Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

ތާލިބާންގެ ލީޑަރުން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިއްޖެ

19 ޑިސެމްބަރު 2021 | އާދީއްތަ 00:23

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން އެގައުމުން ހިޖުރަކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 19 ޑިސެމްބަރު 2021 | އާދީއްތަ 00:23
ތާލިބާންގެ ހަނގުރާމަވެރިއަކު ކާބުލްގެ މަގެއްގެ މަތީގައި ފޯރިމަރަނީ

ތާލިބާންގެ ހަނގުރާމަވެރިއަކު ކާބުލްގެ މަގެއްގެ މަތީގައި ފޯރިމަރަނީ

އަފްޣާނިސްތާނަށް ކުރިމަތިވަމުން އަންނަ އިގްތިސާދީ ފުންވަޅުގަނޑުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް ތާލިބާންގެ އިސް ލީޑަރުން އެދިއްޖެއެވެ.

އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން އެގައުމުން ހިޖުރަކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހާ ގުޅުވައި ތާލިބާނުންވަނީ ބައިނަލްއަގްވާމީ އެހީތެރިކަމަށް އެގައުމު ބޭނުންވެފައިވާކަމަށް ބުނެފައެވެ.

ތާލިބާން ސަރުކާރުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ޝޭރް މުހައްމަދު އައްބާސް ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފަނާވެފައިވާ އަފްޣާނިސްތާނަށް އެހީތެރިވުމަކީ އެމެރިކާ ފަދަ އަފްޣާނިސްތާނަށް ލިބެންޖެހޭ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓައިގެން ތިބި ގައުމުތަކުން ކުރަންޖެހޭ ކަމެއްކަމަށެވެ. ފަންޑުތައް ފްރީޒްކޮށްފައި ބެހެއްޓުމުގެ ސަބަބުން އެކަމުގެ އަސަރުކުރަމުން އަންނަނީ ތާލިބާނުންނަށް ނޫންކަމަށާއި އަފްޣާނިސްތާނުގެ އާންމު ރައްޔިތުންނަށްކަމަށް ޑެޕިޔުޓީ ފޮރިން މިނިސްޓަރ ވިދާޅިވިއެވެ.

އދ އިން އަންދާޒާކުރާ ގޮތުގައި ފިނި މޫސުމާއި ދިމާކޮށް އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްނުދީފިނަމަ އެތައް ބަޔަކު ބަނޑުހައިހޫނުކަން އިހުސާސް ކުރަންޖެހޭނެއެވެ. ބައިނަލްއަގްވާމީ މުޖުތަމައުން ގެންދަނީ އެހީތެރިކަން ސީދާ ތާލިބާނުންނަށް ދިނުމާ ދެކޮޅު ހަދަމުންނެވެ. ވަކިން ޚާއްސަކޮށް ތާލިބާނުން އަންހެނުންނާމެދު ގެންގުޅޭ ސިޔާސަތުގެ ސަބަބުން އެހީތެރިވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ފަސްޖެހެމުންނެވެ.

ޑެޕިޔުޓީ ފޮރިން މިނިސްޓަރ ވިދާޅުވީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ކަންކަން ބަދަލުނުވާނަމަ އަދިވެސް ގިނަ ބަޔަކު ހިޖުރަކުރަމުން ގެންދާނެކަމަށެވެ.

އެމެރިކާއިން ވަނީ އަފްޣާނިސްތާނަށް ރެމިޓެންސް ކޭޝް ދޫކުރާނެ ގޮތުގެ ގައިޑް ލައިނެއް ހާމަކޮށްފައެވެ. ނަމަވެސް ފްރީޒްކޮށްފައިވާ 9 ބިލިއަން ޑޮލަރު ދޫކުރުމާމެދު އަދި ތާލިބާންގެ ލީޑަރުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި ގުޅޭގޮތުން އެމެރިކާގެ ނިންމުން ބަދަލުކޮށްފައެއްނުވެއެވެ.

ތާލިބާންގެ ފޮރިން މިނިސްޓަރ އާމިރް ޚާން ވިދާޅުވީ ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުން ދޭ އެހީތެރިކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި އެފަރާތްތަކަށް އަފްޣާނިސްތާނުގައި އެއްވެސް ހުރަހެއްނެތި މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން ދޭކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް