Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒައިދު ސަސްޓެނައިބިލިޓީ އެވޯރޑް

ހިރާ ސްކޫލަށް، ޔޫއޭއީގެ ސަރުކާރުން ދޭ ޚާއްސަ އެވޯރޑް ލިބިފައިވަނީ ރެކޯޑު އަދަދެއްގެ ހުށަހެޅުންތަކެއްގެ ތެރެއިން

އެވޯރޑް ދިނުމަށް ބޭއްވި ހަފުލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖެނުއަރީ 2022 | އަންގާރަ 14:14
ހިތަދޫ ހިރާ ސްކޫލަށް ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯރޑް" ލިބުން

ހިތަދޫ ހިރާ ސްކޫލަށް ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯރޑް" ލިބުން

ހިތަދޫ ހިރާ ސްކޫލަށް ޔޫއޭއީގެ ސަރުކާރުން ދޭ "ޒައިދު ސަސްޓެނައިބިލިޓީ އެވޯރޑް" ލިބިއްޖެއެވެ.

ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް ދިނުމަށް ބޭއްވި ހަފުލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ. އެވޯރޑް ލިބުމާ ގުޅިގެން ހިރާ ސުކޫލުގެ ދަރިވަރުންނަށް އެމަނިކުފާނު ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

މި އެވޯރޑަކީ، ދެމެހެއްޓެނިވި ހައްލު ހޯދާ ފަރާތްތަކަށް ދުބާއީ ސަރުކާރުން ދޭ ޚާއްސަ އެވޯރޑެކެވެ. އެގޮތުން މި އަހަރުވެސް މި އެވޯރޑަށް ކުރިމަތިލުމަށް ރެކޯޑު އަދަދަކަށް ވަނީ ހުށައެޅުންތައް ލިބިފައެވެ. އެގޮތުން 4000 ޕްރޮޖެކްޓު އެކި ތަންތަނުން ހުށައަޅާފައިވާއިރު، އޭގެ ތެރެއިން ފައިނަލަށް ގޮސްފައިވަނީ 30 ޕްރޮޖެކްޓެކެވެ. އޭގެ ތެރެއިންވެސް އިނާމު ލިބިފައިވަނީ 10 ޕްރޮޖެކްޓަކަށެވެ. އެގޮތުން ހިރާ ސުކޫލަށް ލިބިފައިވަނީ، ގްލޯބަލް ހައިސްކޫލް ކެޓެގަރީން ސައުތު އޭޝިއާ ރީޖަންގެ އެއްވަނައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ހިރާ ސުކޫލުގެ ޕްރިންސިޕަލް މަރިޔަމް ސިތާރާ ވިދާޅުވީ، އެ ސުކޫލުން ހުށައަޅާފައިވަނީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުން ކުރުމާގުޅޭ ޕްރޮޖެކްޓެއް ކަމަށެވެ. އެގޮތުން ވާރޭފެން ޖަމާކޮށް، ސާފުކުރުމަށްފަހު، ބޭކާރު ނުވާގޮތަށް އެކި ބޭނުންތަކަށް ބޭނުން ކުރެވޭނެ ގޮތްތައް މި ޕްރޮޖެކްޓުގެ ދަށުން ވަނީ ނިޒާމީ ގޮތެއްގައި ދައްކުވައިދީފައެވެ. އެގޮތުން ފެން އަލުން ސާފުކޮށްގެން އެހެނިހެން ބޭނުންތަކަށް ބޭނުން ކުރެވޭނެ މޮޑެލްއެއް މި ޕްރޮޖެކްޓުގެ ދަށުން ވަނީ ދައްކުވައިދީފައެވެ.

މި މޮޑެލް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށް، ބޭނުންކުރަން ފެށުމަކީ ކުރިއަށް އޮތް ތަނުގައި އެހެން އިދާރާތަކުންވެސް އޭގެ ބޭނުން ހިފައި، ދެމެހެއްޓެނިވި ގޮތެއްގައި ފެން ރައްކާތެރިކޮށް ބޭނުން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ފަދަ މޮޑެލްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކުގެ ނާޒުކު ފެން ފަށަލައިން ފެން ނެގުމުގެ ބަދަލުގައި މި ނިޒާމުގެ ބޭނުން ކުރެވޭނެ ގޮތް ހެދިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިރާ ސްކޫލްގައި މި މޮޑެލް ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އެ ސްކޫލްގެ ސެކަންޑަރީ ދަރިވަރުންތަކެކެވެ. އެގޮތުން މި މޮޑެލް އިނާމަށް ޝޯޓު ލިސްޓު ވުމުން، ސުކޫލުގައި ހިންގާ އެފަދަ މަސައްކަތްތަކާގުޅޭ މައުލޫމާތުތައްވެސް އިނާމު ދިން ފަރާތްތަކުން ސާފުކޮށް އޮޅުން ފިލުވާފައިވާކަމަށް ހިރާ ސުކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ސިތާރާ ވިދާޅުވާ ގޮތުގައި، އުއްމީދަކީ ސްކޫލަށް ލިބެމުންދާ ކާމިޔާބީތަކާއެކު ކުރިއަށް އޮތް ތަނުގައި އެ ސްކޫލްގައި އޭލެވެލްއަށްވެސް ކިޔަވައިދޭން ފެށުމެވެ. އެގޮތުން ހިރާ ސްކޫލަކީ ނޭޝަނަލް ކަރިކިއުލަމްއަށް ކިޔަވައިދޭ ސްކޫލެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޔޫއޭއީ

އިތުރަށް ކިޔާލަން

16 ޖުލައި 2025

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!
12 އޮކްޓޯބަރު 2024

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި
27 އޯގަސްޓު 2024

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ
22 ޖުލައި 2024

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި
21 މާރިޗު 2024

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު