Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތާލިބާނުން ހުޅަނގަށް ކުރާ ފުރަތަމަ ރަސްމީ ދަތުރު

އިންސާނީ ހައްޤުތަކާއި ބެހޭގޮތުން ތާލިބާނުން ހުޅަނގާއެކު ވާހަކަތައް ބާއްވަނީ

22 ޖެނުއަރީ 2022 | ހޮނިހިރު 00:42

މިވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޯވޭގެ ވެރިރަށް އޮސްލޯގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 22 ޖެނުއަރީ 2022 | ހޮނިހިރު 00:42
މީގެކުރިން ރަޝިޔާގައި ކުރިޔަށް ދިޔަ މަޝްވަރާ ބައްދަލުވުމަށް ތާލިބާން ފަރާތުން ދިޔަ ވަފުދު

މީގެކުރިން ރަޝިޔާގައި ކުރިޔަށް ދިޔަ މަޝްވަރާ ބައްދަލުވުމަށް ތާލިބާން ފަރާތުން ދިޔަ ވަފުދު

އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމަށްފަހު ފުރަތަމަ ފަހަރަށް ޔޫރަޕަށް ކުރާ ދަތުރުގައި އިންސާނީ ހައްގުތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކާއެކު ވާހަކަތައް ބާއްވާނެކަމަށް ތާލިބާނުން ބުނެފިއެވެ.

އަންނަ ހަފްތާގައި މިވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޯވޭގެ ވެރިރަށް އޮސްލޯގައެވެ. ވާހަކަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަން ތާލިބާން ސަރުކާރުގެ އިތުރުން ނޯވޭ ސަރުކާރުންވެސް ވަނީ ބުނެފައެވެ. އެކަމާއި ގުޅިގެން ނޯވޭގެ ފޮރިން މިނިސްޓްރީން ބުނީ އެގައުމުން ތާލިބާން ސަރުކާރުގެ އޮފިޝަލުން ޖެނުއަރީ މަހުގެ 23ން 25ށް އެގައުމަށް އައުމަށް ދައުވަތު ދީފައިވާކަމަށެވެ.

ނޯވޭގެ ނޫހެއްކަމުގައިވާ ވީޖީގައި ބުނެފައިވަނީ މިބައްދަލުވުމުގައި އެމެރިކާ، ޖަރމަނީ، އިނގިރޭސިވިލާތް، ފްރާންސް، އިޓަލީ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ން ޚާއްސަ މަންދޫބުން ބައިވެރިވާނެއެވެ. ނަމަވެސް މިޚަބަރާއި ގުޅޭގޮތުން ނޯވޭގެ ފޮރިން މިނިސްޓްރީން ބަހެއް ބުނެފައިނުވާކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ތާލިބާނުންނާއެކު ކުރިޔަށްގެންދާ މިބައްދަލުވުމާއި ގުޅޭ ގޮތުން ނޯވޭގެ ފޮރިން މިނިސްޓަރ ވިދާޅުވީ މިއީ ތާލިބާން ސަރުކާރު ގަބޫލުކުރުމާއި ގަބޫލުނުކުރުމާއި ގުޅޭ ބައްދަލުވުމެއް ނޫންކަމަށެވެ. ނަމަވެސް މިއަދު އަފްޣާން ސަރުކާރު ހިންގަން ތިބި ބަޔަކާއި ވާހަކަދައްކަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި އަފްޣާނިސްތާނުގެ މިހާރުގެ ހާލަތާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ. އެގައުމުގެ އިގްތިޞާދީ އަދި ސިޔާސީ ކަންތައްތަކުގެ ސަބަބުން އެތައް މިލިއަން ބަޔެއް ބަނޑުހައި ހޫނުކަން ތަހައްމަލުކުރަން ޖެހިފައިވާއިރު އިންސާނީ މުސީބާތަކާ ކުރިމަތިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ތާލިބާންގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ އަފްޣާނިސްތާނުގެ ފޮރިން މިނިސްޓަރ އާމިރް ޚާން މުއްތަޤީއެވެ. މިދަތުރުވެގެންދާނީ ތާލިބާނުން ޔޫރަޕަށް ކުރާ ފުރަތަމަ ދަތުރުކަމުގައިވިޔަސް މީގެކުރިން ތާލިބާނުން ވަނީ ރަޝިޔާ، އިރާން، ގަތަރު، ޕާކިސްތާން، ޗައިނާ އަދި ތުރުކުމެނިސްތާނަށް ދަތުރުކޮށްފައެވެ.

އަފްޣާން ސަރުކާރުގެ ޑެޕިިޔުޓީ ކަލްޗަރ އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރ ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެމެރިކާގެ ވަފުދާއި ޔޫރަޕުން ދެން ބައިވެރިވާ އެހެން މަންދޫބުންނާއެކު ބާއްވާނީ ވަކި ބައްދަލުވުމެއް ކަމަށެވެ. މިވާހަކަތަކުގައި އެންމެ އިސް ކަމެއްގެ ގޮތުގައި ފާހަގަކުރާނެކަމަށް ބެލެވެނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާއި ގުޅޭގޮތުންނެވެ. އަދި އަފްޣާނިސްތާނުގައި ދިރިއުޅޭ މީސްކޮޅު މަދު ނަސްލުތަކުގެ މީހުންގެ ހައްގުތަކާއި މީސްކޮޅު މަދު ދީންތަކަށް އުޅޭ މީހުންގެ ހައްގުތަކާއި ގުޅޭގޮތުންނެވެ.

ތާލިބާނުން އަފްޣާން ސަރުކާރާ ހަވާލުވިފަހުން ހުޅަނގުވެސް ހިމެނޭގޮތުން މުޅި ދުނިޔޭގެވެސް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މިފަރާތްތަކުގެ އިންސާނީ ހައްގުތަކުގެ ވާހަކައެވެ.

ޒަބީހުﷲ މުޖާހިދު ދަ އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ދާދިފަހުން ވިދާޅުވީ މިއަހަރުގެ މަރޗް މަހުގެ ފަހުކޮޅު އަންހެން ކުދިންނަށާއި އަންހެނުންނަށް އަފްޣާންގެ ސްކޫލްތައް ހުޅުވާލާނެކަމަށެވެ.

ގްރޭޑް 7ން މައްޗަށް އަންހެން ކުދިންނަށް ކިޔަވައިދެމުން އަންނަނީ އަފްޣާނިސްތާނުގެ 10 ޕްރޮވިންސެއްގައެވެ. ވެރިރަށް ކާބުލްގައި އަމިއްލަ ޔުނިވަރސިޓީތަކާއި ހައި ސްކޫލްތަކުގައި ކިޔެވުން މެދުނުކެނޑި ކުރިޔަށްދެއެވެ.

ނޯވޭގެ ވަފުދެއް ވަނީ މިދިޔަ ހަފްތާގައި އަފްޣާނިސްތާނަށް ގޮސްފައެވެ. އަދި އެގައުމުގެ ހާލަތު ބަލާފައެވެ.

ތާލިބާންއަފްޣާނިސްތާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް