Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
100 ކިލޯ ޑްރަގް މައްސަލަ

100 ކިލޯ ޑްރަގް ކޭސް: ނޫސްވެރިން ވަނުމުން އަދުލު އިންސާފަށް ހުރަސްއެޅޭނެކަމަށް ބަލައި އެއް ގަޒިއްޔާ ސިއްރު

ޗިޓާއި ޙަވާލުވުމަށްފަހުވެސް އަޑުއެހުމަށް ޖުމާން ހާޒިރުވެފައެއް ނުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 09:42
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އެއް ގަޒިއްޔާ ސިއްރު ކޮށްފިއެވެ.

މި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާއިރު، ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ 3 ދައުވާއަކާއި ގުޅޭ ގަޒިއްޔާތަކެއް ކުރިއަށް ދެއެވެ. އެއީ ޑައިމޯފިންޓްރެފިކް ކުރުމުގެދައުވާތަކަކާއި، ޑައިމޯފިން ބޭނުން ކުރުމުގެ ދައުވާތަކެއްގެ އިތުރުން، ކެނެބިސް ބޭނުން ކުރުމުގެ ދައުވާތަކެކެވެ. އޭގެ ތެރެއިން ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ނ. ވެލިދޫ، ބީޗްހެވެން، ޖުމާން މުސްތަފާ، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހްމަދު، ގއ ދެެއްވަދޫ ދޭލިޔާގޭ މިދުހަތު އިބްރާހިމް، މ ކޮޅުފުށި ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އަދި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ ރަފީޤުލް އިސްލާމެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުން ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ދައުވާލިބޭ ޖުމާން މުސްތަފާ ޗިޓާއި ޙަވާލުވުމަށްފަހުވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވާކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެކަމާއި ގުޅިގެން ނިންމަވާ ގޮތެއް ގާޒީ އަންގަވާނެއެވެ.

ބުދަ ދުވަހު ފުރަތަމަ ކުރިއަށްދިޔަ ޑައިމޯފިންޓްރެފިކް ކުރުމުގެދައުވާގެ އަޑުއެހުމުގައި މުޙައްމަދު އަހުމަދާއި، ރަފީޤުލް އިސްލާމް ވަނީ އަމިއްލައަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތަކަށް އެދިފައެވެ. އަދި ކެނެބިސް ބޭނުން ކުރުމުގެ ދައުވާގެ އަޑުއެހުން ކުރިއަށްދިޔައިރު މިދުހަތު އިބްރާހިމްއާއި އަހުމަދު ޝިރުހާން ޝަމީމް ހާޒިރުވެފައިވަނީ ވަކީލަކާއެކުއެވެ. އަދި މި އަޑުއެހުން ކުރިއަށް ދިޔައިރު ދިފާއީ ވަކީލު ވަނީ މައްސަލަ ކުރިއަށް ގެންދަވާނެ ގޮތް ހިއްސާ ކޮށްދެއްވުމަށް އެދިފައެވެ.

މި އަޑުއެހުން ފެށިގެން ކުރިއަށް ދަނިކޮށް މައްސަލައިގައި ދައުވާލިބޭ ޝިރުހާން ވަނީ މިއީ ކުޑަ މައްސަލައެއްކަން ފާހަގަކޮށް، މީޑިއާތަކުން މައްސަލަ ކަވަރ ކުރުމަށް ދެކޮޅު ހަދާފައެވެ. ޝިރުހާން އެހެން ބުނުމާއި ގުޅިގެން ދިފާއީ ވަކީލުވެސް ވަނީ ޙަޤީޤަތް ބެލުމެއް ނެތި މީޑިއާތަކުން ވާހަކަ ފަތުރާ ކަމަށާއި، ނޫސްވެރިން ޒިންމާދާރު ކަމަށް ނުފެންނަކަަމަށް ވިދާޅުވެފައެވެ. އެގޮތުން 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ފަރާތްތައް ދޫވުމުންވެސް މީޑިއާތަކުން އެ ވާހަކަތައް ދައްކާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

"ކުޑަކުޑަ މައްސަލައަކަށްވެފައި، މީޑިއާއިން ވަދެ އިނީމަ، ޒާތީވާހެން ހީވޭ"ޝިރުހާން ބުނެފައިވެއެވެ.

އަދި ނޫސްވެރިން ޒިންމާދާރު ކުރެވޭނެ ގޮތެއްވެސް ނޯންނަކަން ފާހަގަ ކުރައްވައި ދިފާއީ ވަކީލު ނޫރުއްސަލާމް ވަނީ މި މައްސަލަ މީޑިއާތަކުން ކަވަރ ކުރުމުން އަދުލު އިންސާފު ލިބުމަށް އޮވެދާނެ ހުރަހަކަށް ބަލައި، މައްސަލަ ސިއްރު ކޮށްދިނުމަށް އެދިލައްވާފައެވެ.

އެކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ފަހުމީ ވަނީ އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ބައްލަވައި، މައްސަލަ ސިއްރު ކުރެއްވުމަށް ނިންމަވާފައެވެ. އަދި ނޫސްވެރިން ޝަރީއަތުގެ މަޖިލީހުން ނުކުތުމަށް ގާޒީ ވަނީ އަންގަވާފައެވެ.

އަޑުއެހުންތައް ސިއްރު ކުރެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގައެވެ. އެގޮތުން މުޖުތަމައުގެ އަހުލާޤީ އުސޫލުތައް ހިފެހެއްޓުމާއި، މުޖުތަމައުގެ އަމަންއަމާންކަން ޤާއިމު ކުރުމާއި، ރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫ އެރިޔަ ނުދިނުމާއި، ކުޑަކުދިންގެ މަސްލަޙަތު ހިމާޔަތް ކުރުމާއި، މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަސްލަޙަތު ރައްކާތެރި ކުރުމާއި، އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފިނަމަ، އަދުލު އިންސާފަށް އެޅިދާނެ ހުރަހަކުން މިންޖުވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި100ކިލޯގެ މަސްތުވާތަކެތި

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު