Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން - މާލެ އެއްފަސްކުރުމުގެ ސިޔާސަތު

ޔާމީނަށް މުހިއްމީ މާލެ އެއްފަސްކުރުން: "ކުޅުދުއްފުށި އައްޑޫގައި ބިން އޮތޭ ކިޔާފައި ބަޔަކު ނުދާނެ"

3 ޖެނުއަރީ 2022 | ހޯމަ 06:57

އަތޮޅުތެރެއަށް މީހުން އެއްފަސްކުރާނަމަ ޚިދުމަތްތަކެއްވެސް ޤާއިމުކުރަން ޖެހޭކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2022 | ހޯމަ 06:57
އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގަންނަވަނީ

އަތޮޅުތެރެ އެއްފަސް ކުރުމުގެ މާބޮޑު ފައިދާއެއް ނެތް ކަމަށާއި، ރަނގަޅުވާނީ މާލެ ސަރަޙައްދު އެއްފަސް ކުރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެއްފަސް ކުރުމުގެ ސިޔާސަތަކީ އޭގެ ޒާތުގައި ދޫކޮށްލާވަރުގެ ސިޔާތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ ސިޔާސަތު ރަނގަޅަށް ހިންގޭނީ ޚިދުމަތްތައް ފުރިހަމައަށް ލިބެންހުންނަ ބޮޑެތި އާބާދީތަކުގައި ކަމަށް ރައީސް ޔާމީން ސިފަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ އެއްފަސްކުރަން ބަލާއިރު މާލޭ ސަރަޙައްދުން މާ ދުރަށް އެއްފަސް ކުރުމުގެ މަސައްކަތް ގެންދެވިދާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

ރައީސް ޔާމީނު އިތުރަށް ވިދާޅުވީ، އެއްފަސް ކުރުމުގެ ސިޔާސަތުތަކެއް ކަނޑައަޅައިގެން އަތޮޅު ތެރޭގެ ބައެއް ސިޓީތަކަށް މީހުން އެއްކުރަން މަސައްކަތް ކުރި ނަމަވެސް، ބަޔަކު އެތަންތަނަށް ގޮސްދާނެކަމަށް އެމަނިކުފާނަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އެއީ އެކަމުގެ ފަހަތުގައި ހުރި ދަތިތަކުގެ ސަބަބުންކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެގޮތުން މާލެއާ އެއްފެންވަރަށް އެތަންތަނުން ޚިދުމަތް ނުލިބޭކަންވެސް ރައީސް ޔާމީނު ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވިއެވެ.

"އެއްފަސް ކުރުމުގެ ސިޔާސަތެއް ކަނޑައަޅައިގެން ކުޅުދުއްފުއްޓަށް، ނޫނީ ހިތަދޫގައި ބިން އޮވެގެންނޭ ކިޔާފައި އަޅުގަނޑަކަށް ނުފެނޭ ރާއްޖޭގެ އެކި ހިސާބުން މީހުން އެތަނަށް ދަތުރުކޮށްފާނެ ކަމަކަށް،"ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ، އަތޮޅުތެރެއަށް މީހުން އެއްފަސްކުރާނަމަ ޚިދުމަތްތަކެއްވެސް ޤާއިމުކުރަން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި މާލެއަކީ މިހާރުވެސް ރާއްޖޭގެ ހުރިހާ ވަސީލަތެއް ހުރި، އެންމެ ފެންވަރުގެ ޚިދުމަތްތައް ލިބެން އޮތް ތަންކަން ފާހަގަ ކުރައްވައި ރައީސް ޔާމީނު ވިދާޅުވީ، އެ ނޫން ތަންތަން އެއްފަސް ކުރަން ބަލާއިރު ސަރުކާރުން ބޮޑެތި ޚަރަދުތަކެއްވެސް ކުރަންޖެހޭނެ ކަމަށެވެ. އެ ޚަރަދުތަކާއެކުވެސް އަތޮޅުތެރެ އެއްފަސްކުރުމުގެ ސިޔާސަތު ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމެއް އެއްވެސް މީހަކަށް ނުދެވޭނެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ޚުދު އެމަނިކުފާނު އަމިއްލަފުޅަށްވެސް އެ ސިޔާސަތު ކާމިޔާބުވެދާނެ ކަމަށް ޤަބޫލު ނުކުރައްވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސްކަން ކުރައްވަން 5 އަހަރުގެ ދައުރެއް ލިބިގެންދާއިރު، 10 އަހަރު ނުވަތަ 20 އަހަރުން ކުރެވޭ ވަރުގެ މަޝްރޫއެއް ފެށުމަށް އެއްވެސް މީހަކު ރައީސްކަމަށް ކުރިމަތި ނުލައްވާނެކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ސިފަ ކުރެއްވީ ކޮންމެ ރައީސަކުވެސް އެ ރައީސަކު ފެއްޓެވި މަސައްކަތެއްގެ ކްރެޑިޓް ލިިބިގަތުމުގެ ހިތްހަމަޖެހުން ބޭނުންފުޅުވުމެވެ.

ރައީސް ޔާމީނު ވިދާޅުވީ، އަތޮޅުތެރެ އެއްފަސް ނުކުރި ނަމަވެސް، މާލެ ސަރަޙައްދުގައި ބޮޑެތި ބިން ހުރިނަމަ، މުޅި ރާއްޖޭގެ އިޤްތިސާދު ބަރޯސާވާ ސަރަޙައްދު އެއްފަސްކުރުން މާ ރަނގަޅުކަމަށެވެ.

ރައީސް ޔާމީނު އެހެން ވިދާޅުވެފައިވާއިރު، މިހިނގާ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ ހަމައެކަނި މާލެއަށް ބަރޯސާނުވެ، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން އަތޮޅުތެރެވެސް ތަރައްޤީކޮށްގެން ހިންގުމަށެވެ. އެގޮތުން އަތޮޅުތެރޭގެ ގެދޮރުވެރިކަމަށް ކުރިއަށްއޮތް ތިން އަހަރަށް 1.5 ބިލިއަނެއްހާ ރުފިޔާ މިހާރު ވަނީ ބަޖެޓުގައިވެސް ހިމަނާފައެވެ. އަތޮޅު ތެރޭގައިވެސް ހައުސިންގ ޔުނިޓުތައް ގާއިމުކުރުމަކީ ސަރަހައްދީ ތަރައްޤީއަށް މުހިއްމުކަމެއްކަން ފާހަގަކޮށް ސަރުކާރުން ވަނީ މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބޭނެކަމަށް ބުނެފައެވެ.

ރައީސް ޔާމީންޔާމީންމާލެ ސިޓީއައްޑޫ ސިޓީ ކައުންސިލްކުޅުދުއްފުށި

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
04 ނޮވެމްބަރު 2025

ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި

04 ނޮވެމްބަރު 2025
ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާ ކުޅުދުއްފުށީގައި ހުޅުވައިފި
01 ނޮވެމްބަރު 2025

ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް

01 ނޮވެމްބަރު 2025
ޑޮލަރު ފޮނުވޭ ލިމިޓް ދަށްކުރުމުން ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ބޮޑެތި ކަންބޮޑުންތައް އެބަހުރި: މޭޔަރ އާތިފް
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް