Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުން ވަޒީފާއިން ވަކިކުރުން

ދެ އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ 7 ފުލުހެއް

އާދަމް ސައީދު
އާދަމް ސައީދު | 11 އޮކްޓޯބަރު 2021 | ހޯމަ 02:11
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ދެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަކު މިއަދުން ފެށިގެން މަގާމުން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކު ވަކިކުރަން ނިންމިކަން އަންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އެ އޮފިސަރުންނަށް ނޯޓިސް ފޮނުއްވައިފިއެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައި އޮތުމުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.

މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމު މިމަހުގެ 20 ވަނަ ދުވަހު ފުލުހުންގެ ވަޒީފާއިން ވަކިކުރާނެކަން އަންގައި ނޯޓިސް ފޮނުވާފައެވެ. ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި ހަތް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ފޮނުވާފައި ނުވަނީ އޭނާ އޮސްޓްރޭލިއާގައި ހުންނެވުމުންނެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ ފުލުހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފައެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި ބައެއް އޮފިސަރުން ފުލުހުންގެ ވަޒީފާ އަދާކުރަމުން ގެންދަވާތާ ތިރީހަކަށް އަހަރު ވެއްޖެއެވެ. ރިޓަޔަރވުމަށް ފުރުސަތު ނުދީ އެބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކިކުރަނީ އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނަށް ފަހު ވަގުތު ގެނައި އިސްލާހެއްގެ ދަށުންނެވެ.

އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ގާނޫނަށް ފަހުވަގުތު ގެނައި އިސްލާހެއްގެ ދަށުން އެބޭފުޅުން ފުލުހުންގެ ވަޒީފާއިން ވަކިކުރަނީ ރިޓަޔަރވުމަށް ފުރުސަތެއް ނުދީއެވެ. މީގެ ތެރޭގައި ހިމެނޭ ބައެއް ފުލުހުންނަކީ ވަޒީފާގައި 30ށް ވުރެ ގިނަ އަހަރު ޚިދުމަތްކޮށްފައިވާ ބޭފުޅުންނެވެ. އަލަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ފުލުހުންގެ ބޯޑުން ބެލުމަށް ފަހު އެފަދަ އޮފިސަރުން ވަކިކުރަން ޖެހޭނެ ކަމަށެވެ.

މި ގާނޫނުގައި ބުނާ ރޭންކްގެ 52 އޮފިސަރުން ފުލުހުންގެ ތެރޭގައި ތިއްބަވާއިރު، އޭގެތެރެއިން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ބޯޑަށް ފެނުނީ ހަތް އޮފިސަރެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު