Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަންނާނުންނަށް އޮތް ތަރުހީބު ކުޑަވުން

ފަންނާނުންނަށް ކުރީގައި އޮތް ތަރުހީބު މިހާރު ނެތީ ކީއްވެ؟

ފަންނާނުންނަށް ކުރީގައި އޮތް ތަރުހީބު މިހާރު ނެތް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ފެބުރުއަރީ 2022 | ބުދަ 03:07
ފިލްމް އެވޯޑްސް ނައިޓުގެ ތެރެއިން

ފިލްމް އެވޯޑްސް ނައިޓުގެ ތެރެއިން

ފަންނާނުންނޭ ބުނުމުން އެންމެ ފުރަތަމަވެސް ދިވެހީންގެ ސިކުނޑިއަށް އަންނާނި ފިލްމުކުޅޭ އެކްޓަރުންނެވެ. ނުވަތަ ކޮންމެސް ނެށުންތެރިއެކެވެ. ހިތުގެ ހިމަ ނާރުތަކާއި ކުޅެލާފަދަ ލަވަތައްކިޔާ ލަވަކިޔުންތެރިންނެވެ. ތެދެކެވެ. އެއީވެސް ފަންނާނުންނެވެ. ޚާއްސަ ހުނަރެއް ލިބި، އެހުނަރުތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ މީހުންނަކީ ފަންނާނުންނެވެ.

ތަންކޮޅެއް ކުރީގެ ހަނދާނެއް އައުކޮށްލާނަމެވެ. ފިލްމެއްގެ ވާހަކަ ދައްކަމުންންގޮސް "ޒޫނާ" އޭ ބުނުމުން އެންމެންގެ ހިތަށްވެސް އަންނާނީ އެންމެ ނަމެކެވެ. ރީކޯ މޫސާ މަނިކެވެ. ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާތީއެވެ. ގިނަ ބަޔަކު އެފިލްމަކަށް މަރުދިން ފަތިސް ހަނދުވަރު ދިވެހީންގެ ތެރޭގައި މަޝްހޫރުވި ވަރުންނެވެ. ދިވެހީންނަށް އެއުފެއްދުންތައް ކަމުދިޔައީމައެވެ. ފިލްމުތަކާއި ލަވަތަކާއި އެއްގޮތަށް މި އުފެއްދުންތައް ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ފަންނާނުންނަށްވެސް އޭރު ގިނަ ބައެއްގެ ހިތުގައި އުފެދިފައި އޮތީ އަމަށަކު ލޯތްބެއް ނޫނެވެ.

ރާފިއަތު ރަމީޒާ އާއި ނައިފަރު ދޮހޮއްކޮބެފަދަ ފަންނާނުންގެ ލަވަތަކަކީ ދިވެހީންގެ ހިތުގައި ބިންވަޅު ނެގިފައިވާ ލަވަތަކެވެ. ސީޒަންއާއި ޔޫއްޕެ ބަލާލަން އޭރުގެ ގިނަ އަންހެން ކުދީންތަކެއް މަރުދިނެވެ. ޝިރާނީއާއި ޖަމްޝިދާ ނޭންގޭނެ މީހަކު އޭރު ނުހުންނާނެއެވެ. ކުޅިވަރުގެ ދާއިރާއަށް ބަލާލާނަމަ ކުޑަ މޫސައާއި އަޝްފާގު ކުޅޭ މެޗުތައް ބަލާލުމަށް އޭރު ސްޓޭޑިއަމް ފުރާލައެވެ. ހަރުބީގެ މަންޑޭ ކިޔާ ލަވަތައް އަޑުއަހާލަން ކަމާއިކަން ފަށާފައި ޝޯވތަކަށް ދިޔަ އެތައްބަޔަކު މިއަދުވެސް އެބައުޅެއެވެ. މިފަދަ ފަންނާނުންނާއެކު ފޮޓޯ ނަގާލައި، އޮޓޯގްރާފެއް ހޯދުމަށް އޭރުގެ ދިވެހީން މަރުދިނެވެ.

އޭރުގެ ފަންނާނުންނަށް އެހާ ބޮޑު މަގުބޫލުކަމެއް ލިބުނީ ކީއްވެގެންތޯއެވެ؟ އެއީ އެފަންނާނުންނަށް ދިވެހީންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ދާއިރާގައި ހިފެހެއްޓި އަޚްލާގުގެ ސަބަބުންނެވެ. ކަމަށް ކަމޭހިތައިގެން އެކަމާއި އުޅުނީމައެވެ.

ނަމަވެސް މިއަދު އެ މަންޒަރު މިވަނީ ބަދަލުވެފައެވެ. ޒަމާނާއެކު ޓެކްނޮލޮޖީގެ އެހީގައި، މިދާއިރާތަކުގައި ބޭނުންކުރާ އާލާތްތަކަށްވެސް މިވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެވެ. އުފެއްދުންތަކުގެ ކޮލިޓީވެސް ހާސްގުނަ ރަނގަޅެވެ. އެކަމަކު ކުރީގެ ފަންނާނުންނަށް އޮތް ތަރުހީބާއި ލޯތްބެއް މިއަދުގެ ފަންނާނުންނަކަށް ނެތޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އަދުގެ މުޖްތަމައަށް ނަޒަރު ހިންގާލާނަމަ ފެނިގެންދަނީ މިއާއި މުޅިން އިދިކޮޅު މަންޒަރެކެވެ. ފަންނާނުންނަށް ފާޑުކިއާ މަލާމާތްކުރާ މަންޒަރެވެ. ނޫންނަމަ ފިލްމެއްގެ ޑައިލޮގެއް ނަގައިގެން ކޮންމެވެސް މަޖާ "މީމްއެއް" ހެދުމެވެ. މެޗުތައް ކުޅެމުންދާއިރު ސްޓޭޑިއަމް އޮންނަނީ ފަޅަށެވެ.

މިކަން މިގޮތަށް ބަދަލުވެގެން މިދިޔައީ ކީއްވެތޯއެވެ؟ ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އަދުގެ ފަންނާނުން އެކަމަށް ކަމޭހިތަންވީ ވަރަށް ނުހިތަނީއެވެ. އޭރުގެ ފަންނާނުން ގެންގުޅުނު އަޚްލާގު މިއަދު އޮތްކަމާމެދު ސުވާލު އުފައްދާ މީހުންވެސް ވަކި މަދެއް ނޫނެވެ.

އަނެއްކޮޅުން ބަލާނަމަ ޓިކްޓޮކްގެ ސަބަބުންވެސް މިކަމަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށް ބެލެވެއެވެ. ޓިކްޓޮކްގައި ނަށާލައިގެން ފިލްމުތަކުން ޖާގަހޯދި ފަންނާނުންވެސް އެބައުޅެއެވެ. އެކަމަކު މިހާރު ޓިކްޓޮކްވެސް ވެފައިވަނީ ތަފާތު މަޖާ ވީޑިއޯ ކުޅޭ ޕްލެޓްފޯމަކަށެވެ. ބޮޑު ސަކަރާތް ގަނޑަކަށެވެ. ރަނގަޅު ގޮތުގައި ބޭނުން ހިފައިނަމަ ގިނަ ފުރުސަތުތަކެއްލިބި މަޝްހޫރުވެވޭނެ ޓިކްޓޮކް މިއަދު ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަނީ ފާޑުފާޑުގެ ޖޫސްތައް ގިރައިގެން އެބޯން ދައުވަތު ދިނުމަށެވެ. ބޮމްބޭޓީގެ މީރުކަން ކިޔައިދިނުމަށެވެ.

ފަންނާނުންނަށް އޮތް ތަރުހީބު ކުޑަވުމަށް ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ ސީދާ ކޮން ސަބަބުތަކެއްކަމާމެދު ގިނަ ބައެއްގެ ހިތުގައި ޝައްކު އުފެދުނަސް އެންމެނަށްވެސް ޔަގީންވާ އެއްކަމެއް އެބައޮތެވެ. ފަންނާނުންނަށް ކުރީގައި އޮތް ތަރުހީބު މިހާރު ނެތްކަމެވެ.

މިޔުޒިޝަންސް ޔުނިއަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

18 އޯގަސްޓު 2021

ރަންޔޫބީލްގެ ތީމް ލަވައިގެ ޕްރޮޑަކްޝަނަށް 50،000 ރުފިޔާ

18 އޯގަސްޓު 2021
ރަންޔޫބީލްގެ ތީމް ލަވައިގެ ޕްރޮޑަކްޝަނަށް 50،000 ރުފިޔާ
05 ޖޫން 2017

ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!

05 ޖޫން 2017
 ހުސްގަޔާ ރުކަށް އަރާއޮތް ރާވެރިބެ ކޯޓް ފަޓްލޫނުގައި ކައުންސިލަށް!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު