Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް 26 ސަމިޓް

ކޮޕް26: ކޮންފަރެންސްގެ ކުރިން ޗައިނާގެ ވައުދުތައް ހާމަކޮށްފި، އައު ކަމެއް ނެތް

29 އޮކްޓޯބަރު 2021 | ހުކުރު 02:17

2060 ވަނަ އަހަރު ކާބަން ނިޔުޓްރަލް ގައުމަކަށްވާނެ ކަމަށް ވަނީ ބުނެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2021 | ހުކުރު 02:17
ލީ ޝޯވ، ސީނިއަރ ކްލައިމެޓް އެޑްވައިޒަރ

ލީ ޝޯވ، ސީނިއަރ ކްލައިމެޓް އެޑްވައިޒަރ

ކުރިޔަށް އޮތް ކޮޕް26 ސަމިޓާ ދިމާކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޗައިނާއިން އެކަށަ އަޅާފައިވާ ސިޔާސަތު ހާމަކޮށްފިއެވެ.

އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހު ގްލާސްގޯވ ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕް26 ސަމިޓްގެ ކުރިން ޔޫއެން ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް ވެބްސައިޓްގައި ޗައިނާއިން ވަނީ އެގައުމުން ހާސިލުކުރާނެ ލަނޑުދަނޑިތަކުގެ ޑޮކިޔުމަންޓް ޝާއިއުކޮށްފައެވެ. މިއީ ކޮންމެ ގައުމަކުން ވެސް ކޮންމެ އަހަރަކު ކުރާނެ ކަންކަން ހާމަކޮށް އދ.ށް ހުށަހަޅަންޖެހޭ އެއްޗެކެވެ. ނަމަވެސް ޗައިނާއިން ހުށަހަޅާފައިވާ ޑޮކިޔުމަންޓްގައި އައު ކަމެއް ނެތެވެ.

Advertisement - worldAdvertisement

އެގޮތުން ޗައިނާއިން ހުށަހެޅި ކަންކަމަށް ބަލާލާއިރު ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރު އައުމުގެ ކުރިން ޕީކަށް ގެނެސް 2060 ވަނަ އަހަރު ކާބަން ނިޔުޓްރަލް ގައުމަކަށްވާނެ ކަމަށް ވަނީ ބުނެފައެވެ. މިއީ މީގެކުރިން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވެވަޑައިގަންނަވާފައިވާ ވައުދެކެވެ.

ޗައިނާއަކީ މުޅި ދުނިޔެއިން ވެސް އެންމެ ގިނަ އަދަދަކަށް ޖައްވަށް ވިހަ ގޭސް ބޭރުކުރާ ގައުމެވެ. ޗައިނާއިން މިފަހަރު ހުށަހެޅި ބަޔާނުގައި ވަނީ މީގެކުރިން ހަކަތަ އުފެއްދުމުގައި ޖައްވަށް އެންމެ ގިނައިން ބޭރު ކުރާ ބާވަތްތަކުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ބާވަތްތައް ބޭނުންކުރާ މިންވަރު 2030 ވަނަ އަހަރު އަންނަންވާއިރަށް، ކުރިން ހާމަކުރި 20 އިންސައްތައިގެ ބަދަލުގައި 25 އިންސައްތައަށް ބޮޑުކޮށްފައެވެ. ޗައިނާއިން ވަނީ ވަޔާއި އަވިން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ 1200 ގިގަވޮޓަށް އިތުރުކުރާނެކަމަށް ބުނެފައެވެ.

2015 ވަނަ އަހަރު ގައުމުތަކުން އެއްބަސްވެފައިވާ ޕެރިސް އެގްރިމެންޓްގެ ދަށުން ކޮންމެ ގައުމަކުން ވެސް އެގައުމުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގެންގުޅޭ ޕްލޭން ހުށަހަޅަންޖެހެއެވެ. މިގޮތަށް ހުށަހަޅާއިރު އަހަރުން އަހަރަށް ޕްލޭން ރަނގަޅުވާންޖެހެއެވެ.

ޗައިނާގެ މިލަނޑުދަނޑިތަކާ ގުޅިގެން ބައެއް މާހިރުން ވަނީ ނާއުންމީދުވެފައެވެ. ޗައިނާގެ ފަރާތުން މިއަށްވުރެ ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށް ވަނީ ބުނެފައެވެ. ޗައިނާގެ ސަރުކާރުން ބުނެފައިވަނީ ކޮޕް26 ގައި އެންމެ ބޮޑު އަމާޒަކަށް ވާނީ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދޭން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރާ ހަމައަށް ވާސިލުވުންކަމަށެވެ.

ޗައިނާއިން އައު ކަމެއް ހުށަހަޅާފައިނުވުމުން އެކަމުގެ ހިޔަނި ދުނިޔެއިން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް އެޅޭނެކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ޗައިނާއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ބޯޓު ދެލި އަންދައިގެން ހަކަތަ އުފެއްދުމަށް އަންނަނީ ބާރު އަޅަމުންނެވެ. ޗައިނާ އިން އުފައްދާ ކަރަންޓުގެ 60 އިންސައްތައަކީ ބޯޓުދެލި އަންދައިގެން އުފައްދާ ކަރަންޓެވެ.

އެންމެ ހިނގާ

1

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

4

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

17 ޖުލައި 2017

ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި

17 ޖުލައި 2017
ޗައިނާގެ އިގްތިސާދު ލަފާކުރި މިންވަރަށް ވުރެ ކުރިއަރައިފި
13 ޖުލައި 2017

އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ

13 ޖުލައި 2017
އިންސާނީ ހައްގުތަކަށް މަސައްކަތްކުރި ޗައިނާގެ އެންމެ މަޝްހޫރު އެކްޓިވިސްޓް ޝިއާބޯ އަވަހާރަވެއްޖެ
06 ޖުލައި 2017

ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި

06 ޖުލައި 2017
ޗައިނާގެ އެންމެ މަޝްހޫރު ސިޔާސީ ކުށްވެރިޔާ ޝިއަބޯގެ ބަލި ހާލަތު ވަރަށް ގޯސްކަމަށް ރިޕޯޓުތައް ބުނެފި
29 ޖޫން 2017

ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި

29 ޖޫން 2017
ޗައިނާގެ ރައީސް ޝީ ހޮން ކޮންގް އަށް ވަޑައިގެންފި
01 މެއި 2017

އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!

01 މެއި 2017
އީމެއިލް ހެކު ކުރުމުގެ މައްސަލަ ޓްރަމްޕް ޗައިނާގެ ބޮލަށް ކަނޑާލައްވައިފި!
07 އެޕްރީލު 2017

ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި

07 އެޕްރީލު 2017
ޗައިނާގެ ރައީސް އެމެރިކާއަށް ވަޑައިގެންފި
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް