Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

މާލޭގެ ބަނދަތުތަކުގެ މައްސަލައިގައި ވެސް ދޫ ނުދެއްވާނެކަމަށް ވިދާޅުވެ ބޮޑާހޭއްކެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2022 | ހޮނިހިރު 12:06
މާލޭގެ މޭޔަރ ޑރ. މުއިއްޒަކީ ބިންތައް ނެންގެވުމުގައި ވަރަށް އާދަޔާ ޚިލާފު ރިކޯޑެއްގެ ވެރިޔެއް

މާލޭގެ މޭޔަރ ޑރ. މުއިއްޒަކީ ބިންތައް ނެންގެވުމުގައި ވަރަށް އާދަޔާ ޚިލާފު ރިކޯޑެއްގެ ވެރިޔެއް

ކޮންމެ ކަމެއްވެސް ފެށިގެން އަންނަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންނެވެ. ކަންކަން ކުރަން ވެސް އޮންނަނީ އެހެންނެވެ. ގާނޫނުގެ ބޭރުން ގަވާއިދުތަކާ ޚިލާފަށް ކަންކަން ކުރާނަމަ، އެކަން ނުވިކަމަށް ދައްކައި, ދައުލަތާއި ސަރުކާރު ބަދުނާމު ކުރުމަކުން ނުވާނެއެވެ. ދޮގެއް ތެދަކަށް ވެސް ނެހެދޭނެއެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތަކެއްދީ، އެ ބާރުތަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އެތައް ކައުންސިލަކަށް ވަނީ ދީފައެވެ.

ކައުންސިލްތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތުދީ ތައްމިނަށް ހުޅުވާލާފައިވާއިރު، އެއީ ކޮން ކުލައެއްގެ ކޮންމެ ކައުންސިލަކަށް ވިޔަސް އެ ފުރުސަތު ސަރުކާރުން އަންނަނީ ފޯރުކޮށްދެމުންނެވެ. މިކަން ދަލީލުކުރާ އެއް ހެއްކަކަށް ވެގެންދަނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކުގެ ރަށްތަކުގައި ފަތުއަޑުކިޔާފައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުންނެވެ. މީގެ ކުރިން މިކަން ކޮށްފައިވާނަމަ މިއަދު ސިޓީ ކައުންސިލެއްގެ މޭޔަރަކަށް ހުންނެވި ބޭފުޅަކު އަދި އެކަންކަން ހަނދުމަފުޅުނެތޭހާ ދުވަހެއްވެސް ނުވެއެވެ.

ނިމިގެން ދިޔަ ވެރިކަމުގައި އެތައް ސަތޭކަ ކައުންސިލްތައް މުސާރަ ނުލިބޭ ގޮތަށް ސަޕެންޑް ކުރިއެވެ. ސަރުކާރަށް ފާޑު ކިޔައިގެންނެވެ. އެތައް ބައެއްގެ ގޮނޑި ގެއްލުވާލިއެވެ. އެއީ ސަރުކާރަށް ސަނާ ނުކިޔައިގެންނެވެ. މިއަދު ބޮޑާ ހާކަމުންދަނީ ބޭނުންވާ ހަޑިއެއް ނުހޭވިގެންނެވެ. އެއީ މަގެއް ހަދަން ޖެހުނަސް, ރައްޔިތުންނަށް އުޅަނދެއް ޕާކުކުރަން ޖެހުނުކަމުގައި ވިޔަސް ކަންކަން އޮތީ މިހެންނެވެ.

މާ ގިނަ ދުވަހެއް ނުވެއެވެ. މިއީ ސަރުކާރުގެ ބިންބިމާބެހޭ މިނިސްޓްރީކަމަށް އަމިއްލައަށް ހީވެގެން ވެރިކަމުގައި އެއިރު ތިބެ ހުޅުމާލެއިން ބިން ބަހާލައި, ލިސްޓްތަކަށް ފުލެޓް ބަހާލި އުސޫލުން މާލެއިން މުޅިއުމުރު ދުވަހަށް ބިން ވިއްކަން ވެސް ނިންމިއެވެ. ގާނޫނެއް ގަވާއިދެއް ބެލުމެއް ނެތިއެވެ. އެ ވާހަކަ ތަނެއްގައި ލިޔާއިރަށް ހަމަ އެއީ ދޮގެކޭ ކިޔާ މޮޅެތި ޓްވީޓްތައް ވެސް ކުރިއެވެ. ސިއްރުން ކުރަން އުޅުނު ކަމެއް ފަޅާ އެރުމުން ދެން ކަންކުރާނީ ވެސް މިފަދަ ގޮތަކަށެވެ.

އެއީ ދޮގެއް ނަމަ ޓްރާންސްޕޯޓް މިނިސްޓްރީން އެކަން މަނާކުރާކަށް ވެސް ނާންގާނެއެވެ. ނުކުރަން އުޅޭ ކަމެއް ކުރާކަމަކަށް ވެސް ނުބުނާނެއެވެ. ކައުންސިލްގެ މެންބަރަކު ވެސް އެ ވާހަކަ ނުދައްކާނެއެވެ. ހަމައުޅުނީ މިހާރު މާލެ ސިޓީގެ ވެރިޔަކަށް ހުންނެވި ފަރާތުގެ ކޮރަޕްޝަން ހިންގަން އުޅުނު އުސޫލުން ނުއަގުގައި ޕާކިން ސްލޮޓް ވިއްކާށެވެ. އެކަން ޚުދު އެމަނިކުފާނެއް ވެސް ދޮގެއް ނުކުރައްވައެވެ.

މިކަން ހުއްޓުވަން, ޕާކް ކުރުމާގުޅޭ ގަވާއިދު ތަންފީޒުކުރާ މިނިސްޓްރީން ބުނީ, ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާނުލާއި މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މާލެ ސިޓީ ކައުންސިލުން، ވެހިކަލް ޕާކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި 1000 ޕާކިން ސްލޮޓްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާކަން އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ. އެއްގަމު ދަތުރުފަތުރުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެކަމަށާއި ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ގާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ގާނޫނާއި ގަވާއިދުތަކުގައި ބުނެފައިވަނީ ހިލޭ ޕާކިން ސަރަޙައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ގާއިމްކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް ކަމާއި ގުޅޭ މިނިސްޓްރީއަށް ހުށަހަޅާ ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ނަހަމަ ގޮތުގައި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް މާލެއިން ޕާކިން ސްލޮޓް މިހާރުވެސް ފީ ނަގައިގެން ދޫކުރަމުންދާ އިރު، މާލެ ސިޓީ ކައުންސިލުން ކަމާއި ބެހޭ މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވެއެވެ. އަދި އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައިވެސް ނުވެއެވެ. މަގުމައްޗަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންކުރާ ތަނަކަށްވީ ހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޚްތިޔާރު ސިޓީ ކައުންސިލަކަށް ލިބިގެނެއް ނުވެއެވެ. އަދި، މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށް ވާތީ, ވަކި ބަޔަކަށް ފައިދާވާގޮތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމަށް ސިޓީ ކައުންސިލުން މިކަމުގައި އަމަލުކުރުމުގެ ޖާގަ ދިނުމަށް ދުރާލާ މަސައްކަތް ކުރަމުން އަންނަތަން މިދަނީ ފެންނަމުންނެވެ.

މީގެ އިތުރުން މާލޭގެ ބަނދަރުތަކުގެ މައްސަލަވެސް އޮތީ މިހެންނެވެ. މިނިސްޓަރުކަމުގައި ހުންނަވައި އެއިރު އޮތީ އެމްޑީޕީގެ ކައުންސިލަކަށް ވުމުން ހިދުމަތްތައް ފޯރުކޮށްނުދެވޭނެގޮތަށް އެކި ތަންތަނަށް އެކި ތަންތަން ދިޔައީ ހަވާލު ކުރަމުންނެވެ. މިއަދު ސިޓީ ކައުންސިލަށް އާދެވުމުން އެއިރު އަމިއްލައަށް ހޭއްވެވި ހަޑި ބަދަލުކުރެއްވޭނެ ގޮތެއް ނެތި، އެންމެ ފަހުން އެކަމާވެސް ބޮޑާހާއްކަވަން ފެއްޓެވީއެވެ. އަދި ނުވިތާކަށް އެ ބަނދަރުތަކުން ނަގާ ފީވެސް ބޮޑުކުރައްވާނެކަމަށް ވިދާޅުވެ އެކަމާވެސް ބޮޑާހާއްކަވަން ފެއްޓެވީއެވެ.

ކުޑަކުއްޖެއްހެން, ނުވާ ކޮންމެ ކަމެއްގައި ސަރުކާރު ބަދުނާމުކޮށް ސަރުކާރުގެ އަގު ވައްޓާލަން ބޮޑެތި ތުހުމަތުތަކާއެކު ދެފައި ހާކައި ކުޑަކުއްޖެއްހެން ބޮޑާހާއްކަވަނީއެވެ. ތިމަންނަ ކުރައްވަނީ ރައްޔިތުންނަށް ފައިދާވާ ކަންކަމޭ، އެއީ ރައްޔިތުންނަށްޓަކައި ކުރާ ކަމެއް ކަމަށް ބުނެ ވަކި އެޖެންޑާއެއްގެ ދަށުން ކަންކަން ނުކުރެވުނީމަ ހަމަ ބޮޑާހާއްކަވަނީއެވެ. މިއީ ހަގީގަތެވެ. މިހާރުވެސް އެކި ނަންނަމުގައި ދޫކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ ވާހަކަ އެކި މީހުން ދައްކަނީ ރުޅިވެރިކަމާއެކުއެވެ. ޕާކިން ކުރަން ޖާގަ ކަނޑައަޅައި އެތަންތަން ދީފައިވާ ގޮތުގެ ވާހަކައެވެ.

މާލޭ ސިޓީ ކައުންސިލްމާލެ ސިޓީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު