Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ކޮމިޓީ

މުއައްސަސާތަކަށް ބަޖެޓް އިތުރުކުރުމަކީ މިދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން - އަމީރު

ދައުލަތަށް އާމްދަނީ ހޯދުމަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުކުރަން ހިމަނާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ނޮވެމްބަރު 2021 | އާދީއްތަ 10:11
އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ

އިބްރާހީމް އަމީރު - ފިނޭންސް މިނިސްޓަރ

މިހާރު ހުށަހަޅާފައިވާ ބަޖެޓަށް މުއައްސަސާތަކުން އެދޭ ބަޖެޓް އިތުރުކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ، ހުށަހެޅޭނެ އެންމެ ބޮޑު ބަޖެޓް ކަމަށެވެ. އެހެންކަމުން މުއައްސަސާތަކުން އިތުރުކުރުމަަށް އެދޭ މިންވަރު ބަޖެޓަށް އިތުރުކުރުމަކީ ދަތިކަމެއް ކަމަށާއި، ކޮވިޑްގެ މިހާލަތާއެކު، އެންމެ ބޮޑަށް ބަޖެޓް ހުށަހެޅޭނީ މިހަާރު އޮތް ވަރަށް ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، ބަޖެޓް އެކުލަވާލުމުގައި މިނިވަން މުއައްސަސާތަކާއިއެކުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތަށް އާމްދަނީ ހޯދުމަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރު ކުރުމަށް ބަޖެޓްގައި ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޕްލާސްޓިކުން ޓެކްސް ނަގަން ފެށުން އަމީރު ފާހަގަކުރެއްވިއެވެ. މުއައްސަސާތަކުން އެދޭގޮތަށް ބަޖެޓް ބޮޑުކުރާނަމަ ބަޖެޓް 60 ބިލިއަނަށް އަރާނެ ކަަމަށް އަމީރު ވިދާޅުވިއެވެ. އެއީ މިވަގުތު ހުށަހެޅޭނެ ވަރުގެ ބަޖެޓެއް ނޫން ކަމަށް ތަކުރާރުކޮށް އަމީރު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރަން ބަޖެޓު ކޮމިޓީއަށް ހުށަހަޅަން އާންމު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މިއީ ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން ހުށަހެޅި ހަތް މިލިއަން ރުފިޔާއެވެ. މިވަގުތު މަޖިލީހުގެ އިމާރާތުގައި ލިފްޓުގެ ދަތިކަން ހުރުމާއި، ކޮމިޓީ ރޫމްތަކުގައި އިދާރީ ބޭނުމަށް ބޭނުންވާ ވަސީލަތްތައް ވެސް އެންމެ އެކަށީގެންވާވަރަށް ނެތްކަން އާއްމު ކޮމިޓީގައި މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީ އާއި މަޖިލީހުގެ ޖަލްސާތައް އެކުއެކީގައި ހިނގަމުން އަންނައިރު ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ޖަލްސާތަކުގައި ހިނގާ ކަންކަން އެނގޭނެ ގޮތެއް ނެތުމުން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ހަނިކަމުގައި މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުފިނޭންސް މިނިސްޓްރީބަޖެޓް 2022

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު