Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓުގެ ޚިދުމަތް ކަނޑާލުން

މާވަށުގެ ގެއަކުން ކަރަންޓު ޚިދުމަތް ކަނޑާލީ އުސޫލުތަކާ އެއްގޮތަށް: ފެނަކަ

ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލީ މިމަހުގެ 4 ގައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2021 | ހުކުރު 07:55
ލ. މާވަށް،

ލ. މާވަށް،

ލ. މާވަށު "އާފަރު" ނަމަކަށް ކިޔާ ގޯތިން ކަރަންޓު ޚިދުމަތް ކަނޑާލީ އުސޫލުތަކާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަން ބުނެފިއެވެ.

ފެނަކައިން ބުނީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެ، ހޯދާފައިވާ ކަރަންޓުގެ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ދެވުނު ފުރުސަތުތަކުގައި ވެސް ފައިސާ ދައްކާފައިނުވާ ކަމަށެވެ. ދެވުނު އެންމެ ފަހު ފުރުސަތު 03 އޮކްޓޯބަރ 2021 ގެ ނިޔަލަށް ހަމަވެފައިވާތީ، އާންމުކޮށް އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، އަހުމަދު މޫސާގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ "އާފަރު" ކިޔާ ގޯތީގައި ހުރި އިމާރާތްތަކަށް ދެވިފައިވާ ކަރަންޓުގެ ޚިދުމަތް 04 އޮކްޓޯބަރ 2021 ވަނަ ދުވަހު ވަގުތީގޮތުން ކަނޑާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފެނަކައިން ބުނީ އެކަމާ ގުޅިގެން ގޯތީގެ ވެރިފަރާތުން، އެ ކުންފުނިން ހޯދާފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމަށް ޝަރުއީ ކޯޓެއް މެދުވެރިކޮށް، ވަގުތީ އަމުރެއްގެ ދަށުން ދާއިމީ ފަރުވާއެއް ލިބޭނެ ގާނޫނީ ބަހަނާއެއް ހޯދުމުގެ ބޭނުމުގައި، މާވަށު މެޖިސްޓިރޭޓް ކޯޓަށް ހުށަހެޅި މައްސަލަ، 06 އޮކްޓޯބަރ 2021 ވަނަ ދުވަހު އެކޯޓުން ނިންމައި ހުކުމް ކޮށްފައިވާތީ ވަގުތީގޮތުން ޚިދުމަތް ކަނޑާލި ކަނޑާލުމާމެދު މިވަގުތަށް ގާނޫނީ ބަހުސެއް އުފެދިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފެނައިން ބުނީ ފޯރުކޮށްދެމުންދާ ޚިދުމަތްތަކަކީ އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ލާޒިމްކުރާ ޚިދުމަތްތަކަކަށްވާއިރު، ޚިދުމަތް ލިބިގަތުމަށް އޮންނަ އުސޫލުތަކާ ޚިލާފުވެގެން އާންމު ފަރުދުން ދިރިއުޅޭ ގެތަކުން ވެސް ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން ކަނޑާލުމަކީ އަބަދުވެސް އަމަލުކުރަމުންދާ، ގާނޫނީ ގޮތުން ވެސް ކުންފުންޏަށް ބާރުލިބިދީފައިވާ އުސޫލު ކަމަށެވެ.

ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލޭ ފަދަ ގޮތަކަށް، ރަސްމީ ހައިސިއްޔަތު ބޭނުން ކޮށްގެން އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ، ރަށު ކައުންސިލްގެ ރައީސް މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާތީ ކަންބޮޑުވުންފާޅުކޮށް ފެނަކައިން ބުނީ ވަކި ފަރާތަކުން ދައްކާ ވާހަކައަކާ މެދު އެ ކުންފުނީގެ ބަހެއް ހޯދުމަށްފަހު، ހަމަހަމަކަމާއެކު ކަމުގެ ދެފަރާތުން ރައްޔިތުންނަށް ސާފުވާގޮތަށް ޚަބަރު ފެތުރުމަކީ މިނިވަން ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފަ ކަމަށެވެ. އަދި ޚަބަރު ފެތުރި މީޑިއާތަކުން އެއާ ޚިލާފަށް އަމަލުކޮށްފައިވުމަކީ ޒިންމާދާރުކަމެއް ނެތް ކަމެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނީ ފޯރުކޮށްދޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދާ ފަރާތްތަކާއެކު އެއްބަސްވެވޭ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ދެވޭ ޚިދުމަތްތަކެއް ކަމަށާއި، އުސޫލުން ބޭރުން ނުވަތަ ނުޙައްގުން، އެއްވެސް ފަރާތަކަށް ދީފައިވާ ޚިދުމަތެއް ކަނޑާނުލާނެ ކަަމަށެވެ. އަދި ދެވޭ ޚިދުމަތްތަކަކީ ހުރިހާ ފަރާތްތަކަކަށް އެއް އުސޫލަކުން އަމަލުކުރެވިގެން ދެވޭ ޚިދުމަތްތަކަކަށް ވެފައި، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނީ، އެއްބަސްވެވިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކޮށްގެން ކަމަށް ފެނަަކައިން ބުނެއެވެ.

އެހެންކަމުން ޚިދުމަތް ލިބިގަންނަ ހުރިހާ ފަރާތްތަކުން ވެސް، ކަނޑައަޅައި އެއްބަސްވެވިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކަލ މާވަށް

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

03 ޑިސެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު