއިން އެތެރެކުރި މުދަލުގެ 30 އިންސައްތަ އެތެރެ ކުރީ އެމް.އެސް.އެސް އިން ކަން ނާޒިމް ފާހަގަކުރެއްވިއެވެ.  

އެމް.އެސް.އެސް އިން މުދާ އެކްސްޕޯޓް ކުރުމުގައި ވެސް ބައިވެރިވާ ކަމަށާއި ބާ ދަނގަޑާއި މަސް އެކްސްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ރާއްޖެއަށް ގެންނަ މުދަލުން ފްރައިޓްގެ އިތުރަށް މިހާރު ނަގަނީ 50 ޑޮލަރު ކަމަށާއި ކުރިން ކޮންޓެއިނަރަކަށް 400 ވަރަކަށް ޑޮލަރު ނަގަމުން ދިޔަ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

މާދުރު ނޫން މުސްތަގްބަލެއްގައި އެމް.އެސް.އެސްއިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި އިސް ދައުރެއް އަދާކުރާނެ ކަމަށާއި އިންޓަރނޭޝަނަލް އެރީނާގައި ބޯޓުތައް މުދާ އުފުލުމުގައި އުޅުމަކީ ކުންފުނީގެ އެއް އަމާޒު ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް