Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ކަމެއްވީހެންވެސް ހީނުވޭ

އެމްޑީޕީ ފެންނަނީ އެކައްޗެއް ކިޔައިގެން ކުރިއަށްދާ މަންޒަރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 ފެބުރުއަރީ 2022 | ހުކުރު 14:34
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުން

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ ދެބައިވެ ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން ދިޔަ ވާހަކައިން މީގެ މަސްތަކެއް ކުރިން ގައުމު ގުގުމާލިއެވެ. ހަމަ ދެންމެ ދެންމެ ޕާޓީގެ ދެ ލީޑަރުން ނުކުމެ އިތުރު ސިޔާސީ ޕާޓީއެއް އުފައްދާނެއޭ ބުނަމުން ދިޔަ މީހުންވެސް މަދެއް ނޫނެވެ. މި ވާހަކަތަކުން އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ހޯދައިގެން ތިބީ އިދިކޮޅު ކޯލިޝަނުންނެވެ. ރައީސް ސާލިހް އާއި ރައީސް ނަޝީދުގެ ދެމެދުގައި މައްސަލަތަކެއް ޖެހި މުޅި ޕާޓި ބައިބައި ވެފައިވާކަމަށް ބުނަމުން ދިޔައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެތެރޭގައި އޮންނަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އިންތިހާބުކުރަން ނެގި ވޯޓާއި ގުޅުވައިގެންވެސް މިފަދަ ވާހަކަތައް ދެކެވުނެވެ. އެއީވެސް ރައީސް ނަޝީދަށް ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ސިޔާސީ ބޮޑު ބައްޔެއް ކަމަށް ބައެއް މީހުން ސިފަކުރިއެވެ. ރައީސް ސާލިހުގެ ނުފޫޒު، އެމްޑީޕީގެ މެމްބަރުންގެ މައްޗަށް ގަދަވެފައިވާ ކަމަށް އިދިކޮޅުން ބުނަމުން ދިޔައެވެ.

އިދިކޮޅު ފަރާތްތަކުން އަބަދުވެސް އުއްމީދު ކުރަނީ އެމްޑީޕީގެ ތެރޭގައި ފިތުނަ އުފައްދަން ކަމަށާއި، އެހެން ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށް ޕާޓީގެ އިސް މެމްބަރުން އޭރުވެސް ގެންދެވީ ވިދާޅުވާމުންނެވެ. އަދި އެމްޑީޕީއަކީ ފުރާ ފުރިހަމަވެފައިވާ ޕާޓީއެއް ކަމަށް މެމްބަރުން ބުނަމުން ގެންދިޔައެވެ.

ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލުކުރަން މަސައްކަތް ކުރުމަކީ އެމްޑީޕީގެ ފިކުރެއް ކަމަަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާތީ އެކަމާ ގުޅުވައިގެންވެސް މި އަޑުތައް ދިޔައީ ގަދަވަމުންނެވެ. އެއީ ޕާޓީ ދެބައިވުމުގެ ސަބަބު ކަމަށް އިދިކޮޅުން ބުނަމުން ދިޔައެވެ. ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅުވައިގެން ރައީސް ސާލިހް އަށް އަމާޒުވި ސުވާލުތަކަށްވެސް އެމަނިކުފާނު ޖަވާބު ދެއްވީ ވަރަށްވެސް ހިކުމަތްތެރިކަމާއެކުގައެވެ. އެމަނިކުފާނު ވިދާޅުވީ، މަޝްވަރާގެ މޭޒުން ކަންކަން ނިންމުމަށް އަބަދުވެސް އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ރައީސް ނަޝީދް އާއި ރައީސް ސާލިހް އަކީ ސިޔާސީ މައިދާނުގައި ވަރަށްވެސް ގުޅޭ ޖޯޑެކެވެ. ދެބޭފުޅުންވެސް ވިދާޅުވަނީ ޕާޓީއަށް ދެރައެއްވާނެ ކަމެއް ދެ ބޭފުޅުންވެސް ނުކުރައްވާނެ ކަމަށެވެ. އެކަން މިއަދާ ހަމައަށްވެސް ދެބޭފުޅުން ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ.

ނިމިދިޔަ ކޮމަންޑޫ ދާއިޜާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައިވެސް މުޅި ޕާޓީ ފެނިގެންދިޔައީ އެކަތިގަނޑެއްގެ ގޮތުގައެވެ. ޕާޓީ އާއި ގުޅިފައިވާ ކޯލިޝަނާއެކު ވެރިކަން ކުރެއްވުމަށް ރައީސް ސާލިހު ދައްކަވަމުން ގެންދަވާ ނަމޫނާއަކީ މީގެ ކުރީގައި ފެނިފައިވާ މަންޒަރެއް ނޫނެވެ. މިކަމަށް އެމަނިކުފާނަށް ތައުރީފު ހައްގެވެ. މީގެ ކުރިން ކޯލިޝަނާއެކު ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން މި މަންޒަރު ފެނިފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުން ފެނިގެން ދިޔަ މަންޒަރުން މި ހުރިހާ ކަމަކަށް ޖަވާބު ދީފިއެވެ. އެމް.ޑީ.ޕީ.އަކީ އެއަށްވުރެ ބޮޑަށް ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން ހާމަކޮށްދީފިއެވެ. ޕާޓީގެ ލީޑަރުން އޭރުވެސް ވިދާޅުވަމުން ގެންދެވީ ދެ ލީޑަރުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަަމަށެވެ. ސިޔާސީ ގޮތުން ޚިޔާލުތަފާތުވުންތައް އަބަދުވެސް ހުންނަ ކަމަށާއި، އެކަންކަމަކީ މަޝްވަރާގެ މޭޒުން ހައްލު ހޯއްދަވާ ކަންކަން ކަމުގައެވެ. ޕާޓީ ފެންނަނީ އެކައްޗެއް ކިޔައިގެން ކުރިއަށްދާ މަންޒަރެވެ. ގައުމީ މަޖިލީހަށް ހުށަހެޅިގެން ދިޔަ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތައްވެސް ޕާޓީން ބަލައިގަތީ ވަރަށްވެސް ޕޮޒިޓިވް ރޫހެއްގައެވެ. މިކަމުގެ ފޮނި ނަތީޖާއަށް އާންމު މެމްބަރުން ތިބީ އިންތިޒާރު ކޮށްގެންނެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު