Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީގެ ތަހުގީގުތައް

ޚިޔާނާތުގެ ތަހުގީގަށް އިތުރު ހަތަރު މިލިއަން ރުފިޔާގެ ބަޖެޓަކާއި، 12 މުވައްޒަފުން ބޭނުންވޭ: އޭސީސީ

އިތުރު 4 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2021 | އަންގާރަ 10:38
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް މަރިޔަމް ޝިއުނާ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް މަރިޔަމް ޝިއުނާ

އެމްއެމްޕީއާރްސީ ޚިޔާނާތުގެ ތަހުގީގު ނިންމުމަށް އިތުރު 4 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ބަޖެޓުގެ ދަތިކަން ޙައްލު ކުރުމަށްޓަކައި އޭސީސީން ވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެންމެ އެކަށީގެންވާ ހަލުވި މިނެއްގައި ތަހުގީގުތައް ކުރިއަށް ނުގެންދެވެނީ ބަޖެޓުގެ ދަތިކަމާއި މުވައްޒަފުންގެ ދަތިކަމުގެ ސަބަބުންކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އޭސީސީގެ ތަހުގީގުތައް ލަސްވާކަން ޤަބޫލު ކުރައްވާކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ، އިތުރު 4 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ ދަތިކަން ޙައްލު ކުރުމަށްޓަކައި އިތުރު 12 މުވައްޒަފުން ހޯދުމަށް އެދިލައްވާފައިވާނެ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، މިއަހަރުގެ ފަހުކޮޅު އިތުރު 20 މައްސަލައިގައި ދައުވާކުރަން ފޮނުވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އިތުރު 128 މައްސަލައިގެ ތަހުގީގު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެސެޓް ރިކަވަރީއާ ގުޅޭގޮތުން ޝިއުނާ ވިދާޅުވީ، ދައުލަތަށް ލިބެންޖެހޭ ފައިސާއާބެހޭ މަސައްކަތް އެންމެ ފަހުން ކޮމިޝަނުން ކޮށްފައިވަނީ 2017 ގައި ކަމަށެވެ. އަދި ކޮމިޝަނާ ޙަވާލުވެވަޑައިގެން ފަހުން ފިނޭންސް މިނިސްޓްރީއާއި އެކި މުއައްސަސާއަށް އޭރު ސިޓީ ފޮނުވިފައިވާ މިންވަރާއި، އޭގެ މަސައްކަތްތައް ކޮށްފައިވަނީ ކިހާ މިންވަރަކަށްތޯ ބަލައި މޮނިޓަރކޮށް، އޭގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް އައު ކޮމިޝަނުން ކުރަމުންދާކަން ޝިއުނާ ފާހަގަކުރެއްވިއެވެ.

ޝިއުނާ ވިދާޅުވީ އެ މަސައްކަތްތައް ނިންމައި، އެކަމާ ގުޅޭ ފައިނަލް ރިޕޯޓު މަޖިލީހަށް ވެސް ހިއްސާ ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން، ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އޭސީސީ ރިފޯރމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާނެކަން ޝިއުނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ޝިއުނާ ވިދާޅުވީ، އެހެން އަހަރުތަކާ އަޅާބަލާއިރު އޭސީސީގެ ސްޕީޑު ވެސް އަވަސްވެފައިވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު