Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ދުނިޔޭގެ ފެތުމުގެ މުބާރާތް

ދުނިޔޭގެ މުބާރާތުން ރާއްޖޭގެ ފެތުންތެރިންނަށް ރިކޯޑުތަކެއް

މި މުބާރާތުގައި ދެ ރިލޭއެއްގެ ގައުމީ ރިކޯޑުވެސް އާކުރި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 04:00
ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ހަތަރު ފެތުންތެރިން

ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ ހަތަރު ފެތުންތެރިން

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫ ދާބީގައި ކުރިއަށްދިޔަ ދުނިޔޭގެ ފެތުމުގެ މުބާރާތް ކަމަށްވާ 15 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ދިވެހި ފެތުންތެރިން ގައުމީ ރިކޯޑުތަކެއް ގާއިމުކޮށްފިއެވެ.

މި މަހުގެ 16 ވަނަ ދުހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުންތެރިއަކު ވަނީ ވާދަކޮށްފައެވެ. އެ ފެތުންތެރިންނަކީ އަންހެން ދެ ފެތުންތެރިން ކަމަށްވާ އައިޝަތު ސައުސަން އާއި ހަމްނާ އަޙްމަދުގެ އިތުރުން ފިރިހެން ދެ ފެތުންތެރިން ކަމަށްވާ މުޙައްމަދު އާން ހުސައިން އަދި އިމްއާން އަލީއެވެ.

މި މުބާރާތުގައި އަންގާރަ ދުވަހު ކުރިއަށްދިޔަ އިވެންޓުތަކުގެ ތެރެއިން ސައުސަން ގައުމީ ރިކޯޑް އައުކޮށްފައިވަނީ 100 މީޓަރު ބެކްސްޓްރޯކް އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓުންނެވެ. ބެކްސްޓްރޯކް 100 މީޓަރުގެ އިވެންޓް ސައުޝަން ފުރިހަމަކޮށްފައިވަނީ 01:14.03 މިނެޓުންނެވެ. އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓު ފުރިހަމަކޮށްފައިވަނީ 02:43.61 މިނެޓުންނެވެ. މި ދެ ރިކޯޑު ކުރިންވެސް އޮންނަނީ ސައުސަންގެ އަތުގައެވެ. އެގޮތުން 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް 100 މީޓަރު ބެކްސްޓްރޯކް އިވެންޓް ސައުސަން ފުރިހަމަކޮށްފައިވަނީ 01:15.76 މިނެޓުންނެވެ. އަދި 200 މީޓަރު ބެކްސްޓްރޯކް އިވެންޓް ފުރިހަމަކޮށްފައިވަނީ 02:52.37 މިނެޓުންނެވެ.

ސައުސަންގެ އިތުރުން މި ފަހަރުގެ މުބާރާތުގައި ހަމްނާވެސް ވަނީ ގައުމީ ދެ ރިކޯޑެއް އާކޮށްފައެވެ. އެގޮތުން ހަމްނާ އާކޮށްފައިވަނީ އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ބެކްސްޓްރޯކުގެ ގައުމީ ރިކޯޑާއި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ގައުމީ ރިކޯޑެވެ. 50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑް ހަމްނާ ހަދާފައިވަނީ 32.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭގެ ރިކޯޑު ހަމްނާ ހަދާފައިވަނީ 01:15.82 މިނެޓުން ރޭސް ނިންމައިގެންނެވެ.

މީގެ ކުރިން 50 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރިކޯޑު އޮންނަނީ ސައުސަން އަތުގައެވެ. އެގޮތުން ސައުސަން އެ ރިކޯޑު ހަދާފައިވަނީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި 33.89 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އާމިނަތު ރޫޔާ ހުސެއިން އަތުގައި އޮތްއިރު، އޭނާ އެ ރިކޯޑު ހަދާފައިވަނީ މީގެ 15 އަހަރު ކުރިން ބޭއްވި ފުރަތަމަ އޭޝިއަން އިންޑޯ ގޭމްސްގައި 01:19.76 މިނެޓުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން ދުނިޔޭގެ މުބާރާތުގައި ވާދަކުރި ފިރިހެން ފެތުންތެރިންގެ ތެރެއިިން އިމްއާން ވަނީ ގައުމީ ދެ ރިކޯޑެއް އާކޮށްފައެވެ. އެއީ ފިރިހެނުންގެ ޝޯޓްކޯސް 400 މީޓަރު ފްރީސްޓައިލްގެ ގައުމީ ރިކޯޑާއި 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރިކޯޑެވެ 400 މީޓަރު ފްރީސްޓައިލްގެ ގައުމީ ރިކޯޑު އިމްއާން ހަދާފައިވަނީ 04:24.45 މިނެޓުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރެކޯޑް ކުރިން އޮންނަނީ މުބާލް އައްޒާމް އިބްރާހީމް އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގައި 04:40.28 މިނެޓުން ރޭސް ނިންމައިގެންނެވެ.

ދެން އިމްއާން އާކުރި 100 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރިކޯޑު އޭނާ ހަދާފައިވަނީ 01:03.02 މިނެޓުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް ކުރިންވެސް އޮންނަނީ އިމްއާނުގެ އަތުގައެވެ. އެގޮތުން އޭނާ ކުރިން މި ރިކޯޑު ހަދާފައިވަނީ 2019 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން ގޭމްސްގައި 01:05.26 މިނެޓުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން މި މުބާރާތުގައި 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އާން ވަނީ އާކޮށްފައެވެ. 2016 ވަނަ އަހަރު ބޭއްވި 13 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 25.73 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެން ނިޝްވާން އިބްރާހީމް ހަދާފައިވާ ރިކޯޑު އާން އާކޮށްފައިވަނީ 25.00 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން ދުނިޔޭގެ މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ ދެ ރިލޭއެއްގެ ގައުމީ ރިކޯޑުވެސް އާކޮށްފައެވެ. އެގޮތުން ދިވެހި ފެތުންތެރިން ވަނީ ހަތަރެއް ގުނަ 50 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓް 02:05.97 މިނެޓުން އަދި ހަތަރެއް ގުނަ 50 މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް 01:50.76 މިނެޓުން ފުރިހަމަކޮށް، މި ދެ އިވެންޓުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.

މި ފަހަރުގެ ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ހަތަރު ފެތުންތެރިއަކު ވާދަކުރިއިރު، މިދިޔަ އޮގަސްޓް މަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި އޮލިމްޕިކް ގޭމްސްގައި ދެ ފެތުންތެރިއަކު ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.

ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު