Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިންގެ ދުވަސް

ދަނޑުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ވަރަށް ބިން ލިބެން ނެތުން - ޑރ ހުސައިން

ލިބެން އޮތް ބިންކޮޅު އެންމެ ފައިދާ ހުރި ގޮތަކަށް ބޭނުންކުރަން ވިސްނަން ޖެހޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 އޮކްޓޯބަރު 2021 | ހުކުރު 17:58
 ޑރ.ހުސައިން ރަޝީދު ހަސަން - މިނިސްޓަރ އޮފ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ޑރ.ހުސައިން ރަޝީދު ހަސަން - މިނިސްޓަރ އޮފ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ދަނޑުވެރިކަން ފުޅާކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ބޭނުންވާ ވަރަށް ބިން ލިބެން ނެތުން ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޚާއްސަ ޖަލްސާގއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހާރު ކުރާ ގޮތަށް ދަނޑުވެރިކަން ކުރާ ނަމަ ބިން ނެތުމުގެ ޝަކުވާ އަކީ ސީރިއަށް ޝަކުވާ އަކަށް ވެގެންދާނެ ކަމަށެވެ. އަދި ކައުންސިލްތަކުން ބިން ދޫކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދޫކުރާ ބިންތައް އެކަށީގެންވާ މުއްދަތަކަށް ދޫކުރުން މުހިއްމު ކަމަށެވެ.

ދަނޑުވެރިން ބޭނުންވާ ވަރަށް ބިން ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ލިބެން އޮތް ބިންކޮޅު އެންމެ ފައިދާ ހުރި ގޮތަކަށް ބޭނުންކުރަން ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިހާރު ކުދި ބިންކޮޅުގައި ވާރޓިކަލް ފާރމްގެ ގޮތުގައި ދަނޑު ހެއްދުން އިތުރު ކުރަން ޖެހޭ ކަމަށާއި، ފެން އިސްރާފު ނުކުރެވޭ ގޮތެއް ހޯދަން ޖެހޭ ކަަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މާހައުލަށް އެކަށީގެންވާ ނިޒާމްތައް ގާއިމު ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަން ފުޅާ ކުރުމަށް ބޭނުންވާ ވަނީ ހުނަރުވެރި ދިވެހި ދަނޑުވެރިން ކަމަށާއި، ދަނޑުވެރިކަން ކުރުމަށް ރާއްޖެއިން ބޭރުން މީހުން ގެނައުން ހުއްޓުވަން ޖެހޭ ކަމަށެވެ. ދަނޑުވެރިކަމުން ލިބެންޖެހޭ ހަގީގީ ފައިދާ ދިވެހިންނަށް ލިބޭނީ އޭރުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދިވެހި ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދޭން ޖެހޭ ކަމަށާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ތަމްރީނު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. ތައުލީމީ ނިޒާމުގެތެރެއަށް ދަނޑުވެރިކަން ވެއްދުން މުހިއްމު ކަމުގައި ވިދާޅުވިއެވެ. އުފައްދާ ބާވަތުގެ ފެންވަރު ރަނގަޅު ކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގަމުންދާ ކަމަށާއި، 317 ދަނޑުވެރިން 2019ވަނަ އަހަރު ތަމްރީނު ދީފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ލުއި ލޯނު ލިބެން ނެތުމުގެ ކަންބޮޑުވުން ދަނޑުވެރިންގެ އެބައޮތް ކަމަށާއި، އުސޫލްތައް ބަދަލުކޮށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭރުން ދަނޑުވެރިކަމަށް އަލަށް ވަންނަން ބޭނުންވާ މީހުންނަށް ލޯނު ނަގައިގެން އެ ދާއިރާއަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަޅު ރަށްތައް ދަނޑުވެރިކަމަށް ދޫކުރުމުގެ މަސައްކަތުގެ ތެރެއިން މި މަހު 5 ރަށެއް ދަނޑުވެރިކަމަށް އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. 

ދަނޑުވެރިކަމުގެ މުހިއްމު ބާވަތްތަކުގެ ޑިއުޓީވެސް ސަރުކާރުން މިހާރުވަނީ މާފް ކޮށްދީފައެވެ. ދަނޑުވެރިން ހައްދާ ތަކެއްތި ވިއްކޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ. އެހެންކަމުން ނުވިއްކޭނެ ކަމުގެ ބިރުވެރިކަން މިހާރު ދަނޑުވެރިންނަށް ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. 

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު