Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާކިންގއަށް ދިމާވެފައިވާ މައްސަލަ

ބިން ވިއްކުމަކަށް މަސައްކަތެއް ނުކުރަން، މަސައްކަތްކުރަނީ ޕާކިންގއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން: މޭޔަރު މުއިއްޒު

10 ފެބުރުއަރީ 2022 | ބުރާސްފަތި 15:45

ޕާކިންގ ބިލްޑިންގ އެޅުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 10 ފެބުރުއަރީ 2022 | ބުރާސްފަތި 15:45
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެސިޓީން ބިން ވިއްކުމަށް މަސައްކަތް ނުކުރާ ކަމަށާއި، މަސައްކަތް ކުރަނީ ޕާކިންގއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް, ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު މާލެސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ, ޕާކިންގ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި، އެމައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެމައްސަލައަށް މަޝްވަރާ ކުރެވި މާލޭގެ ފަސް ސަރަހައްދެއްގައި ޕާކިންގއަށް ޚާއްސަކޮށް މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެ ނިންމުން ނިންމާފައިވަނީ ކައުންސިލްގެ ބައްދަލުވުމުގައި އިއްތިފާގުން ފާސްވެގެންކަމަށެވެ.

Advertisement - newsAdvertisement

ޕާކިންގ ބިލްޑިންގ އެޅުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއްކަން ފާހަގަކުރައްވައި މޭޔަރު ވިދަޅުވީ އެމަސައްކަތް ކުރުމަށް ދެއަަހަރު ވަރު ނަގާނެ ކަމަށެވެ. އެމަސައްކަތް ކުރުމަށް ފަންޑު ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށާއި، އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން, ޕާކިންގ މައްސަލައަކީ ބޮޑު މައްސަލައަކަށްވާތީ ވަގުތީ ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން މިހާރު ހުރި ހުސް ބިންތައް ޕާކިންގ ޒޯންތަކަށް ބަދަލުކޮށް، އާއްމުންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބައެއް ސްލޮޓްތަކަކީ ވަކި އުސޫލެއްގެ ތެރެއިން އާއްމުންނަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ސްލޮޓްތަކެއް ކަމަށެވެ.

މާލެސިޓީން ބިން ވިއްކުމަށް މަސައްކަތް ނުކުރާ ކަމަށް މޭޔަރު ވިދާޅުވެފައިވާއިރު، މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކްކުރުމަށް 1000 ސްލޮޓް ވިއްކަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އެމައްސަލަ ބޮޑުވެ، އެ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީން ވަނީ އަންގާފައެވެ. އަދި ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް ޕާކިން ސްލޮޓުތައް ނުވިއްކޭނެ ކަމަށް ބުނެ ބަޔާނެއް ނެރިފައެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލަށް ކުރާނެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މުއިއްޒު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި, ޕާކިންގއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މާލޭގެ އިތުރުން ހުޅުމާލޭގައި މެކޭނިކަލް ޕާކިން ނުވަތަ އޮޓޮމޭޓެޑް ޕާކިން ސިސްޓަމްތަކެއް ހަރުކުރިއެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން 21 މާޗް 2016ގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު އެބަސްވުމެއްގައި ސޮއިކޮށް މަސައްކަތް ހަވާލުކުރިއެވެ. މިމަޝްރޫއުގެ ދަށުން މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓަން ނިންމާފައިވެއެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިންގ ސިސްޓަމްއެވެ. ބާކީ ސިސްޓަމްތަކަށް ވީގޮތެއް ނޭނގެއެވެ. އަދި ބެހެއްޓި އެއްވެސް ސިސްޓަމެއް ބޭނުންނުކުރެވި ދަބަރަށްވެ ވަނީ ހަލާކުވެފައެވެ. ނަމަވެސް މި ސިސްޓަމްތައް ހަރުކުރުމަށް އޭރުގެ ސަރުކާރުން ޖުމުލަ 58 މިލިއަން ރުފިޔާ ހޭދަކޮށްފައިވާތީ މިހާރު ހުޅުމާލޭގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިސަރުކާރުން ދަނީ ކުރަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒުމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް