Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އާމްދަނީ

ލަފާކުރި މިންވަރަށް ވުރެ ލިބޭ އާމްދަނީ އިތުރު ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

ހުށަހެޅިފައިވާ 111 ބިލުގެ ތެރެއިން 32 ބިލެއްގެ މަސައްކަތް ނުނިމި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އޮކްޓޯބަރު 2021 | އަންގާރަ 05:18
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް

މިދިޔަ އަހަރު ބަޖެޓް ދިރާސާކުރިއިރު ލަފާކުރި މިންވަރަށް ވުރެ ލިބޭ އާމްދަނީ އިތުރުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޭ 6ގެ ޓެރަރިސްޓް ހަމަލާއަށްފަހު މަޖިލީހުގެ ރިޔާސަތާ ފުރަތަމަ ފަހަރަށް ހަވާލުވެވަޑައިގެން ކުރިއަށް ގެންދާ އަންގާރަ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މިއަހަރުގެ ފަހު ދައުރުގައި މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ދިރާސާކުރުން ކަމަށެވެ.

Advertisement - newsAdvertisement

ބަޖެޓްގެ މަސައްކަތަށްދާއިރު އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ސަރުކާރާއި މަޖިލީހުން އެޅި ހަރުދަނާ ފިޔަވަޅު ތަކާއެކު އިޤްތިޞާދު އަލުން އަރައި ގަންނަމުންދާ މިންވަރު އިތުރުވަމުން ދިއުންކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުން ފާސްކުރި، ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކޮވިޑާއެކު އޮތް ހުރަސްތަކުގެ ތެރެއިން ވެސް ބޯޑަރު ހުޅުވާލައި، އަލުން ފަތުރުވެރިކަން ފެށިގެން ދިޔަކަމީ ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުވުމަށް ލިބިގެންދިޔަ މަގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި އެހާ ގިނަ ދުވަހު ހުންނެވުމަށްފަހު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން އެމަނިކުފާނު ވަނީ މަޖިލީހުން ކޮށްފައިވާ އަދި ކުރަން ހުރި ބައެއް މަސައްކަތްތައް ތަފްސީލް ކޮށްދެއްވާފައެވެ. އެގޮތުން ހުށަހެޅިފައިވާ 111 ބިލުގެ ތެރެއިން 32 ބިލެއްގެ މަސައްކަތް ނުނިމިވާކަމަށާއި، 78 ބިލުގެ މަސައްކަތް ނިމިފައިވާއިރު، ނުނިމިހުރި ބިލުތަކުގެ ސުންގަނޑިތައް އަންނަ މަހުގެ މެދު ތެރެއަށް ހަމަވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މުއްދަތުގައި ބިލުތައް ނިމިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅި 36 ގަރާރުގެ ތެރެއިން 28 ގަރާރެއްގެ މަސައްކަތް ނިމި 8 ގަރާރެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ހުށަހެޅުނު 137 މައްސަލައިގެ ތެރެއިން 128 މައްސަލަ ނިމި 8 މައްސަލައެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އާންމުން ހުށަހެޅި 1،126 މައްސަލައިގެ ތެރެއިން 1،907 މައްސަލަ ނިމިފައިވާއިރު 181 މައްސަލައިގެ މަސައްކަތް ނުނިމި އޮތްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އެހެނިހެން މައްސަލަތަކުގެ ގޮތުގައި 701 މައްސަލަ ހުށަހެޅިފައިވާއިރު، 529 މައްސަލަ ނިމި 137 މައްސަލަ ނުނިމި އޮތްކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ، ނުނިމި މަސައްކަތްތައް މެމްބަރުން ޚާއްސަ ސަމާލުކަން ދެއްވައިގެން ވީހާވެސް އަވަހަށް ނިންމެވުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުމޭ6ޓެރާރއެޓޭކްރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު