Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމީޑިއާނެޓްގެ ޚިދުމަތް ފުޅާކުރުން

ޑީކޯޑަރަކާއި ނުލައި ސްމާޓް ޓީވީތަކުން މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ބެލޭނެ މުޅިން އައު ޚިދުމަތެއް!

މި ޚިދުމަތުން +70 ލައިވް ޗެނަލް ގެ އިތުރުން ތަފާތު އެކި ފިލްްމުތަކާއި ސީރީޒް އެކަށޭނަ އަގެއްގައި ބަލާލެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖެނުއަރީ 2022 | އާދީއްތަ 21:46
މީޑިއާނެޓްގެ ޚިދުމަތްތައް ދަނީ ފުޅާކުރަމުން،

މީޑިއާނެޓްގެ ޚިދުމަތްތައް ދަނީ ފުޅާކުރަމުން،

އެންޑްރޮއިޑް އެޗް ޑީ، ސެމްސަންގް އަދި އެލް ޖީ ސްމާޓް ޓީވީތަކުން ޑީކޯޑަރަކާއި ނުލައި ޗެނަލްތަކުގެ އިތުރުން ވީއޯޑީ ބެލޭނެ މުޅިން އައު ޚިދުމަތެއް 'އެމް އެސް ލައިޓް' ނަމުގައި މީޑިއާނެޓުން ތައާރަފް ކޮށްފިއެވެ.

ކަސްޓަމަރުންގެ މަގުބޫލް ޗެނަލްތައް ހިމަނައިގެން ތައާރަފްކުރި މި ޚިދުމަތުގައި ޕެކޭޖް ތަކަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެކި ކަހަލަ ފިލްމާއި ސީރީޒްތައް މިހާރު 630 ރުފިޔާ އަށް ބަލައިލެވޭނެއެވެ.

މީލާދީ އާއަހަރާއި ދިމާކޮށް މީޑިއާނެޓުން ތައާރަފް ކުރި މި ޚިދުމަތުން +70 ލައިވް ޗެނަލް ގެ އިތުރުން ތަފާތު އެކި ފިލްްމު ތަކާއި ސީރީޒް އެކަށޭނަ އަގެއްގައި ބަލާލެވޭނެއެވެ. މީގެ ތެރޭގައި ސޮނީ،  ސްޓާރ، ޒީގެ ޗެނަލްތަކުގެ އިތުރުން ސީ.އެން.އެން ހިމެނެއެވެ. އަދި ދުނިޔޭގެ އެންމެ މަގުބޫލު 2 ފުޓްބޯޅަ ލީގު ކަމަށްވާ އިނގިރޭސި ޕުރިމިއަރ ލީގާއި ސްޕެނިޝް ލަލީގާ މުޅި ރާއްޖެއަށް ދައްކަމުންދާ ހަމަ އެކަނި  ޗެނަލްތަކަކީ އައިސް ޓީވީ އަދި އައިސް ސްޕޯރޓްސްއެވެ. އެގޮތުން މި ތައާރަފް ކުރި ޚިދުމަތުން މި ޗެނަލްތައް ބަލާލެވޭނެއެވެ.

މި ޚިދުމަތަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަގޮތަކަށް ޚިދުމަތް ހޯދޭނެހެން ފަރުމާ ކުރެވިފައިވާ ޚިދުމަތެއް ކަމަށް މީޑިއާނެޓުން ބުނެއެވެ. އަދި ބަލާލަން ބޭނުންވާ ޝޯވއެއް ނުވަތަ އިވެންޓެއްގެ ގަޑީގައި ނުބެލިއްޖެ ހާލަތެއްގައި، މި ޚިދުމަތުގައި ހިމެނޭ ކެޗަޕް ފީޗާރ މެދުވެރިކޮށް އެޝޯވ އެއް ނުވަތަ އިވެންޓެއް ބަލައިލެވޭނެއެވެ. މީގެ އިތުރުން "ފޭވަރިޓް ޗެނަލް ލިސްޓް" ހެދުމާއި އެމީހެއްގެ ބޭނުންތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޗެނަލް ލިސްޓު އަތުރާލުމާއި "ޔޫޒާރ ޕްރޮފައިލް" ހެދުންވެސް ހިމެނެއެވެ.

އެމް.އެސް. ލައިޓް މެދުވެރިކޮށް މީޑިއާނެޓުގެ އަމިއްލަ އުފެއްދުންތައްް ކަމުގައިވާ ނަފްސު، ގިރިދާ ފަދަ ސީރީޒް ތަކުގެ އިތުރުން މަޝްހޫރު ދިވެހި/ ހިންދީ ފިލްމުތައްވެސް ވީޑިއޯ އޮން ޑިމާންޑް ފީޗާރ މެދުވެރިކޮށް ބަލައިލެވޭނެއެވެ. އަދި ބެލުންތެރިން ޝައުގުވެރިވާ ފަދަ އިތުރު ކޮންޓެންޓްތައް މިފީޗާރ މެދުވެރިކޮށް ކުރިއަށް އޮތްތާނގައި ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މި ޚިދުމަތް މިވަގުތު ބޭނުން ކުރެވޭނީ މާލެ އަދި ހުޅުމާލޭގައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މި ޚިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ރާއްޖޭގެ އެހެން ރަށްތަކަށްވެސް މި ޚިދުމަތް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެ ކުންފުނިން ބުނެއެވެ. މިޚިދުމަތަށް ރަޖިސްޓަރީ ކުރުމަށް ޓީވީ އަށް އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމުން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ލިންކު ލިބޭނެއެވެ.

މީޑިއާނެޓް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
18 އޯގަސްޓު 2022

މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި

18 އޯގަސްޓު 2022
މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި
06 ޑިސެމްބަރު 2021

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު!

06 ޑިސެމްބަރު 2021
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު!
11 ނޮވެމްބަރު 2021

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަން ފަށައިފި

11 ނޮވެމްބަރު 2021
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަން ފަށައިފި
01 ސެޕްޓެމްބަރު 2021

ކޮރެއަން ޑްރާމާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މީޑިއާނެޓުން އުފާވެރި ޚަބަރެއް

01 ސެޕްޓެމްބަރު 2021
ކޮރެއަން ޑްރާމާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މީޑިއާނެޓުން އުފާވެރި ޚަބަރެއް
04 އޯގަސްޓު 2021

މީޑީއާނެޓްގެ ޗެނަލްތައް ހުއްދަނެތި ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

04 އޯގަސްޓު 2021
މީޑީއާނެޓްގެ ޗެނަލްތައް ހުއްދަނެތި ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
08 ޖޫން 2021

މީޑިއާނެޓުން އެންޑްރޮއިންޑް ޓީވީ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

08 ޖޫން 2021
މީޑިއާނެޓުން އެންޑްރޮއިންޑް ޓީވީ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި
28 މެއި 2021

މިހަފުތާ ބަންދުގައި މީޑިއާނެޓުގެ "ވޯންޓް އިޓް އޯލް ޕެކޭޖް" ހިލޭ ލިބުމުގެ ފުރުސަތު

28 މެއި 2021
މިހަފުތާ ބަންދުގައި މީޑިއާނެޓުގެ "ވޯންޓް އިޓް އޯލް ޕެކޭޖް" ހިލޭ ލިބުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު