Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ އެތެރޭގެ މަޝްރަހު

އަފްޣާނިސްތާނުގެ ހުޅަނގު ސިޓީއެއްގައި ބޮމެއް ގޮއްވާލާ 7 މީހުން މަރާލައިފި

22 ޖެނުއަރީ 2022 | ހޮނިހިރު 23:53

މަރުވި މީހުންގެ ތެރޭގައި 4 އަންހެނުން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖެނުއަރީ 2022 | ހޮނިހިރު 23:53
އަފްޣާނިސްތާނުގެ ހޭރަތު ސިޓީގައި ތާލިބާނުން ސަލާމަތީ ކަންކަން ބަލަހައްޓަނީ

އަފްޣާނިސްތާނުގެ ހޭރަތު ސިޓީގައި ތާލިބާނުން ސަލާމަތީ ކަންކަން ބަލަހައްޓަނީ

އަފްޣާނިސްތާނުގެ ހުޅަނގުގެ ސިޓީއެއް ކަމުގައިވާ ހޭރަތުގައި މިނީ ބަހެއްގައި ބޮމެއް ގޮއްވާލަ 7 މީހުން މަރާލައިފިއެވެ.

ހޭރަތު ޕްރޮވިންޝަން ހޮސްޕިޓަލްގެ ހެޑް އާރިފް ޖަލާލީ އޭއެފްޕީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މަރުވި މީހުންގެ ތެރޭގައި 4 އަންހެނުން ހިމެނޭކަމަށެވެ. ހޭރަތުގެ ތާލިބާން ކޮމާންޑަރ މަވްލާވީ އަންސާރީ ވިދާޅުވީ ބޮމުގެ ހަމަލާގައި 9 މީހުން ޒަޚަމްވެފައިވާކަމަށެވެ.

Advertisement - worldAdvertisement

ހޭރަތުގެ އިންޓެލިޖެންސް އޮފީހުގެ ސްޕޯކްސްމަން ސާބިތު ހަރްވީ ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ ބޮން ހަރުކޮށްފައިވަނީ ބަހުގެ ފިޔުލް ޓޭންކުގައި ކަމަށެވެ. ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ނަގާފައެއްނުވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވި ފަހުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ތާލިބާނުން އަންނަނީ ކުރިޔަށްވުރެ ބޮޑަށް ބަލަހައްޓަމުންނެވެ. ނަމަވެސް އަފްޣާނިސްތާނުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ ހަފްތާއަކުވެސް މިފަދަ ހަމަލާތައް ދެމުންގެންދެއެވެ.

އެގޮތުން ޚުރާސަން ޕްރޮވިންސްގައި އުޅޭ އިސްލާމިކް ސްޓޭޓުން ދޭތެރެ ދޭތެރެއިން ގެންދަނީ ހަމަލާތައް ދެމުންނެވެ. ވަކިން ޚާއްސަކޮށް އަފްޣާނިސްތާނުގައި އުޅޭ މީސްކޮޅު މަދު ޝީޢީ ހަޒާރާއިންނަށް އަމާޒުކޮށްގެން ހަމަލާތައްދެމުން އަންނައިރު ހޮނިހިރު ދުވަހު ދިން ހަމަލާއަކީވެސް ޝީޢީން އުޅޭ ސަރަހައްދާ ކައިރި ހިސާބެއްގައި ދިން ހަމަލާއެކެވެ.

ހޭރަތަކީ އަފްޣާނިސްތާނުގައި ތިން ވަނައަށް އެންމެ ބޮޑު ސިޓީއެވެ. އަދި އިރާނުގެ ބޯޑަރު ސަރަހައްދާ ކައިރީގައި އޮންނަ ސިޓީއެކެވެ. ފާއިތުވި މަސްތަކުގައި އެސިޓީ ފެނިފައިވަނީ އަމާންތަނެއްގެ ގޮތުގައެވެ.

އަފްޣާނިސްތާނުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލައިގެ އިތުރުން އެގައުމު މިވަގުތު ވަނީ އިގްތިޞާދީ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ.

އދ. އިން އަންދާޒާކުރާ ގޮތުގައި އަފްޣާނިސްތާނުގެ އާބާދީގެ 23 މިލިއަން މީހުން އަންނަނީ އިންތިހާ ދަރަޖައިގެ ބަނޑުހައި ހޫނުކަން ތަހައްމަލުކުރަމުންނެވެ. އެއީ އާބާދީގެ 55 އިންސައްތަ މީހުންނެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

ރައީސް އޮފީސް، މަޖިލިސް އަދި ސުޕްރީމް ކޯޓުގައި ހުޅުޖަހާ ވާހަކަ ދެއްކި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރު ކޮށްފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް