Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

"ފަތުރުވެރިކަން އާންމު ޙާލަތަށް ރުޖޫއަވީކަމަށް ބެލެވޭނީ ސެކްޓަރގެ މުވައްޒަފުންގެ ޙާލަތު ރަނގަޅުވެގެން"

ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު ކުރިން ހުރި އަދަދުތަކަށް މިހާރު ރުޖޫއަވެވިއްޖެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ނޮވެމްބަރު 2021 | އާދީއްތަ 08:09
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު- މިނިސްޓަރ ވަނީ އެކި ދާއިރާތަކުގެ މުވައްޒަފުން ކޮވިޑުގެ މި ޙާލަތުގައި ވަމުންދާ ޤުރުބާނީ ފާހަގަ ކުރައްވާފައި

ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމު- މިނިސްޓަރ ވަނީ އެކި ދާއިރާތަކުގެ މުވައްޒަފުން ކޮވިޑުގެ މި ޙާލަތުގައި ވަމުންދާ ޤުރުބާނީ ފާހަގަ ކުރައްވާފައި

ފަތުރުވެރިކަން އާންމު ޙާލަތަށް ރުޖޫއަވީކަމަށް ބެލެވޭނީ ސެކްޓަރގެ މުވައްޒަފުންގެ ޙާލަތު ވެސް ރަނގަޅުވެގެންކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު ކުރިން ހުރި އަދަދުތަކަށް މިހާރު ރުޖޫއަވެވިއްޖެ ކަމަށެވެ. އެހެންނަމަވެސް، އެހިސާބުން އެއީ ފަތުރުވެރިކަން ކުރިން ހުރި ޙާލަތަށް ރުޖޫއަވީކަމުގައި ބެލެވެން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސެކްޓަރގެ މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ މީހުންނާއި، ވަޒީފާގެ ޙާލަތު ރަނގަޅު ނުވާ މުވައްޒަފުން ތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަން އިހުގެ ޙާލަތަށް ރުޖޫއަވީކަމަށް ބެލެވޭނީ މުވައްޒަފުންގެ ޙާލަތު ވެސް މުޅިން ރަނގަޅުވުމުން ކަމަށެވެ. އަދި އެހިސާބަށް ނުދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ވަރަށް ގިނަ ރިސޯޓުތަކުން މިހާރު ވަޒީފާތައް އަލުން އިޔާދަކޮށް ކުރީގެ ޙާލަތަށް ބަދަލުވަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ރަން އަހަރެއް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ކޮވިޑުގެ ސަބަބުން ލޮޅުން އައިސްފައިވާ ދާއިރާތަކުން ވެސް އެކަމުން އަރައިގަނެވެން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް އަހަރުގައި ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމާއި ތަމްރީނު ކުރުމަށް ވެސް ގިނަ ކަންކަން ރޭވިފައިވާ ކަމަށެވެ. މިނިސްޓަރ ވަނީ ރިސޯޓު ސެކްޓަރު ވެސް ހިމެނޭ ގޮތަށް އެކި ދާއިރާތަކުގެ މުވައްޒަފުން ކޮވިޑުގެ މި ޙާލަތުގައި ވަމުންދާ ޤުރުބާނީ ފާހަގަކުރައްވައި އެކަމަށް ތައުރީފުކުރައްވާފައެވެ. އަދި 2021 ވަނަ އަހަރަކީ ފަތުރުވެރިކަމުގެ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަ ކުރަމުންދާއިރު، އެކަމުގައި މި ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ވެސް އޮތްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ޓުއަރިޒަމް އެމްވީފަތުރުވެރިން

އިތުރަށް ކިޔާލަން

24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
21 އޮކްޓޯބަރު 2024

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
14 އޮކްޓޯބަރު 2024

ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ

14 އޮކްޓޯބަރު 2024
ރަސްދޫގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ސްނޯކްލިންނަށް ގޮސް އުޅެނިކޮށް މަރުވެއްޖެ
04 އޮކްޓޯބަރު 2024

ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް

04 އޮކްޓޯބަރު 2024
ފަތުރުވެރިކަން ފެށުނު އިރު އެމްޑީޕީގެ ވެރިކަމެއް އޮތް ނަމަ މިއަދު ރާއްޖެ އޮންނާނީ ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި - މައުރޫފް
02 އޮކްޓޯބަރު 2024

މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން

02 އޮކްޓޯބަރު 2024
މަނީ ޗޭންޖިންގ ވިޔަފާރިއާ ބެހޭ އައު ގަވައިދު: ބޭރު ފައިސާ މާރުކުރާ ލައިސަންސް ލިބޭނީ 50،000 ޑޮލަރު ބަހައްޓައިގެން
13 މެއި 2024

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
06 މެއި 2024

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު