Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

ކައިވެނި ކުރަން އަންހެން މީހާއަށް މަޖުބޫރެއް ނުކުރެވޭނެ، އެކަމުގައި އޭނާގެ ރުހުން އޮންނަންވާނެ: ތާލިބާން

4 ޑިސެމްބަރު 2021 | ހޮނިހިރު 01:54

އަންހެނުން ތައުލީމު ހާސިލުކުރުމާއި ގެއިން ބޭރުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މި އަމުރުގައި އެއްވެސް ވާހަކައެއް ހިމަނާފައި ނުވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ޑިސެމްބަރު 2021 | ހޮނިހިރު 01:54
އަފްޣާނިސްތާންގެ އަންހެނުންތަކެއް މާރުކޭޓް ކައިރީގައި ހަރަކާތްތެރިވަނީ

އަފްޣާނިސްތާންގެ އަންހެނުންތަކެއް މާރުކޭޓް ކައިރީގައި ހަރަކާތްތެރިވަނީ

އަންހެނުންގެ ހައްގުތަކާއި ގުޅޭގޮތުން އަފްޣާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ސަރުކާރުން ނެރުނު އަމުރުގައި އަންހެނުންނަށް ކައިވެނިކުރުމަށް މަޖުބޫރުކޮށް އެއީ މުދަލެއްގެ ގޮތުގައި ނުބެލެވޭނެކަމަށް ބުނެފިއެވެ.

މިއަމުރުގައި އިތުރަށް ބުނެފައިވަނީ ކައިވެނިކުރުމުގައި އަންހެން މީހާގެ ރުހުންވެސް ބޭނުންވާނެކަމަށެވެ. ނަމަވެސް އަންހެނުން ތައުލީމު ހާސިލުކުރުމާއި ގެއިން ބޭރުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މި އަމުރުގައި އެއްވެސް ވާހަކައެއް ހިމަނާފައެއްނުވެއެވެ.

އޮގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންނަށް ބައިނަލްއަގްވާމީ މުޖުތަމައު އެންމެ ބޮޑަށް ޕްރެޝަރ ކުރާ މައްސަލައަކީވެސް އަންހެނުންގެ ހައްގުތަކުގެ މައްސަލައެވެ. އެކަމާއި ގުޅިގެން ފްރީޒްކޮށްފައިވާ އަފްޣާނިސްތާނުގެ އެތައް ފަންޑުތަކެއް ދޫކޮށްލުމަށްވެސް ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

މިއަމުރު އިއްވަވަމުން ތާލިބާނުގެ ސްޕޯކްސްމަން ޒަބީހުއްﷲ މުޖާހިދު ވިދާޅުވީ އަންހެން މީހާއަކީ މުދަލެއް ނޫންކަމަށާއި އޭނާއަކީ އިންސާނެއްކަމަށެވެ. އަދި އެއްވެސް މީހަކަށް އަންހެނަކު މުދަލެއްގެ ގޮތުގައި ނުވިއްކޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިއާއެކު މުދަލަށް ކައިވެނި ކުރުވުމުގެ ކަންކަން ނިމުމަކަށް އަންނާނެކަމަށް ބެލެވެއެވެ. އަފްޣާނިސްތާނުގެ ގިނަ އަންހެނުންނަށް ކައިވެނިކުރަން މަޖުބޫރުކުރާއިރު ފިރި މަރުވެފައި ތިބޭ އަނބިންނަށް މަރުވި ފިރިމީހާގެ މުދަލުން އެއްވެސް އެއްޗެއް ނުލިބެއެވެ. ނަމަވެސް ތާލިބާން ސަރުކާރުން ނެރުނު އަމުރުގައި ވަނީ ފިރި މަރުވެފައި ތިބޭ އަނބިންނަށް އެމީހުންގެ ފިރިންގެ މުދަލުން ހިއްސާ އޮންނާނެކަމަށެވެ.

އަދި ކޯޓުތަކުން މިކަންކަމަށް ކުރިޔަށް އޮތްތަނުގައި ބަލަންޖެހޭނެކަމަށާއި އިންފޮރމޭޝަން މިނިސްޓްރީން މިހައްގުތަކުގެ ވާހަކަ ދައްކާ މީހުން މިކަމަށް ހޭލުންތެރިކުރުވަން ޖެހޭނެކަމަށްވެސް މިއަމުރުގައި ބުނެފައިވެއެވެ.

ނަމަވެސް އަދިވެސް އަންހެނުންނަށް ތައުލީމު ހާސިލުކުރުމުގެ ފަހި ފުރުސަތެއް ފަހިކޮށްދީފައިނުވާއިރު ގެއިން ބޭރުގައި އަންހެނުންނަށް މަސައްކަތްކުރުމުގެ ފަހި ފުރުސަތެއް ތާލިބާން ސަރުކާރުން ގާއިމުކޮށްފައެއްނުވެއެވެ.

1996 ވަނަ އަހަރުން 2001 ވަނަ އަހަރާ ހަމައަށް ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރު މަހުރަމަކާ ނުލާ އަންހެނުންނަށް ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ތައުލީމު ހާސިލްކުރުމަށް ދެވޭނީ އެއްކޮށް ނިވާވެ ތިބެގެންނެވެ.

ތާލިބާނުން ބުނެފައިވަނީ މިހާރު ބައެއް ޕްރޮވިންސްތަކުގައި އަންހެނުންނަށް ހައި ސްކޫލަށް ދެވޭނެކަމަށެވެ. ނަމަވެސް އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން މިވާހަކަތައް ގަބޫލުކުރުމާމެދު އަންނަނީ ދެކޮޅު ހަދަމުންނެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް