Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފޭރުން

ފައިސާ ފޭރެމުންދަނީ މީހުންގެ ހަމްދަރުދީއާއެކު!

26 އޮކްޓޯބަރު 2021 | އަންގާރަ 15:28

އެހީތެރިކަން ފޯރުކޮށްދެވެނީ ބަލި މީހާއަށްތޯ ބަލައި ކަށަވަރު ކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޮކްޓޯބަރު 2021 | އަންގާރަ 15:28
ވައްކަން އާންމުވުން - ފައިސާ ފޭރެމުންދަނީ މީހުންގެ ހަމްދަރުދީއާއެކު

ވައްކަން އާންމުވުން - ފައިސާ ފޭރެމުންދަނީ މީހުންގެ ހަމްދަރުދީއާއެކު

ގަދަވޭނުގައެވެ. މާދަމައަށްޓަކައި އެތައް އުންމީދެއް ކުރެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ފަރުވާ ހޯދައެވެ. އެކަމަށް އެތައް ޚަރަދެއް ކުރެއެވެ. މިހުރިހާ ހޭދަ ކުރުމަކަށް އަތުގައި އެކަށީގެންވާ ފައިސާއެއް ނެތެވެ. އެހެންކަމުން ސަރުކާރާއި އާއްމުންގެ އެހީތެރިކަމަށް އެދެއެވެ.

ދިވެހިންނަކީ އަބަދުވެސް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ ބަޔަކަށްވާއިރު، އެފަދަ މީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ވެސް އާއްމުންގެ ފަރާތުންކަމާ މެދު ޝައްކެއްނެތެވެ.

އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެއެވެ. ސޯޝަލް މީޑިއާގެ އެކިއެކި ފްލެޓްފޯމްތަކުގައި އެހީތެރިކަމުގެ އެހީއަށް އެދިފައިވެއެވެ. ބަލި މީހާގެ ނަމުގައި ޕޭޖްތައް ވެސް ހިންގައެވެ. ތަފާތު ކޭމްޕްތައް ހިންގައެވެ. ނަމަވެސް މިޒަމާނުގައި ހުރިހާ ކަމަކަށް ސަމާލުވާން ޖެހޭ އުސޫލުން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދޭއިރު، އެހީތެރިކަން ފޯރުކޮށްދެވެނީ ބަލި މީހާއަށްތޯ ބަލައި ކަށަވަރު ކުރަންޖެހެއެވެ. އެއީ ވަގުން އިންތިހާއަށް ގިނަވީމައެވެ.

މިހާރު މިވަނީ އަނެއްކާ ވެސް އެފަދަ ކަމެއް ފެންމަތިވެފައެވެ. މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މިޒަމާނުގައި، މިހާރު އެފައިސާ ހޯދަމުންދަނީ އެންމެންގެ ލޯ ކުރިމަތިން ހަމްދަރުދީއާއެކުއެވެ. މިފަހަރު ވަގުން ޝިކާރަ ކުރުމަށް މަސައްކަތް ކޮށްފައިވަނީ އިންތިހާއަށް ބަލިވެ، މަރާއި ހަނގުރާމަ ކުރާ ބަލި މީހުންގެ ފޮޓޯ ބޭނުން ކޮށްގެންނެވެ. ތުއްތު ކުދިންގެ ފޮޓޯތައް ވެސް ހިމެނެއެވެ.

މި ޕޯސްޓްތައް ލަނީ ވެސް ފޭކް އެކައުންޓްތަކުންނެވެ. ނަމަވެސް އެފަދަ ޕޯސްޓްތައް އާއްމުންނަށް ނޭނގި ނަމަވެސް ވަރަށް ބޮޑަށް ޝެއަރ ކުރެވި، ރުފިޔާ ޓްރާންސްފަރ ކޮށްފައިވެއެވެ. މިއީ މިފަދަ ޕޯސްޓްތައް ބޭނުން ކޮށްގެން ވަގުން ކުރަމުން އަންނަ ޒަމާނީ ވައްކަމެކެވެ. 

ޒަމާނީ މިއުކުޅު ބޭނުން ކޮށްގެން ވަގުން ފައިސާ ހޯދަމުންދަނިކޮށް، އާއްމުންގެ ސަމާލުކަމަށް މިކަން އައީ ކޮންމެ ޕޯސްޓެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެއް އެކައުންޓް ނަންބަރު ޖަހާފައި ހުރުމުންނެވެ. އެހިސާބުން އެއީ ބޮޑު އޮޅުވާލުމެއްކަން ހާމަވެގެން ދިޔައެވެ. އޭގެ ފަހުން ފޭސްކްބުކްގައި އެ ފޯސްޓްތައް ޖަހާފައިވާ އެކައުންޓްތައް މިހާރު ވަނީ ޑިއެކްޓިވޭޓް ވެސް ކޮށްލާފައެވެ.

މީގެ އިތުރުން ބައެއް އާންމުން ބުނެފައިވަނީ އަދާ ހަމައަށްވެސް މިމައްސަލައަށް ރަސްމީ ފަރާތަކުން އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، ކުށްވެރިންނަށް އަދަބު ދީފައިނުވާ ކަމަށެވެ. މިއީ މިފަދަ މައްސަލަތައް އިންތިހާއަށް އިތުރުވި މައިގަނޑު ސަބަބު ކަމަށް އެމީހުން ބުނެފައިވެއެވެ. އެގޮތުން ބީއެމްއެލްގެ ނަމުގައި ގުޅައިގެން މައުލޫމާތު ހޯދައި އެކައުންޓްގައި ހުރި ފައިސާކޮޅު ވެސް ފޭރިފައިވާ މައްސަލަ ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތަކާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، މިފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލާގައި އާއްމުން މިހާރަށް ވުރެ ބޮޑަށް ހޭލުންތެރިވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހުރިހާ ތަނެއްގައި، ހުރިހާ ކަމެއްގައި ވަގުން ހުޝިޔާރުކަން ދައްކަމުންދާއިރު، ވަގުންނަށް ވުރެ ބޮޑަށް އެހެން މީހުން ހުޝިޔާރުވާން ޖެހެއެވެ. ފައިސާ ޓްރާންސްފަރ ކުރުމުގެ ކުރިން އެކައުންޓް ނަމްބަރު ވެރިފައިކޮށް ޗެކް ކުރަން ޖެހެއެވެ. އެހެން ނޫން ނަމަ ފައިސާ ގިނަވާނީ ވަގު ކަލޭގެ އެކައުންޓުގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 އޯގަސްޓު 2017

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!
16 އޯގަސްޓު 2017

ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!

16 އޯގަސްޓު 2017
ގ. ދޫވެއްސަށް ވެއްދި ހަލާލު ނޫން ފައިސާ!
17 ޖުލައި 2017

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!
15 ޖުލައި 2017

އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!

15 ޖުލައި 2017
އެމްއެމްޕީއާރުސީ ފައިސާގެ 80 އިންސައްތަ!
12 ޖުލައި 2017

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
04 މާރިޗު 2017

އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ

04 މާރިޗު 2017
އަލް ސައުދުގެ އާއިލާ: ދީނާއި، އަޙުލާގާއި، ފައިސާ
02 ފެބުރުއަރީ 2017

ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ

02 ފެބުރުއަރީ 2017
ރެކޯޑް އަދަދަކަށް ދައުލަތަށް ފައިސާ ވަންނައިރު، މުސާރަނުދެވޭ
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް