Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން

ކޮންމެ ކަމަކުންވެސް ބަލަނީ ނާޖާއިޒު ފައިދާ ނެގޭނެ ގޮތެއް!

ޑްރައިވިންގ ސްކޫލުތަކުގެ މުއައްޒަފުންނާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ، އުޅަނދު ދުއްވިކަމުގެ ފޭކު ރިކޯޑާއި ޓްރެއިނިންގ ލޮގު ހަދަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2022 | ބުދަ 13:24
ކޮންމެ ކަމެއްގެވެސް ނާޖާއިޒު ފައިދާ ނަގާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން

ކޮންމެ ކަމެއްގެވެސް ނާޖާއިޒު ފައިދާ ނަގާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން

ދުނިޔެއަކީ ބަދަލުވާ އެއްޗެކެވެ. މި ބަދަލުތަކާ އެއްވަރަށް އިންސާނާގެ އުޅުންވެސް ބަދަލުކުރާން ޖެހެއެވެ. އެގޮތުގެ މަތީން، ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައްވެސް މިހާރު ވަނީ ބަދަލުކުރާން ފަށާފައެވެ. ނުވަތަ އިތުރަށް ހަރުދަނާ ކޮށްފައެވެ. މި ބަދަލުތަކާއެކު, އުންމީދަކަށް ވެގެންދާނީ އިންސާނާގެ އުޅުމަށްވެސް މި ހެޔޮ ބަދަލުތައް އައުމެވެ. އޭގެ ހެޔޮ އަސަރު ކުރުމުވެ.

ދާދިފަހުން ޓްރާންސްޕޯޓް މިނިސްޓްރީން ހެދި ގަވައިދެކެވެ. އެ ގަވައިދާއެކު އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދެން ލިބޭނީ ވަކި މުއްދަތަކަށް ޑްރައިވިންގ ސްކޫލެއްގައި ތަމްރީނު ފުރިހަމަކުރުމަށްފަހުއެވެ. އެކި ގިންތިކަކުގެ ލައިސަންސް ނެގުމަށް އެކި މުއްދަތު ކަނޑައަޅާފައިވާ މި ގަވާއިދުގައި ބުނެފައިވަނީ, މިމުއްދަތަށް, ދުއްވަން ދަސްކުރާ ފަރާތުން އުޅަނދު ދުއްވިކަމުގެ ރިކޯޑާއި ޓްރެއިނިންގ ލޮގު ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ބަލަހައްޓަންވާނެއެވެ. އަދި ރިކޯޑާއި ޓްރެއިނިންގ ލޮގުގައި، ޑްރައިވިންގ ސްކޫލުން ނުވަތަ ޑްރައިވިންގ އިންސްޓްރަކްޓަރ ސޮއިކޮށްފައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސަށް އެދި ހުށަހަޅާއިރު، އެ ލޮގު ހުށަހަޅަންވާނެކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓުގެ މި ގަވައިދާއެކު އުންމީދު ކުރެވިގެންދިޔައީ މީގެ ފަހުން ލައިސަންސް ނަގައިގެން އެއްގަމު އުޅަނދުތައް ދުއްވާ ފަރާތްތަކަކީ މަގަށް ފަރިތަ ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ގަވައިދުތަކާ އެއްގޮތަށް ދުއްވާނެ ބަޔަކަށެވެ. މީގެ ސަބަބުން މިހާރު ރާއްޖޭގައި އާންމުވެފައިވާ އެކްސިޑެންޓުތަކުގެ މައްސަލަވެސް ވަރަށް ބޮޑަށް ހައްލު ވެގެންދާނެކަމަށް ބެލެވުނެވެ. ނަމަވެސް މިކަމުންވެސް ބަޔަކު މިހާރު މިވަނީ ނާޖާއިޒު ފައިދާ ނަގަންފަށާފައެވެ.

ޑްރައިވިންގ ސްކޫލުތަކުގެ މުއައްޒަފުންނާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އުޅަނދު ދުއްވިކަމުގެ ފޭކު ރިކޯޑާއި ޓްރެއިނިންގ ލޮގު ހަދަމުންނެވެ. މަދު ރުފިޔާކޮޅެއް މި މުއައްޒަފުންނަށް ދިނުމުން މިކަމަށްޓަކާ ހޭދަވާ ރުފިޔާއާ ވަގުތުވެސް ސަލާމަތްވީއެވެ. ނަމަވެސް ހަމަ މިއާއެކު މަދު ފައިސާކޮޅަކަށްޓަކައި މުއައްޒަފުން ވިކުމުގެ ސަބަބުން ގަވައިދުގެ ހަގީގީ މަގުސަދު ހާސިލުނުވީއެވެ.

މިފަަދަ އެހެން ކަމަކަށް ނަޒަރު ހިންގާލަމާތޯއެވެ. މިއަދު މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ ކޮވިޑް-19ގެ ބަލިމަޑުކަމެވެ. އޮމިކްރޯން ވޭރިއެންޓާއެކު މި ބަލިމަޑުކަން ފެތުރޭ މިންވަރު އަނެއްކާވެސް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. މި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަށްވެސް ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ވެކްސިން ޖެހުމާއި، ރަށްރަށަށް ދަތުރުކުރާއިރު ސާމްޕަލް ނެގުމުގެ އިތުރުން, ގިނަ މީހުން އެއްވެ ނޫޅުމަށް އެންގުންފަދަ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅާފައެވެ.

ނަމަވެސް ކުރާނީ ކީއްހެއްޔެވެ. ފޮތެއް އޮތަކަސް އެދުރެއް ނުވާނޭ ބުނާ ބީދައިން، ކިތަންމެ ރަނގަޅު ގާނޫނުތަކާއި ގަވައިދުތަކެއް ހެދި ނަމަވެސް އެއަށް އަމަލު ނުކުރާނަމަ އޭގެ ބޭނުމެއް ނުހިފޭނެއެވެ. ކޮވިޑުގެ ހާލަތުގައިވެސް ކަންތައްވަމުން އަންނަނީ ހަމަ މިހެންނެވެ. ފޭކު ވެކްސިން ކާޑު ހެދުން މިހާރު ވަނީ އާންމު ކަމަކަށްވެފައެވެ. ސާމްޕަލްތަކުގެ ހާލަކީވެސް ހަމަ މިއީއެވެ. ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުއައްޒަފުންގެ ހާލަތު މިހާ ހިސާބުގައި ހުރިއިރު, ބަލި ޖެހިފައިވާ މީހުން މަގުތަކަށް ނިކުމެ އުޅެނީ ބިރެއްވެސް ނެތިއެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހެއްގެ އަމިއްލަ ފައިދާއަށެވެ. ޖީބަށް ބަރުކުރެވޭނެ ގޮތަކަށެވެ.

ވަކިވަކި ފަރުދުންގެ ޒާތީ މަންފާއަށްޓަކައި މިފަދަ މުޑުދާރު އަމަލުތައް ހިންގަމުން އައުމަކީ ގައުމު ހިންގުމާ ހަވާލުވެތިބި ވެރީންނަށް މިއަދު ކުރިމަތިވެފައިވާ ވަރަށްވެސް ބޮޑު ދައްޗެއްކަން ކަށަވަރެވެ. މިކަންތައް ހުއްޓުވޭނީ ހުރިހާ އެންމެންވެސް އަތުގުޅާލައިގެން އިޚްލާސްތެރިކަމާއެކު އެއް މިސްރާބަކަށް ދަތުރު ކޮށްގެންނެވެ. އަމިއްލަ ފައިދާގެ ކުރިއަށް ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ. އެހެން ނޫންނަމަ ކިތަންމެ ހަރުދަނާ ގާނޫނުތަކާއި ގަވައިދުތައް ހެދިކަމުގައިވިޔަސް މިފަދަ ކުށްތައް މަދު ކުރުމަކީ ނާދިރުކަމެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީކޮވިޑް-19އެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު