Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޓީ ކައުންސިލުން ޕާކިންގ ސްލޮޓް ވިއްކަން އުޅުން

ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަނެތި ސިޓީ ކައުންސިލަށް ޕާކިންގ ސްލޮޓް ނުވިއްކޭނެ

މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޙްތިޔާރު ސިޓީ ކައުންސިލަކަށް ލިބިގެނެއް ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2022 | ބުދަ 23:42
އާއިޝަތު ނަހުލާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

އާއިޝަތު ނަހުލާ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާއި ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މާލެ ސިޓީ ކައުންސިލުން، ވެހިކަލް ޕާކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމާ 1000 ޕާކިން ސްލޮޓްގެ އަމަލީ މަސައްކަތް ކުރިއަށް ގެންދާކަން އެމިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވަނީ ބުނެފައެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނު (ނަމްބަރު 5/2009) ގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކު ކުރެވޭނެ ސަރަޙައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަޙައްދުތައް ކަނޑައެޅިދާނެކަަމަށާއި ނަމަވެސް މަސްތަކާއި އަހަރުތަކަށް ދެމިގެންދާހެން ދިގު މުއްދަތަށް ޕާކިން ސްލޮޓް ކުއްޔަށް ދިނުމަކީ ޤާނޫނާއި ގަވާއިދު ހުއްދަކުރާކަމެއް ނޫންކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ފަދައިން ހިލޭ ޕާކިން ސަރަޙައްދުތަކާއި އަދި ފީ ނަގައިގެން ޕާކިން ސަރަޙައްދުތައް ކަނޑައެޅުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައިި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލަކާއި، ޕާކިން ސްލޮޓްތައް ޤާއިމްކުރާ ތަންތަނުގެ ލޭންޑެ ޔޫޒް ޕްލޭނެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށަހަޅާ ފާސްކުރުމަށްފަހު އެކަން ގަވާއިދުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރުމުގެ ޖާގަ އެބައޮތް ކަމަށްވެެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ނަމަވެސް މިނިސްޓްރީން ބުނީ މާލެ ސިޓީ ކައުންސިލުން މިނިސްޓްރީއަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން އަދި ޕާކިން ސްލޮޓްތައް ދޫކުރާނެ އުސޫލު ހުށަހަޅާފައެއް ނުވާކަމަށެވެ. އަދި އެފަދަ ހުއްދަޔަކަށް މިހާތަނަށް އައި އިރު އެދިފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ފަރާތުން ބޭނުންވާ ހުއްދަޔާ ނުލާ މާލެ ސިޓީ ކައުންސިލުން އަމިއްލަ ފަރާތްތަކަށް އަމާޒުކޮށްގެން ދިގު މުއްދަތަށް މާލެއިން ވިއްކުމަށް ނިންމާފައިވާ ޕާކިން ސްލޮޓްތައް ނުވިއްކޭނެކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެއިތުރުން މަގުމައްޗަކީ ހުރިހާ ރައްޔިތުން ވެސް ބޭނުންކުރާ ތަނަކަށްވީ ހިނދު މަގުން ބައެއް ވަކި މީހަކަށް ވިއްކުމުގެ އިޙްތިޔާރު ސިޓީ ކައުންސިލަކަށް ލިބިގެނެއް ނުވާކަމަށާއި އަދި، މިއީ ހުރިހާ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާކަމަކަށް ވާތީ ވަކި ބަޔަކަށް ފައިދާވާގޮތައް ރައްޔިތުންގެ މެދުގައި ތަފާތުކުރުމަށް ސިޓީ ކައުންސިލުން މިކަމުގުގައި ޢަމަލުކުރުމުގެ ޖާގަ ސަރުކާރުން ނުދޭނެކަން ވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އަދި ޤާނޫނާއި ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލުން މިކަމުގެ ހުއްދަ ނެގުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާއިގެން ކުރިޔަށް ގެނދިޔުމަށް ސަރުކާރުން އެދޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރަން 1،000 ޕާކިން ސްލޮޓް ވިއްކަން މާލޭ ސިޓީ ކައުންސިލުން ނިންމުމާއެކު ގިނަ ބައެއްގެ ފާޑުކިއުން ވަނީ ކައުންސިލަށް އަމާޒުވެފައެވެ. އަދި މިކަމުގެ ސަބަބުން މުސްތަގުބަލަށް ކުރާނެ ނޭދެވޭ އަސަރު ގިނަ ފަރާތްތަކަކުން ފާހަގަކުރެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު