Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް

މި ފަސް އަހަރު ނިމޭއިރު، އާއްމުކޮށް މި ކިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުން ނެއްޓިގެންދާނެ - ޔައުގޫބް

ކުރީ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 6.8 ބލިއަން ޕީއެސްއައޕީއަށް ޚަރަދުކުރިއިރު، މި ސަރުކާރުން މިހާތަނަށް 28 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 07:38
ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު

ޔައުގޫބް އަބްދުﷲ - ދާންދޫ ދާއިރާގެ މެމްބަރު

މި ފަސް އަހަރު ނިމޭއިރު، އާއްމުކޮށް މި ކިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުން ނެއްޓިގެންދާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔަގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުންނެވެ. ޔައުގޫބް ވިދާޅުވީ، ފެނާއި ނަރުދަމާއަކީ އެމްޑީޕީން އުފަންކުރި ވައުދެއް ކަމަށާއި، އެއީ އަސާސީ ހައްގެއް ކަމަށެވެ. އެއްވެސް ރަށެއްގައި ތަފާތުކުރުމެއްނެތި، އެ ވައުދު މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދާނެ ކަމަށެވެ. މީގެ ކުރިން ރިޔާސީ ކެމްޕެއިންގައި އިވެނީ ބަނދަރާއި ސްކޫލްތަކުގެ ވާހަކަތައް ކަމަށެވެ. މި ފަސް އަހަރު ނިމޭއިރު ފެނާއި ނަރުދަމާގެ ވާހަކަ އިންތިޚާބާ ދިމާކޮށް ރައްޔިތުން ނުދައްކާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އެހެންކަމުން ދެން އަންނަ ދައުރަކަށްދާއިރު، ރައްޔިތުން ބޭނުންވާނެ ކަންކަން މިހާރު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އާއްމުކޮށް މި ކިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުން މި ފަސް އަހަރުގެ ތެރޭގައި ނެއްޓިގެންދާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 6.8 ބލިއަން ޕީއެސްއައިޕީއަށް ޚަރަދުކުރިއިރު، މި ސަރުކާރުން މިހާތަނަށް 28 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ހިންގާފައިވާކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން މިއަދު ވިސްނާލަންވީ ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަނީ ކޮން ބައެއްތޯ ކަމަށެވެ. ކުރީ ސަރުކާރުން ވެސް ހިންގި މަޝްރޫއުތަކާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، މައްސަލައަކީ، ޕްރޮޖެކްޓްތަކުން ވައްކަން ކުރުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ހިންގާފައިވާ ބޮޑެތި މަޝްރޫތައް ޔައުގޫބް ފާހަގަކުރެއްވިއެވެ. ވިދާޅުވީ، ބްރިޖް މަޝްރޫއާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހިޔާ މަޝްރޫޢުއިން ވެސް ވައްކަން ކޮށްފައިވާ ކަމަށެވެ.

މިހާރު މިއޮތް ބަޖެޓަކީ ދައުލަތުގެ ޚަރަދުތައް ދައުލަތަށް ލިބޭ އާމްދަނީން ކޮށް ނިންމާލެވޭނެ ބަޖެޓެއް ކަމަށެވެ. ކޮންމެ ދައުލަތަކުން ދަރަނި ނެގިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި، ދަރަނި މައްސަލައަކަށްވަނީ އެ މެނޭޖްކުރަން އޮންނަ ޕްލޭންތަކުގެ ސަބަބުން ކަމަށެވެ. ދަރަނި ނަގާނީ އެ ދެއްކޭ ބަޔަކު ކަމަށާއި، 2022 ވަނަ އަހަރުގެ ބަޖެޓުން ދަރަނި މެނޭޖް ނުކުރެވޭނެ ތަނެއް ނެތް ކަމަށް ޔަގޫބް ވިދާޅުވިއެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު