Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހިޔާ ފްލެޓް މަޝްރޫޢު

އަނދިރި މީހަކަށް ނުފެންނާނެ

ހިޔާ ފްލެޓް މަޝްރޫއަކީ ވަރަށް ބޮޑު ޖަރީމާއެއް

އ.މ.ޔ
އ.މ.ޔ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2021 | ބުދަ 13:25
ހިޔާ ފްލެޓް - ގިނަ ބަޔަކު ބުނަމުންދަނީ ހިޔާ ފްލެޓް މަޝްރޫއަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް

ހިޔާ ފްލެޓް - ގިނަ ބަޔަކު ބުނަމުންދަނީ ހިޔާ ފްލެޓް މަޝްރޫއަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް

އާއެކެވެ. ހިޔާ ފްލެޓް މަޝްރޫއަކީ ވަރަށް ބޮޑު ޖަރީމާއެކެވެ. ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ދެވަނަ ދައުރަކަށް ހޮވުމަށް ހޭވި ހަޑިއެކެވެ. ރައްޔިތުންގެ ހާލަތަށް ބެލުމެއްނެތި ރައްޔިތުންގެ ގިނަ ބަޔަކު ޖެއްސި ގުއިރޯނެކެވެ. އެތައް މިލިޔަން ޑޮލަރެއް ޖީބަށް ޖައްސަވާލެއްވުމަށް ދެއްކި ހުވަފެނެކެވެ. ޕާޓީ ކުދިންގެ ލޮލުގައި ވޯޓަށްތަކައި އެޅުވި އަނދުނެކެވެ. އިންސާނީ ކަރާމާތަށް ބެލުމެއްނެތި އެރުވި ޅޮސް އުދޯއްޔެކެވެ. އާދަމް ޝަރީފު އުމަރުމެން ފަދަ ވަޒީރުންނާއި ޕާޓީގެ އިސްވެރިންގެ ވަންހަ ދިލަކޮޅަށް ބަހާލަން ތައްޔާރުކުރި ހަދިޔާއެކެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިދުމަތްތައް ގާއިމުނުކުރެވި ހުރި ވާހަކަ އާދަމް ޝަރީފުމެން ނުދައްކާށެވެ. އެވާހަކަ މި ސަރުކާރަށް ނިސްބަތްކޮށް ދެއްކުމުގައި އޮތީ ކޮން ހައްގެއް ހެއްޔެވެ. ހިޔާ ފްލެޓްތަކަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ވަރުގެ ތަނެއް ނޫނެވެ. ނަމެއްގައި ކޮށްފައި އޮތް ކަމެކެވެ. ތިޔަބުނާ މޮޅުވެރިކަން ނިމިގެން ދިޔައިރު ހިޔާފްލެޓްތަކަށް މީހުން ނުވެއްދި އޮތީ ކީއްވެހެއްޔެވެ.

ހިޔާފްލެޓް ތަކުގެ ކޮރަޕްޝަންގެ ވާހަކަ ދައްކާކަށް ނޫޅެމެވެ. ދަރަނިވެރި އެ ބޮޑު ލޯނުގެ ވާހަކަ ދައްކާކަށްވެސް ނޫޅެމެވެ. ރައީސް ޔާމީނުގެ އައުވާނުންގެ ދަރިންގެ ދަރިންނަށް ފުލެޓް ދޭން ނިންމިގޮތުގެ ވާހަކަވެސް ދައްކާކަށްނެތީމެވެ. ފުލެޓްތަކުގެ ބޮޑުކުޑަ މިނުގެ ވާހަކަވެސް ދައްކާކަށް ބޭނުމެއް ނެތެވެ. ވެރިކަން ނިމުނު އިރު ފްލެޓްތައް ނުނިމިހުރި ވާހަކައެއްވެސް ދައްކާކަށްނެތީމެވެ.

ބޮޑެތި އެތައް ޖަރީމާއަކާ ގުޅިފައިވާ ހިޔާފްލެޓްތަކުގެ ވާހަކައާއި ގުޅުވައިގެން އާދަމް ޝަރީފް އުމަރުމެން މިހާރު އަނގަ ހުޅުވާތީ ދަތްހީލިކަރައެވެ. މިސަރުކާރަށް ތިން އަހަރުވެގެންދިޔައިރު އަސާސީ ޚިދުމަތްތައް ޤާއިމުނުކުރެވި ހުރިކަމުގެ ވާހަކަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އެމްޑީޕީ މެންބަރުން އެވާހަކަ ނުދައްކަވާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު ފާޑުކިޔާތީ އަންނަނީ ހިންޏެވެ. ފިތުނަ އުފައްދައިގެން ނަފްރަތު އުފެއްދުމަށް ތިޔަދައްކާ ވާހަކައަކުން ލިބޭނެ މޮޅެއްނެތެވެ. ދޭހަވަނީ މީހާގެ ދެއުޅި އެއްނުވާ ކަމެވެ.

ބަލަގަ! މިސަރުކާރަށް މިވީ ތިން އަހަރު މިސަރުކާރަށް ކަމެއް ނުކުރެވޭހެއްޔެވެ. މިދިޔަތިން އަހަރުގެ ތެރެއިން ދެއަހަރު ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާގައިި މުޅި ދުނިޔެ ހުއްޓުމަށް އައިި އިރު އާދަން ޝަރީފް އުމަރު އުޅުނީ ކޮންތާކު ހެއްޔެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ސަރުކާރު ކުރި މަސައްކަތް ނުދެކެން ހެއްޔެވެ. މަސައްކަތްތައް ހުއްޓި އެންމެން ގޭބަންދުވެވިފައި ތިބެން ޖެހުނުކަން ނުވެސް ދެނަހުރިން ދޯއެވެ. އަތް ބަދެވި ގޮތް ހުސްވެ އެންމެން ހެން މަރުން ސަލާމަތް ވާން އުޅުނުތަން ނުދެކެނީ ހެއްޔެވެ. ކޮވިޑް19 ގެ ބަލި މަޑު ކަމުގައި މުޅިދުނިޔެ އަތުގުޅާ ލައިގެން ސިއްހީ ކުއްލި ނުރައްކަލުން އަރައިގަތުމަށް މަސައްކަތް ކުރިތަން ނުދެކެން ހެއްޔެވެ.

ހުޅުމާލެ ސެކަންޑްފޭސް ގައި އަސާސީ ޚިދުމަތްތައް ރައީސް ޔާމީނު ގާއިމުނުކުރީ ކީއްވެ ހެއްޔެވެ. މިސަރުކާރަށް ގެއްލިގެން ދިޔަ ދެއަހަރަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ކަމެއްނުކުރެވުނު ދެއަހަރުކަމުގައި ޔާމީނުގެ އައުވާނުން ދައްކަން އުޅުނަސް ގިނަރައްޔިތުންނަށް ކަންކަންސާފެވެ. ކޮވިޑްގެ އުދަގޫ ދަނޑިވަޅުގައިވެސް ވިސްނުންތެރިކަމާއެކު އަސާސީ ޚިދުމަތްތައް ގާއިމުކުރުމުގެ ގިނަ މަސައްކަތްތަކެއް ކޮވިޑްގެ ބިރުވެރިކަން ފެތުރިފައިނުވާ ގިނަ ސަރަހައްދުތަކެއްގައި މިސަރުކާރުން ކުރިއެވެ. ބަނޑުހައި ހޫނުކަމެއް ފެށުނަނުދީ ރައްޔިތުންނަށް ރައްކާތެރި ކަމާ ސަލާމަތް ސިއްހަތު ހޯދާދިނުމުގައި ބޮޑު ކާމިޔާބެއް މިސަރުކާރުން ހޯދިއެވެ. ދުނިޔޭގެ އެހެން ގިނަ ގައުމުތަކާ ހިލާފަށް މަރުވާ ނިސްބަތް ބޮޑުތަނުން ދަށްކުރެވުނެވެ. ލޮލަށް މިރުސް އެޅިފައި ތިބިބަޔަކަށް ތަނެއް ނުފެންނާނެއެވެ.

ދެވަނަ ފޭސްގައި ނުކުރެވި ހުރި އިޖުތިމާއީ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ނުކުރެވި ހުރީ މިސަރުކާރުގެ އިހުމާލަކުންނޫނެވެ. ދެވަނަ ފޭހުގައި ނަމާދުކުރެވޭނެ ގޮތެއް ނެތޭ ޔާމީނުގެ ބައިވެރިން އެބަބުނެއެވެ. މައިން ގުދާރުގައި ދަރިން ބަދެގެން އުފުލާ ވާހަކަ އެބަ ދައްކައެވެ. ހައިރާނެއް ނުވާނެ ހެއްޔެވެ. ގްރޭޓް މާލެ ސަރަހައްދަކީ ކޮވިޑް ނުރައްކާތެރިކަން އެންމެ ބޮޑަށް ފެތުރި މީހުން ބޭރަށް ނިކުމެ އުޅުން އެންމެ ގިނަ ދުވަހު މަނާ ވެފައި އޮތް ސަރަހައްދެވެ. އެ ސަރަހައްދުގައި ކުރެވެމުން އައި ހުރިހާ މަސައްކަތެއްހެން ހުއްޓިފައި އޮންނަތާ ދެއަހަރެއް ހާދުވަސް ވެގެން ހިގައްޖެއެވެ. ހުއްޓިފައިވަނީ ސަރުކާރުގެ މަސައްކަތްތައް އެކަންޏެއްނޫނެވެ. ޢާއްމު ހުރިހާ މަސައްކަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބަލޮންޑޯރ" މިފަހަރު ލިބޭނީ ޔޫރޯ ނޫނީ ކޮޕާ ކާމިޔާބުކުރާ މީހަކަށް

"ބަލޮންޑޯރ" މިފަހަރު ލިބޭނީ ޔޫރޯ ނޫނީ ކޮޕާ ކާމިޔާބުކުރާ މީހަކަށް

09 ޖުލައި 2021
އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

24 މެއި 2021
ނިއު ނޯމަލް އާއެކު ދިިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް، ފޯނުވެސް އެހެން މީހަކަށް ނުދެވޭނެ

ނިއު ނޯމަލް އާއެކު ދިިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލުތަކެއް، ފޯނުވެސް އެހެން މީހަކަށް ނުދެވޭނެ

17 މެއި 2020
ކިތަންމެ ގިނަ އައްޑާއެއް ރެއިޑްކުރިނަމަވެސް ނަތީޖާއެއް ނުފެންނާނެ!

ކިތަންމެ ގިނަ އައްޑާއެއް ރެއިޑްކުރިނަމަވެސް ނަތީޖާއެއް ނުފެންނާނެ!

24 ޑިސެމްބަރު 2019
ޤާނޫނުތަކާއި އެއްވަރަށް މީހުން ތަމްރީންކުރުމުން ނޫނީ ނަތީޖާއެއް ނުފެންނާނެ!

ޤާނޫނުތަކާއި އެއްވަރަށް މީހުން ތަމްރީންކުރުމުން ނޫނީ ނަތީޖާއެއް ނުފެންނާނެ!

20 އޯގަސްޓު 2019

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު