Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީޓްބެލްޓް އެޅުން މަޖުބޫރު ކުރުން

ވަކި ހާލަތެއްގައި ސީޓްބެލްޓް އެޅުން މަޖުބޫރުކޮށްފި

23 ޑިސެމްބަރު 2021 | ބުރާސްފަތި 17:06

މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 17:06
ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގެ މަގުމަތި

ވަކި ހާލަތްތަކެއްގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު، ސީޓްބެލްޓް އެޅުން މަޖުބޫރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އަންނަ އަހަރުން ފެށިގެން 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު، ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ މީހާ ވެސް ސީޓްބެލްޓް އަޅަން ޖެހޭނެ ކަމަށެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މިގޮތަށް ނިންމާފައިވާއިރު، ދާދިފަހުން އުޅަނދު ބޭނުން ކުރެވޭނެ މުއްދަތު ކަނޑައަޅައި ގަވާއިދަށް އަމަލުކުރަން ވަނީ ފަށާފައެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ބޭނުން ކުރެވޭނެ ވެހިކަލްގެ އަދަދު ކަނޑައެޅުމަށްފަހު އެނިންމުމަށް އަމަލު ކުރުމަށް ހަމަސް ދުވަހުގެ މުހުލަތެއް ދޭން ޖެހެއެވެ.

މި ގަވާއިދުގައި ވަނީ، ދިވެހިރާއްޖޭގެ ރަށްރަށާއި ސިޓީތަކާއި އެ ނޫންވެސް ސަރަހައްދުތަކުގައި ބޭނުންކުރެވޭނެ އުޅަނދުތަކުގެ އަދަދާއި، އެ އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅައި، އެ ފަރާތްތަކުން އަމަލުކުރަންޖެހޭ އަސާސީ މިންގަނޑުތަކާއި އެ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްފަހުގައި އެކަން ތަންފީޒު ކުރުމުގައި އަމަލުކުރަންޖެހޭ އާންމު އުސޫލުތައް ބަޔާންކޮށްފައެވެ.

އެގޮތުން ސިނާއީ މަސައްކަތްތަކަށް ދޫކޮށްފައިވާ ސަރަހައްދެއްގައިނަމަ، ގަވާއިދު ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީންނެވެ. އަދި ވަކިވަކި ރަށްރަށާއި ސިޓީތަކުގައި މި ގަވާއިދު ހިންގާނީ އެ ރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލަކުންނެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގައި ނުވަތަ އެ ރަށްރަށާއި ސިޓީތަކުން ވަކި ސަރަހައްދެއްގައި ބޭނުންކުރުމަށް އުޅަނދުތަކުގެ އަދަދު ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންނެވެ.

އުޅަނދުތަކުގެ އަދަދު ކަނޑައެޅުމުގައި އެސެސްމެންޓް ހަދަންޖެހޭއިރު، ސިޓީއެއްގެ އާބާދީއާއި ޖާގައާއި ޕާކިންއަށް އޮތް ޖާގައާއި އަދި އަދަދަށް ގެންނަ ބަދަލަކުން ވިޔަފާރިއަށް ކުރާނެ އަސަރު ފަދަ ކަންކަމަށް ބަލަން ޖެހެއެވެ.

މާލެ ސިޓީގައި އުޅަނދުތަކުގެ އަދަދު ކަނޑައެޅުމާއި، އުޅަނދުގެ އުމުރު ކަނޑައެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އެހެންނަމަވެސް އެއީ ވަރަށް އުނދަގޫ ބުރަބޮޑު މަސައްކަތެއްކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް