Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެސްޓީވީ

މީޑިއާނެޓުން އެންޑްރޮއިންޑް ޓީވީ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

މި އެޕްލިކޭޝަނަކީ މީޑިއާނެޓުގެ 16 ވަނަ އަހަރީ ދުވަހާ ދިމާކޮށް ތަޢާރަފްކުރި އެޕްލިކޭޝަނެއް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 8 ޖޫން 2021 | އަންގާރަ 13:22
އެމްއެސްޓީވީ އެންޑްރޮއިޑް އެޕްލިކޭޝަން ތައާރަފްކުރުން

އެމްއެސްޓީވީ އެންޑްރޮއިޑް އެޕްލިކޭޝަން ތައާރަފްކުރުން

މީޑިއާނެޓުން އެންޑްރޮއިޑް ޓީވީ އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.

އެމްއެސްޓީވީގެ ނަމުގައި ތަޢާރަފްކުރި މި އެޕްލިކޭޝަނަކީ މީޑިއާނެޓުގެ 16 ވަނަ އަހަރީ ދުވަހާ ދިމާކޮށް ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ.

އެމްއެސްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް ލައިވް ޓީވީ ޗެނަލްތައް ބަލާލުމުގެ އިތުރުން ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ލައިބްރަރީގައި ހިމެނޭ ފިލްމުތަކާއި ޝޯތައް ބަލައިލެވޭނެ ކަމަސް މީޑިއާނެޓުން ބުނެއެވެ. ވީއޯޑީ ލައިބްރެރީގައި ހިމެނެނީ މީޑިއާނެޓްގެ އޮރިޖިނަލް އެކްސްކްލޫސިވް އުފެއްދުންތަކެވެ. އޭގެތެރޭގައި ރޫމީ އަ ޖަންނަތުއާއި, މަރިޔަމްއާއި, ލަމްސް ކިޗަން ފަދަ އުފެއްދުންތައް ފާހަގަކޮށްލެވެއެވެ.

އެމްއެސްޓީވީ އަކީ ހުރިހާ ކަސްޓަމަރުންނަށްވެސް ހެޔޮއަގުގައި ޗެނަލްތައް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. އެގޮތުން އެމްއެސްޓީވީން ޗެނަލްތައް ބަލައިލުމަށް ޑީކޯޑަރެއް ގަންނާކަށް ނުޖެހެއެވެ.

އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ އަށް ޚާއްސަކޮށް އުފައްދާފައިވާ މި އެޕްލިކޭޝަން ގޫގްލް ޕްލޭސްޓޯރުން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ.

މީޑިއާނެޓްގެ ޚިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުން, އެމްއެސްޓީވީ އަށް ބަދަލުކުރަން ބޭނުންވާނަމަ އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން އެމްއެސްޓީވީ ޚިޔާރުކުރާ ކަސްޓަމަރުންގެ ޑީކޯޑަރުތައް އަލުން ގަތުމުގެ އޮފާއެއް ލިބިގެންދާނެ ކަމަށް މީޑިއާނެޓުން ބުނެއެވެ.

މީޑިއާނެޓްގެ އެންޑްރޮއިޑް އެޕްލިކޭޝަން ބޭނުން ކުރުމަށް mstv.medianet.mv އަށް ވެންނެވުމަށްފަހު, ރެޖިސްޓްރޭޝަން ފޯމް ފުރާލުމުން, ޚިދުމަތަށް ރެޖިސްޓާކުރެވޭނެ ކަމަށް މީޑިއާނެޓުން ބުނެއެވެ. އަދި ރެޖިސްޓާ ކުރުމުން, ފައިބާ ނެޓްވޯކް ކަނެކްޝަން ޓީވީއަށް ގުޅައިދީ, ރެޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުމަށް ޓެކްނީޝަނުން ޒިޔާރަތްކުރާނެ ކަމަށް މީޑިއާނެޓުން މައުލޫމާތުދެއެވެ. ކަނެކްޝަން ގުޅައިދިނުމަށް އެއްވެސް ފީ އެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.

އެމްއެސްޓީވީ އިން ކުރެވޭ ޚާއްސަ ބައެއް ކަންކަމުގެ ތެރޭގައި ހަތަރު ދުވަސް ކުރީގެ ޕްރޮގްރާމް ބަލައިލުމާއި, ރިމައިންޑާ ސެޓްކުރުމާއި, ރިވައިންޑްކުރުމާއި, ޕްރޮގްރާމް ޕޯސްކޮށް ޕްލޭކުރުން ފާހަގަކޮށްލެވެއެވެ.

އެމްއެސްޓީވީގެ ޚިދުމަތް މިވަގުތު ބޭނުން ކުރެވޭނީ ހަމައެކަނީ މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށެވެ.

މީޑިއާނެޓް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
18 އޯގަސްޓު 2022

މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި

18 އޯގަސްޓު 2022
މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި
02 ޖެނުއަރީ 2022

ޑީކޯޑަރަކާއި ނުލައި ސްމާޓް ޓީވީތަކުން މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ބެލޭނެ މުޅިން އައު ޚިދުމަތެއް!

02 ޖެނުއަރީ 2022
ޑީކޯޑަރަކާއި ނުލައި ސްމާޓް ޓީވީތަކުން މީޑިއާނެޓުގެ ޗެނަލްތަކާއި ވީޑިއޯ ބެލޭނެ މުޅިން އައު ޚިދުމަތެއް!
06 ޑިސެމްބަރު 2021

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު!

06 ޑިސެމްބަރު 2021
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނަށް ތަރުހީބު ބޮޑު!
11 ނޮވެމްބަރު 2021

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަން ފަށައިފި

11 ނޮވެމްބަރު 2021
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަން ފަށައިފި
01 ސެޕްޓެމްބަރު 2021

ކޮރެއަން ޑްރާމާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މީޑިއާނެޓުން އުފާވެރި ޚަބަރެއް

01 ސެޕްޓެމްބަރު 2021
ކޮރެއަން ޑްރާމާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މީޑިއާނެޓުން އުފާވެރި ޚަބަރެއް
04 އޯގަސްޓު 2021

މީޑީއާނެޓްގެ ޗެނަލްތައް ހުއްދަނެތި ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު

04 އޯގަސްޓު 2021
މީޑީއާނެޓްގެ ޗެނަލްތައް ހުއްދަނެތި ދޫކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު
28 މެއި 2021

މިހަފުތާ ބަންދުގައި މީޑިއާނެޓުގެ "ވޯންޓް އިޓް އޯލް ޕެކޭޖް" ހިލޭ ލިބުމުގެ ފުރުސަތު

28 މެއި 2021
މިހަފުތާ ބަންދުގައި މީޑިއާނެޓުގެ "ވޯންޓް އިޓް އޯލް ޕެކޭޖް" ހިލޭ ލިބުމުގެ ފުރުސަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު